"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކަން އެންގުމަށް ދައުލަތުން ދޫކުރި ލިޔުމަށް މި ސަރުކާރުންވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަން ފެށުމާއެކު، އެ އިހްތިޖާޖްގެ ބައިވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން އާންމު ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ނަޝީދަށް ކިޔައިދީ، ކުރީ ސަރުކާރުން ފްލެޓް ލިބުންކަން އެނގުމަށް ދޫކުރި ލިޔުންތަށްވެސް ހުރި ކަމަށްވެސް ބުނުމުން ނަޝީދު ވިދާޅުވީ ދައުލަތުގެ ނިޝާން އިންނަ ކޮންމެ ލިޔުމަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔުމާއި ހިލާފް ނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަތަނުގައި އެއްވެސް ހާލަތެއްގެ ލިޔުމަކީ (ދައުލަތުގެ ނިޝާން) އިދެއްޖީއާ އެއީ ދައުލަތުގެ ލިޔުމެއް. އެޔަށް އިހްތިރާމް ކުރަން ޖެހޭނެ. އެޔަކާއި ހިލާފެއް ނުވެވޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހައްގު ނޫން ފަރާތްތަކަށް ފްލެތް ދޫކޮށްފައިވާ ކަމަށް ކަނޑައަޅާ މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދައިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއުގައި ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ހަވާލުކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީއެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތުތައް ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއްވެސް އާންމުކޮށްފައިވެއެވެ.

މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް އިއުލާން ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެކަމަކު، މި ސަރުކާޜުގެ ފްލެޓު ކޮމިޓީން ބުނެފައި ވަނީ، ފްލެޓު ލިބިފައި ވަނީ ހައްގު މީހުންނަށް ކަމަށެވެ. އަދި ފްލެޓު ނުލިބޭ މީހުންގެ ތެރޭގައި ފްލެޓު ހައްގުވާ މީހުން ވެސް ހިމެނޭ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ދަލާސްޓް

  ތިޔައީ ފާޅު ވެގެންވާ ބޮޑު ސްޓަންޓެއް. ކައުންސިލް ކެމްޕޭނަށް ޖެހި ރޮކެޓެއް. މިކަން އެނގޭނގޭނެ އިންތިޚާބް ނިމުމުން. ރައްޔިތުން ސަމާލުވޭ.

  40
  1
  • އާދަމުގެދަރި

   މުޖުރިމު ކަލޭގެ ކިބައިގައިހުރި ނުލަފާކަން ނިކަން ދެކިބަލަ. އިންތިޚާބެއް ކުރިމަތީގައި އޮތީމާ ދެއްކި މަކަރުވެރި ހިޔަޅުވާހަކަ ނިކަން ބަލާބަލަ. ކަލޭގެ އަނގައިން ތެދެއް ހަދާނެ ކަމަށް ގަބޫލުކުރާނީ ރީނދޫކައިގެން ކާޅުލޭ ބޮއިގެން ދުނިޔޭން މޮޔަވެފައި ތިބޭ މީހުން.

 2. ދެބަން

  މިހެންބުނެލާއިރަށްވެސް ގުންބޯހެދޭ ބަޔަކު ތިބޭނެ! ގެއްލިފަހުރި ފުލެޓް ފެނިއްޖެބާ!

