މާލެއަކީ އިމާރާތްތަކުން ފުރިފައި އޮތް ތަނަކަށް ވިޔަސް ދެހާހެއްހާ ހައުސިން ޔުނިޓް ގާއިމް ކުރެވޭނެ ޖާގަ ހޯދޭނެ ކަމަށާއި އެކަމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް މުއިއްޒު ކުރިއަށް ގެންދަވާ ކެމްޕޭން ބައްދަލުވުންތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެކަށީގެންވާ ގޮތުގައި ބޭނުން ނުހިފޭ ކޮށިތައް ހުރި ބިންތައް މާލޭގައި ވަރަށް ގިނަ ކަމަށެވެ.

މި ބިންތައް ހުސްކޮށް ގެދޮރުވެރިކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ބިންތައް ހުސް ކުރުމުން މިއީ މާލެއިން ވެސް ގެދޮރުވެރިކަމަށް ދެވޭނެ ފުރުސަތެއް. ހަމައެކަނި ހުޅުމާލެއާއި ގުޅިފަޅުގައި އެކަންޏެއް ނޫން ގެދޮރު ބިނާ ކުރުމުގެ މަސައްކަތް ދެވޭނީ. ބައެއް ސަރުކާރު އިމާރާތްތަކަށް ހުރި ކޮށިތަކެއް ވެސް އެބަ ވޭ ބޭނުމެއް ނުހިފާ ތަންތަން." ކުރީގެ ދެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބިންތަކުގެ ޖާގައިން 2،000 އެއްހާ ހައުސިން ޔުނިޓް ގާއިމް ކުރުމުގެ އިތުރަށް އެ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭނެ ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ލިބޭނެ އިމާރާތްތައް ގާއިމް ކުރުމުގެ ޖާގަ އާއި ހިތްފަސޭހަކޮށްލާނެ ޕާކް ފަދަ ތަންތަން ގާއިމް ކުރާނެ ޖާގަ ވެސް ހޯދޭނެ ކަމަށެވެ.

"އެ ތަންތަން ލިބެން ޖެހޭނީ މާލޭގައި ނިކަމެތި ހާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް. މާލޭގެ ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދީފިނަމަ އެއީ އަޅުގަނޑު ސަރުކާރަށް ހުށަހަޅާނެ ކަމެއް، އެ ކަން ކާމިޔާބު ކުރުމަށް ޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ކަމެއް، އަދި އެ ކަން ކާމިޔާބު ވެއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި އިންޑަސްޓްރިއަލް ވިލެޖްގެ ނަމުގައި ދެކުނު ފަރާތު ފަޅުން ބައެއް ކުރީގެ ސަރުކާރުގައި ހިއްކާފައި ވަނީ ވެސް މިފަދަ ބައެއް އިމާރާތްތައް އެ ބިމަށް ބަދަލު ކުރުމަށެވެ. އޭރުގެ ސިޔާސަތަކީ އެ ބިމަށް އިމާރާތްތަކެއް ބަދަލުކޮށް މާލެއިން ހުސްވާ ބިންތަކުގައި ޕާކްއާއި މައިޒާން ފަދަ ތަންތަން ގާއިމް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމަ

    މުއިއްޒު ނުވާނެތިޔަކަމެއް ވިޔަކަނުދޭނެ

    6
    1
  2. ކާކު

    ކުރަންޖެހޭ ކަމެއްކަމަކައް ނުދެކެން.. މިހާރު މިތަން ތޮއްޖެހިފައި އޮތްވަރު ކުޑައީ ތޯ... މުއިއްޒު އަކައް މަގޭ ތާއީދެއްނެތް..

    11
    9
  3. މާސްޓަރ

    ވަރަށް މަކަރުވެރި، ވެރިކަމަށް ކުފޫ ހަމަވާ މީހެއް!

    3
    3
  4. ޛގ

    މާލޭގައި އެޅި ޓާޓާ ފުލެޓް ތަކާއިމެދު ކަލޭ ކަންކުރި ގޮތް ހަނދާން އެބަހުރިތަ؟

    7
    3
  5. ހއ

    ސަރުކާރު ކުންފުނި ތަކުގެ ގުދަން ތައް އަތުލާފަ އެ ބިންތަކުން ގޯތި ދޫކުރަން ވީނު. ގުދަން ތައް ހުޅުމާލެ ސިނާއީ ސަރަހައް ދައް ބަދަލު ކޮއްލާ

  6. އާސިދާ

    ތީވަރައް މުހިންމު ކަމެއް ތިކަން ލަސްވެއްޖެ ވަރައް ހާލުގައި މާލޭ މީހުން ބިކަކޮއްލައި ރައްފުށު މީހުން އަރައި ރަށުގައި ގޯތި ބައްޕަފަރާތުބިން މަންމަފަރާތުބިން އަދި ނުވިތާކައް މާލޭން ފުލެޓް....މިރައްފުށު މީހުންގެ މަކަރުވެރިކަަން ވަރައްބޮޑުވެއްޖެ...ވޯޓައްވިއަސް މީދެން ބޮޑުވަރު ...މުޅިމާލެ ސަރަހައްދު ރައްފުށުމީހުން ހިފާނިންމައިފި..

    4
    6
  7. އަލްޖިބްރާ

    ފެއިލް ވީމަ ކޮންމެމީހަކަށްވެސް ކުރަންހުރި މުހިއްމު ކަންތަށް އެހެންމީހުނަށް ކިޔާދޭން އެގޭ ! ބާރުއޮތްއިރު އެކަންތަށް ނުކުރީ ކަލޭގެ ނުބައި ނުލަފާ ކަމުން ނޫންތަ ؟