ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވެސް އިސްވެ ބަައިވެރިވެ ވަޑައިގެން އާސިޔާސީ ހަރަކާތެއް ފެށުމާއިއެކު ޣައްސާން މައުމޫން އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނާނެ ވާހަކަ ތަކުރާރު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ޣައްސާން، ޔާމީން އަނެއްކާވެސް ރައީސްކަމަށް ގެންނާނެ ކަމަށް ވިދާޅުވިއިރު ދުންޔާ ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އަށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ދުންޔާގެ ވާހަކަތައް ނިމުނުތާ އިރުކޮޅެއް ފަހުން ޣައްސާން ވަނީ ޖަނަވަރީ 22 ވަނަ ދުވަހު އެނާ ކުރެއްވި ޓްވީޓެއް އަނެއްކާ ރީޓްވީޓް ކުރައްވަމުން "މިއަޒުމަކަށް ބަދަލެއް ނާންނާނެ." ކަމަށް ވިދާޅުވެފައެވެ. ޣައްސާން ރީޓްވީޓް ކުރެއްވި ޓްވީޓްައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ދެވޭ ނުޙައްޤު އަނިޔާއަކުން އެމަނިކުފާނު އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު އެލުވައެއް ނުލެވޭނެ ކަމަށެވެ.

"ރައީސް ޔާމީނަށް ދެވޭ ނުޙައްޤު އަނިޔާއަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އަޒުމެއް ގުޑުވައެއް ނުލެވޭނެ. އިރާދަ ކުރެއްވިއްޔާ ޖަލުން (ރައީސް ޔާމީން) ޖަލުން މިނިވަންކޮށް އެމަނިކުފާނު 2023 ގައި އިންތިޚާބުކޮށް ވެރިކަމަށް ގެންނާނަން." ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކޮށް އެމަނިކުފާނު ވަނީ ފަސް އަހަރަށް ޖަލަށް ލާފައެވެ. އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއިދު ކުރެއްވުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރެއްވުމުގެ މަސައްކަތް ރައީސް ޔާމީންގެ ވަކީލުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަބުރުބޭ

    ކަލޯ ހުރޭ ކަލޯގެ ބޮޑެ އަށް އަނެއް 25 އަހަރުގެ ޖަލު ހުކުމާ 500 މިލިޔަން ޑޮލަރު ގެ ހުކުމް އަޑުއަހާފަ ކޮށިއަރަން.

    12
    93
    • އަލީ

      ބަސްމަގު ހުރިގޮތުންވެސް އިނގޭ ތިހުރީ ގޮއްރީންދޫ ހުން ޖެހިފަކަން. ހެހެހެ!!. ތި ބަލީގެ ބޮޑު އަލާމާތެއް ބުނެދެންތަ! ފެންނަ ކަނުވުން. މިހާރު ޒީރޯ ޓޮލަރެންގެ ދަށުން ކޮައްފަ ހުރި ކުރަމުންދާ އެވެސް ވައްކަމެއް ނުފެނޭނު ދޯ؟؟؟ ތިހިރީ ސަކަރާތް ވެފައޭ.

      44
      3
      • އަސްތާ

        ވަގަކަށް ފުރުސަދެވޭތަ.

        2
        3
  2. ރަސީ

    ލައްބަ އަހަރެމެންގެ ރައީސަކީ ރައީސް ޔާމިން. އަދި ޤައުމުގެ ރައީސަކީ ވެސް ރ. ޔާމީން ކިތަންމެ ދުވަހެއްވިޔަސް އިންތިޒާރު ކުރާނަން.

    105
    10
  3. އަންނި

    އެއްފަހަރު ވެރިކަން ކޮށްފަ ހުރި މީހުންނަ ދެވަނަ ޓާމް އެއް ނުދިނިޔާ ރަނގަޅުވާނީ

    11
    42
  4. ދިވިހި

    މައުމޫންގެ ދަރިން މުޅި ސިޔާސީ މައިދާނުގައި... ޢިދިކޮޅު އެމް. ޕީ އެއް، ސަރުކާރުގެ މިނިސްޓަރެއް، އަލަށް އުފައްދާ ސިޔާސީ ހަރަކާތުގައިވެސް. ކޯލިޝަން ޕާރޓް އެމް. ޢާރު އެމް. ހުރިހާ ކޮޅަކުންް ކަނީ އެއް އާއިލާއެއް.. ކެރަފާ އާއިލާ އާއި ކިނބިގަސްދޮށުގެ / ކާމިނީ އާއިލާ ތަކުގެ ކިބައިން މިގައުމު ސަލާމަތްވާނީ ކޮންދުވަހަކުން...؟

    19
    4
  5. ވިސްނުންތޫނު ގުރާ

    ލައްބަ އަހަރެމެންގެ ރައީސަކީ ރައީސް ޔާމިން. އަދި ޤައުމުގެ ރައީސަކީ ވެސް ރ. ޔާމީން ކިތަންމެ ދުވަހެއްވިޔަސް އިންތިޒާރު ކުރާނަން. އަޒުމެއް ގުޑުވައެއް ނުލެވޭނެ. އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ.

    46
    2
  6. ބިކަ

    ޢާ އެކަން ރަނގަޅުއަހަރެނގެވެސް ޔާމީނު

    35
    2
  7. ނަައީމް

    ތިޔަ އަޒުމުގަ ތިއްބަވާނީ ގައުމެއްގެ ލޭހިގާ ޒުވާނުން މަބުނާނީ ތިޔައީ ހިއްވަރުގަދަ ނަމޫނާ ޒުވާނެކޭ އުންމީދުކުރަނީ އެހެންޒުވާނުންވެސް ތި ޒިވާނާހެ ހިއްވަރުން ހިއްވަރުލިބިގަންނާނެ

    48
    5
  8. ހޭރެވޭ

    ޢިންޝާ ﷲ

    32
    4
  9. އަބްދޫ

    އައްސާނަށް ބުނެލަން އޮތީ ރައްޖޭގަ އުޅޭ އެއްވެސް ސިޔާސީމީހަކު އެކަނި ވާދަކޮށްގެން ވެރިކަމަށް ނާދެވޭނެ ކަމުގާ .ޔާމީނުގެ ފަހަތަށް އަރައިގެން ޔާމީނު ވެރިކަމަށް ގެނައުމަސް މަސައްކަތް ކޮށްދޭނެ އެއްވެސް ސިޔާސި މީހަކު ދިވެހިގައުމަކުނެތް.އަދުރޭމެންކަހަކަ ތިމާގެ އުފަންރަށުން ގޮނަޑި ކަމިޔާބު ނުކުރެވޭ މީހުނަށް ސިޔަސީ ލީޑަރުނޭ ނުކިޔާ. ރަނގަޅު ގޮތަކީ ވަގުތު އޮއްވާ ޕިޕިއެމްއަށް ޔާމީނު ނޫނަމީހަކު ނެރެގެން ކުރިޔަށް ދާންޖެހޭ.2023 ޕިޕިއެމުން ކަމިޔާބު ކުރަންޖެހެނެ. ސިޔަސީމީހެއްނަމަ ނާކަމިޔާބު ވުމުން ފުރުސަތު އެހެންމިހަކަށް ދޭނެ.

    4
    17