ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކުރުމާއި ގުޅިގެން އިދިިކޮޅު ކޯލިޝަންއާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ގެ ފާޑުކިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަމާޒުވެއްޖެއެވެ.

މީގެ ކުރިން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވުމާއި އެކު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. މިކަމާއި ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވެރިކަން ދިފާޢުކޮށް ވެރިކަމުގައި ދެމި ހުންނެވުމަށް ރައީސް ޞާލިހު މިހާރު ގެންގުޅުއްވާ ސިޔާސަތަކީ ސިއްހީ ކުއްލި ހާލަތު ކަމަށް ސިފަކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ސޯލިހްގެ ދައުރު ފުރިހަމަކުރަން މިހާރު ބޭނުންވާ ކުރައްވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒު ހުރީ ރިޔާސީ ދައުރު ނިމެންދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމެމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ މުއްދަތުގެ ތެރޭގައި ރައްޔިތުން ބޭރަށް ނިކުތުން މަނާކުރެވިދާނެ ކަންވެސް ފާހަގަކުރައްވަމުން އޭނާ ވަނީ އެކަމާއި މެދު ފުންކޮށް ވިސްނާލުމަށް ރައީސް ސޯލިހަށް ދަންނަވާފައެވެ.

"ރައީސް ޞާލިހު ކިހިނެއްތޯ ވާނީ މަނިކިފާނުގެ ރިޔާސީ ދައުރުގެ ބާކީ އޮތް ބަޔަށް އެކުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުން.އަދި އެ މުއްދަތުގެ ތެރޭގައި އެމް.ސީ ޙަމީދުގެ ބެލުމުގެ ދަށުން ނޫނީ ދިވެހި ރައްޔިތުން މަގު މައްޗަށް ނުކުތުން މަނާކުރުން.ވިސްނާލަން ރަނގަޅުކަމެއް ނޫންތޯ؟" އަދުރޭ ވިދާޅުވިއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ބޮޑު މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ބާރުގެ ބޭނުންކޮށް ފުލުހުން މުޒާހަރާ ރޫޅާލައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ޕީޕީއެމް ޕީއެންސީއިން ބުނަނީ އިހުތިޖާޖު ކުރަމުންދާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށެވެ. އަދި ފުލުހުން އައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް އެކޯލިޝަނުން އަންނަނީ ގޮވާލަމުންމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފިނިފެންމާ

    ޖަލުގަ އޮތްމީހާ ހިންގީ ކޮންއެއްޗެއް؟

    4
    15
  2. ގޯ ތި އިބޫ

    ކަލޯ ދައުރު ނިމެން ދެން ކުއްލި ނުރައްކަލު ގެ ބަދަލުގައި ޓިނު ޖަހަން އެބަ ވިސްނަން

    8
    16
  3. ޖެއިލް ބަރޑް

    ކަލޭގެ ރައީސް، ރައީސުލް ޖަލުހޫރިއްޔާ ހިންގި އެސްއޯއީ ނުހިންގައިގެންތަ ތިއުޅެނީ. އެވެސް އިބޫ ބޭނުމިއްޔާ ހިންގޭ ފެންވަރުގަ އެހެރީ.

    6
    14
  4. ނަަސް

    ތެދު ވަަހަކަ އެއްތިބުނީ އަދުރޭ

    17
    7
  5. Anonymous

    އަދުރޭ ވަރަށް ރަގަޅު ވާހަކަަ އެ އް 2023

    17
    5
  6. އެމަންޖެ

    ތިކަން އޮތީ ތިގޮތައް ، ކޮވިޑް މިވީ މިސަރުކާރައް ރަންބިސް އަޅާ ކުކުޅަކައް.

    18
    2