  36
 3. އަބްދޫ

  މިސަރުކާރުން ނެގި ކޮމިޓީންއަންމުކުރި ލިސްތް ކުރީސަރުކާރުގެ ލިސްތަސް ވުރެ ގޯސް ވެއްޖެ ކަން އެގޭ . އަދިކުރި ސަރުކާރުން ފްލެޓްއިމަރާތްކޮށް އެފްލެޓް ތައް ލިބެންވާފަރާތްތައް ހޮއްވަވަ އާންމުކޮށް ފްލެތް ލިބުނު ކަމަށް ދޫކޮށްފައިވަ ދަވްލަތުގެ ރަސްމިލިއުން ބާތިލެއް ނުކުރެވޭނެ.އަދި އެލިއުން ލިބިފައިވަފަރާތަތައް ފްލެޓް ލިބުނު މީހުންގެ ލިސްޓުން އުނި ނުކުރެވެނެ. މިސަރުކާރު އައިސް އަނެއް 7000 އިމާރާތް ކުރިދުވަހެއްނަމަ މިސާކުވާ ނެތުނިސް. މިސަކުވަ ބޮޑުވީ 20000 ފްލެޓް އިމާރާތް ކުރަނެކަމަށް ބުނެފަ ދަވްލަތުގެ ރިޒާވް ހުސްވިއިރުވެސް ފްލެޓް މަސައްކަތް ނުފެށިތާފަ އިމާރާތް ކުރަންފަށާފަހުރިމަސައްކަތްވެސް ހުއްޓުވާލީމަ. މިހާރު އެންމެ މަސްލަހަތު ބޮޑުގޮތަކި ޔަމީނުވެރިކަމުގާ އިއުލާންކޮށް ލިއުންދޫކުރި މީހުނަށް ފްލެޓްތައްހަވާލުކުރުން އެންމެ އިންސާފު ވެރިގޮތަކީ އެއީ. އެހެމް ނަހަދައިފިނަމަ މުސަތަގުބަލްގަ ނިކުންނަ މައްސަލަތަކުގާހަމަނުޖެހުން އުފެދުމަކީ ގާތްކަމެއް.

  30
  1
 4. ޑަބިޔާ

  އެލެކްސް ކާގެންނެނޭ ފުރާނީ ނުކައެއް ނުފުރާނަމޭ ތިކިޔަނީ. އަދިވެސް ގަބޫލު ނުކުރާތި ކަލޭނެން ފޭލްވެއްޖެ ކަމަށް. ތިދެން އޮޅުވާލަންވެސް ބޮޑުވަރު. ވޯޓެއް ނުލިބޭނެ ޔަގީން

  30
  1
 5. ޢާލިމް

  ފްލެޓް އަތުލެވިގެން ނުވާނެ. ނުހައްގުން ދިންކަމަށްވާނަމަ އެކަމަކަށް ޒިންމާވާ ފަރާތަކަށް ޙައްގު އަދަބު ދޭންޖެހޭނީ.

  29
 6. ރާއްޖެ

  މިއީ ދެ ރައީސުން ތިބޭތީ ވާ ގޮތެއް. އެކަމަކު ފްލެޓް މައްސަލަތައް މިހާ ލަހުން އިންތިހާބު ކައިރި ވީމަ ނަށީދަށް އެނގުން އެއީ ސުވާލު އުފެދޭ ކަމެއް.

  32
 7. ޤައުމު

  ރަނގަޅު ވާހަކަފުޅެއް
  ދެން މަނިކުފާނު ކީއްވެގެންތޯ މިހުރިހާދުވަހު ރައްޔިތުންނަށް ރައްޔިތުންގެ ހައްޤުހޯއްދަވައި ނުދީ،ތިހުންނަވަނީ
  ހަމަ ސުރުޚީއަޅާލަ،އަޅާލާ!

  27
  • ލީލޫ

   މަކަރުވެރިކަމުން؟

 8. ދެކުނުތަރި

  ކުރީ ސަރުކާރުން ފުލެޓް ބެހީ ޕާޓީ ކުދިންނަށް

  6
  30
  • ނޫން

   ނޫން .... ކުރީ ސަރުކާރުން އިޢުލާންކުރި ލިސްޓްގައިވެސް ގިނައީ އެމްޑީޕީ އަށް ނިސްބަތްވާ މީހުން. ކަލޯ އަދި އެއްފަހަރު އެލިސްޓު ބެއްލެވުން އެދެން

   4
   1
 9. ނަސީދު

  ދެބޯގެރި ދުންވުން ނޫންކަމެއް މިބީތާއިންތަކައް ނޭނގޭ

  24
  1
 10. ޢަދުރޭ

  ކުރީގެ.ސަރުކާރޭ..ކިއައިގެން..ވަގުތު..ނަގާލާކަށް
  ..ނޫން..
  ރައްޔިތުން..ވެރިކަން .. ދިނީ.. ނުވީމަ..ނުވީޔޭ..ބުނުން..މާ.ރަނގަޅުވާނެ

