ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓުތައް ދޫކުރުމުގައި މި ސަރުކާރުން ލަސްތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަން ފެށުމާއެކު އެ ސަރަހައްދަށް ވަޑައިގެން އެމީހުން ގޮވާއިގެން މަޖިލީހަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އެގޮތުން މި ސަރުކާރުން އެކުލަވައިލި ފްލެޓް ލިބޭ މީހުންގެ ލިސްޓުން ނަން އުނި ކުރި ބައެެއް ފަރާތަކުގެ ދިރިއުޅުމުގެ ހާލަތު އަޑުއެއްސެވުމަށްފަހު ނަޝީދު ވިދާޅުވީ ހިޔާ ފުލެޓުތައް ދިނުމުގައި ސަރުކާރުގައި ވަރަށް ބޮޑެތި ލަސްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފުލެޓު ކޮމިޓީން މީހުންގެ ދިރިއުޅުމުގެ ހާލަތަށް މިނަން ބޭނުންކުރި މިންގަނޑު ދިރާސާކުރައްވާނެ ކަމަށާއި، ހިޔާ ފުލެޓުތަކުގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަަކަށް ދައުލަތުން ލިޔުން ދީފައި ވަނިކޮށް އެފަރާތްކުގެ ނަން މި ސަރުކާރުން އެކުލަވައިލި ލިސްޓުން އުނިކޮށްފައިވާ މައްސަލައާއި ގުޅިގެން ނަޝީދު ވިދާޅުވީ ދައުލަތުގެ ނިޝާނު ޖަހާފައިވާ ލިޔުމަކީ އެއަށް އިހުތިރާމު ކުރަންޖެހޭނެ ކަމަށެވެ.

ފުލެޓު ގެއްލުނު ފަރާތްތަކުންވަން ވަނީ ރައީސް ނަޝީދު އެ މީހުން ދިރިއުޅޭ ތަންތަނަށް ވަޑައިގަތުމަށް އެދިފައެވެ. ރައީސް ނަޝީދު ވަނީ އެ ދައުވަތު ގަބޫލުކުރައްވާ އެ ބައްދަލުވުމުގައި ތިބި 30 ވަރަކަށް މީހުންގެ ގެއަށް މި ހަފްތާގެ ހޮނިހިރުދުވަހާއި އާދީއްތަ ދުވަހަށް ބަހާލައިގެން ޒިޔާރާތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއުގައި ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ހަވާލުކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީއެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތުތައް ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓުގައި، ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ 111 މީހެއްގެ ނަމެއް ނެތެވެ. ކުރީގެ ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު އެ މީހުން ޑިސްކޮލިފައި ކުރީއެވެ.

މި ސަރުކާރު ފެށުނު ފަހުން ހިޔާ ފްލެޓްތަކުގެ އަމަލީ މަސައްކަތް މަޑު ދުވެއްޔެއްގައި ކުރިއަށް ދާތީ އާއި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން ހިޔާ ފްލެޓްތައް ލިބެން ޖެހޭ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ލަސްވަމުން ދިއުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ކޮމިޓީއަށާއި ސަރުކާރަށް އަމާޒުވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ސުވާލު

  ސަރުކާރު ބޮލަށް ނުޖަހާ. ކަލޭތީ ހުރިހާވެސް ނުބައަކީ. ތިއީ މިގައުމަށް ގެހިފަހުރި ކެންސަރެއް.

  25
  2
  • އާދަމުގެދަރި

   ކަލެއަށް ވުރެ ބޮޑު ވަބާއެއް މި ގަރުނުގައި މި ގައުމަށް ނުޖެހޭ. ހުރި ނުލަފާކަން ބަލާބަލަ. ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތީމާ މަތި އޮމާންކޮށްލިލެއް ތާހިރެއްނު.

  • ޙައްގުބަސް

   މީނަމީ ހުރިހާ ނުބައެއް ހެދުމުގެ އައްޕަ!! ކީކޭ މިކިޔަނީ! މިހާރު ދެބޯގެރި ދުއްވަނީ!! މީނަމީ މިރާއްޖެއިން ފޮނުވާލަންޖެހޭ މީހެއް!! އިބްރާހިމް މުޙައްމަސު ސާލިހު ބުނެފައިވާގޮތަށް ދުނިޔެއިން ބޭރަށް ކިޔަވަން ފޮނުވަންޖެހޭ ގައުމަށް ނުރައްކާތެރި މީހެއް!!

 2. ޑަބިޔާ

  ލަސްތަކެއް ހުރިކަމަކަށް ނޫން ގަބޫލުކުރަންވީ. އެއްވެސް ކަމެއް ނުވާކަމަށް ޔަގީން ކުރަންވީ. ކުރީގެ ސަރުކާރުން ބައެއް މީހުންނަން ފްލެޓް ލިބުނު ކަމަށް ލެޓާ ސަރުކާރުން ދީނީމަވެސް ކަލޭމެނައް އެތަނައް ނުވެއްދުނު އެމީހުން. ނިމިފަ ހުރިތަނެއް ކަލޭމެން ވެރިކަން ހަމަވަނީ އަދިވެސް އެތަން ހުރިގޮތައް. ނާގާބިލު ވީމަ ވާނެތިހެން

  26
  1
 3. Anonymous

  ކުރީގެ.ސަރުކާރޭ..ކިއައިގެން..ވަގުތު..ނަގާލާކަށް
  ..ނޫން..
  ރައްޔިތުން..ވެރިކަން .. ދިނީ.. ނުވީމަ..ނުވީޔޭ..ބުނުން..މާ.ރަނގަޅުވާނެ

  25
  1
 4. ހަސަނު2324

  ގަސްތުގަ

  19
  1
 5. ދަރަނި ދަންތުރަ

  ސުބުހާނަﷲ ، އަނެއްކާ މިސޮރު މިހުރީ މަސްތުގެ ހާލުގައިބާ

  24
  1
  • ހުސޭނުބޭ

   އެސޮރު ހަމަހޭގައި ހުއްޓާ ދުވަހަކުވެސް ދެކުނިންތަ؟

 6. ސޫލާޝަރާބު

  "ލަސްތަކެކޭ.." 3 އަހަރުވީމަވެސް އަދިވެސް ލަނީ "ލަސް" ކެޓަގަރީއަށްތަ.