  27
 11. Anonymous

  ރައްޔިތުން މީނަގެ ދޮގަށް ހެއްލޭނެބާ؟ އިއްޔެ މަޖްލިހުގަ އިނދެ މަލާމަތްކުރީ ފްލެޓް ނުލިބިންގެން މަގުތަކުގައި އުޅޭމީހުނަށް. މިއަދު މިހިނގަނީ ޑްރާމާ ޖައްސަން. ފްލެޓްދީ އެއްބަސްވުމުގައި ސޮއި ނުކުރުވާހާ ހިނދަކު މާލޭ ރައްޔިތުން އަނަސް އަށް ވޯޓުނުލާތި. ދޮގުވެރި ދައްޖާލުންގެ ބަހުގަ އެއްވެސް އިތުބާރެއް ނޯންނާނެ. މާދަމާ ބުނާނެ، ފްލެޓް ކޮމިޓީއަށޭ ބޮޑަށް ބަލަންވާނީ. ކޮންމެ ފަހަރަކު ރައްޔިތުން ގަޅި ހެއްދިގެން ނުވާނެ.

  23
  2
 12. ބުތު

  ކަލޯ ތިޔަހެންބުނީ ޖެހިގެންހުރިމީހާ ބުނީ ބާތިލްކުރާނަމޭ...

  20
  1
 13. މަހަށްދޭބަލަ

  ސަރުކާރުން ސިއްކަ ޖަހާފައިވާ ލިޔުމެއް ދޫކޮށްފައިވާ ނަމަ އެ ބާތިލް ނުކުރެވޭނެ އެއްވެސް ސަރުކާރަކަށް މިހާރުގެ ވެރި އަކަށް ހުރި ރައީސް އިބޫ ވެސް އޭނާ ގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކަމަށް އޭނާ ވެސް ހުވާ ކޮށްގެން ހުންނައިރު އޭނާ އެ މުއްދަތުގައި ކުރާ ކަންކަން އަލަށް ހޮވޭ ރައީސަކު އޭނާ ހުވާ ކުރުމުގެ ކުރިން ވެރިކަން ކުރަމުން އަންނަ ރައީސަކު ކުރާ ކަންކަމަށް ބޭނިގަނެގެން ނޫޅެވޭނެއޭ އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނޭ ހިންނަވަރޭ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ...

  22
  1
 14. އަޙްމަދު

  ހެެހެހެހެހެހެ! މަބުނި ވާހަކައެއްނޫން!

  12
  2
 15. ޙހހ

  ވޯޓްކައިރިވަރަކަށް އިޚްލާސްތެރިކަން ދައްކާނެ. އެއްވެރިއަކު ނިންމިކަމަކަށް އަނެއްވެރިޔަކު އިހްތިރާމް ކުރަންޖެހޭނެ. ތީ ކުރީގެ ވެރިންގެ ފަތިގުއް ހޯދަން ދުވާ މުޖުރިމެއް. މުސްތަގުބަލަށް ފައިދާވާނެ އެއްވެސްކަމެއް ތިބަެިގަނޑަކައް ނުކޮށްދެވޭނެ. މަކަރާ ޖަހައިގެން ރާއްޖެ ކައި ބޮއި ހުސްކުރޭ. ވެރިކަމާ ބައްދައިގަނެގެން ކަމެއްކުރަންނޭގުނަސް އޮވެވޭތޯ ބަލާބަލަ

 16. ކަލްޓް

  ރައްޔިތުން ނޭ!، ވޯޓް ފޮށި ތައް ބަހައްޓާ ދުވަހު މިކަލޭގެ ބުނާނެ، ރ.ޔާމިން ފަދަ ބޭފުޅަކު ޖަލުގަ ހުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ، އެއީ ވެސް އިންތިހާބު ވެގެން ހޮވި ދައުލަތެއް ހިންގުމުގެ ޒިންމާ އަދާ ކުރެއްވި ބޭފުޅެކޭ.. މީނަ މީ ހުކުރު ދުވަހު ގ.ކަންމަތީ ހޮޓާލަށް 3 މުސްކުޅު ބޭބޭ އެކަނި ނޫން އިތުރު ބަޔަކު ނެތި ވަދެ ފޮޓޯ ޝޫޓު ކުރި މީހާ، ޑްރާމަ ކުޅުން މީނަގެ ހޮބީ އަކީ!!

 17. ހައްޤުބަސް

  އެމް.ޑީ.ޕީ ސަރުކާރުން ހާލަތު ބަލަން އައިރު އިތުވެފައިވާ ދަރިންނަށް ވެސް ޕޮއިންޓް ދިނުމުގައި އިހުމާލު. ސޯލިހުގެ ދައްތައްއަށް ޕޮއިންޓް ދިނުމުގައި އެމް.ޑީ.ޕީ ސަރުކާރުން ބެލި މިންގަނޑު ދިވެހި ރައްޔިތުންނަށް އެގެން އެބަ ބޭނުންވޭ! މިކަން އެގޭނެ މީހަކު ހުރިނަމަ ކޮންމެޓެއްގެ ގޮތުގައި ލިޔެލަ ދިނުން ވަރަށް މުހިއްމު؟ ސޯލިހުގެ ދައްތައް ބަލަން ޖެހިފާއިވާ ދަރިންގެ ޢަދަދު އަދި 18 އަހރު ނުފުރޭ ދަރިންގެ މައުލޫމާތު ވެސް އެބަ ބޭނުންވާ؟

 18. ޤައުމަށްޤައްދާރު

  ހިޔާ ފްލެޓް: ކުރީ ސަރުކާރުން ދިން ލިޔުމަށް އިހްތިރާމްނުކޮށް، އެ ލިޔުމާއި ހިލާފުން ދޭހަވަނީ ސަރުކާރުން ދޫކުރާ ލިޔުންތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަން. އަދުލު އިންސާފެއް ނެތްކަން...

 19. ހިޔަޅު

  ހިޔާ ފްލެޓް: ކުރީ ސަރުކާރުން ދިން ލިޔުމަށް އިހްތިރާމް ކުރަން ޖެހޭ، އެ ލިޔުމާއި ހިލާފު ނުވެވޭނެ - ނަޝީދު ވިދާޅުވާކަމަށްވަންޏާ، އެހުރިހާ ލިޔުންތައް ވޯޓު ދިނުމުގެ ކުރިން ތަންފީޒުކުރެވޭނެބާ؟

 20. އަލީ

  ވޯޓު.

 21. ކޮއިމަލާ

  ހިޔާ ފްލެޓް: ކުރީ ސަރުކާރުން ދިން ލިޔުމަށް އިހްތިރާމް ކުރަން ޖެހޭ، އެ ލިޔުމާއި ހިލާފު ނުވެވޭނެ ކައުންސިލް އިންތިހަބް ނިމެންދެން ވެދުން

 22. އަބްދޫ

  ކުރީގެ ސަރުކާރުން ތައްޔަރުލުރި ފްލެތް ލިސްޓާއި ދޫލުރި ފްލެތް ލިއުން ބާތިލް ނުކުރެވޭނެ ސަބަބުތައް. 1-އިއުލާންކުރި ހުރިހާސަރުތު ފުރިހަމަވާކަންއަންގާދޭ ލިއުންތަކައެކު ފޯމް ބަލައިގަތުން. 2ދިރިއުޅުމުގެ ހާލަތު ބަލަމންޖެހެނީ ފޯމް ބަލައިގަތުން ނިމޭ ތާރީހުގާ ދިރިއުލުމުގެ ހާލަތު ހުރި ގޮތުގެ މައޗަށް ރިއާޔަތް ކޮށްގެންކަމުގާވުން. 3 ފޯމް ހުށަހަޅައެފޯމްބަލައިގަނެ ފްލެޓް ލިބޭނެކަމުގެ ލިއުންދޫކުރިތާ 2 އަހރުފަހުް ބެލެ ބެލުމަށް އަމަލުކުރެވޭނެ ޖަާގަނެތުން ސަބަބަކީ ދިރިއުޅުމުގެ ހާލަތަކީ އެއްދުވަހު މަތިވެ އަނެއްދުވަހު ދަށްވެ ދުވަލަކު އެއްފަހަރު ބަދަލުވަމުންދާ ހަލަތަކަށް ވާތީ 3 ދަވްލަތުގެ ރަސް

 23. ނުރަބޯ

  މާތްﷲ ބާވާލައްވާ އެކަލާނގެ ރުހިވޮޑިގެންފައިވާ މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އެކަލާނގެ ނަބިއްޔާ ޞ.ޢ.ޥ އަށް ބަދުބަސް ބުނެ އެކަލާނގެ ކީރިތި ކަލާމްފުޅު ކަމަށްވާ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞ.ޢ.ޥ ގެ ސުއްނަތް ފިޔަވައި އެހެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ބުނެ ޕަބްލިކް ގައި އިޢުލާނު ކުރި މުނާފިޤަކު ދައްކާ ވާހަކަ ޤަބޫލު ނުކުރުން ހުރި.