  23
  1
 7. ޏނ

  މުޅި އޮޑީގައި ހަސަނުފަޔޭ ބުނާހެން މުޅިގައުމުގައި އަންނި. މީގެ ކުރިންވެސް ރައްޔިތުން މަޖިލިސް އޮތެވެ. ގައުމުގެ ހުރިހާކަމަކަށް ރައްޔިތުން މަޖިލިހުގެ ރަޢީސް ބޭނިގަނެގެން އުޅޭތަނެއް ނުފެނެ. ފުލެޓް ގެ ކަންތަކާވެސް މީނަ. ވަޒީފާތަކުގެ ކަންތަކާވެސް މީނަ. މަހުގެ ކަންތަކާވެސް މީނަ.

 8. ބޭޗާރާ

  މިހާރު ކަލޭ ތިހިރީ މީގެ ތެރެއަށް ދަނޑިބާނަން ވަދެއެއްނު. މާދަމާ ބުނޭ މިހާރު ހުރި ކެޓެގެރީތަކުން ހަމަހަމަކަމާއެކު ފްލެޓް ނުދެވޭތީ އަލަށް އާ ކެޓެގެރީއެއް އިތުރުކޮށްފީމޭ. އެކެޓެގެރީއަށް ކިޔުމަށް ކޮމިޓީއަކުން ނިންމައިފިއޭ ލަސްކެޓެގެރީ އޭ. ލަސްވެގެން އުޅޭ އެންމެން އަލުން ލަސްގެޓެރީއަށް ސިޓީލަހަރޭ. ވަލްހަމްދުލިއްލާހި.

 9. ޟަމީރު

  އޭ ނަޝީދު!!! ކަލޯ ކޮންމެހެން މި ސަރުކާރުން ނެއްޓެން އުޅޭނެ ކަމެއްނެތް. !!! މިކަމުގައި ކުރީ ސަރުކާރޭ ކިޔައިގެން ، ލަސްތަކޭ ކިޔައިގެން ކޮންމެހެން ޒިންމާތަކުން ރެކިގެން އިބޫ ބޮލަށް ކަނޑާލާނެ ކަމެއްނެތް. ރައީސް ޔާމީނު ދައުލަތް ހިންގި ސްޕީޑުގައި އެމްޑީޕީ އަކަށް ދައުލަތެއް ނުހިންގޭނޭ ކިޔާފަ އިސްތިއުފާދީފަ ވިލާތަށް ނައްޓާލިއްޔާ ދިވެހިންނަށް މާ ބޮލަށް ފަސޭހަވާނެ.

 10. ސަރޭ

  ކުރަން ވީމަ ކުރެވޭނެ. ކުރަން ވީކަމަކީ ލިޔުން ދީފަ ހުރި މީހުންނަށް ލިބޭނެ ކަމުގެ ގެރެންޓީ ދޭން ވީ.އޭގަ ފަހުގަ ޑޮކިއުމަންޓު ތަށް ރަނގަޅު ކުރާނީ. ބާރު އެބައޮތް ލިބިފަ. ޔާމިނު ކުނިނައްތާލަން ކުރިކަމަކީ ފުރަތަމަ ލާރި ނެގީކީނުން ،ފުރަތަމަ ކުނި ނަގަން ފެށީ ހުރިތަނަކުން ލާރި ދެއްކިޔަސް ނުދެއްކިޔަސް އޭގެ ފަހުގަ ލާރި.މާލެއިން މިގޮތަށް ކުނިނެގޭނެ ކަމަށް އަހަރެން ހީވެސް ނުކުރަން. ލޯނު ނަގައިގެން ފުލެޓު އަޅަނީ ރައްޔަތުންނަށް ދޭން އެހެން ވީމަ އެވާހަކަ ދައްކަން އަނެއް 3އަހަރު ބޭނުމެއް ނުވާނެ.

 11. ފްލެޓް އާދޭސް

  ދެން މިސަރުކާރުން ރައްޔިތުންގެ ޓެކްސްފައިސާ ޚަރަދުކޮށްގެ ފޮލެޓްކޮމިޓީއިން ކީއްމިކުރީ؟ މިފައިސާ އެމީހުން އަތުން އަތުލަންވީނު ޚިޔާނަތްތެރިވިކަމަށްބަލާފަ

 12. އައްލާބެއްޔާ

  މިސަރުކާރައްޔިތުންނައްއެއްވެސް
  ކޮއްދެއްވިފައެއްނެތް

 13. އާސިދާ

  މޮޅުވާހަކަ މިހާރު ވާވަރައް ދެއްކިއްކެދޯ...

 14. ސަރުދާރު

  ސަރުކާރުން ހިޔާ ފްލެޓް ދިނުމުގައި ލަސްތަކެއް ހުރި ކަމަށް ގަބޫލުކުރަން - ނަޝީދު މީގަ އުފެދެނީ ސުވާލެއް ސަރުކާރުން ހިޔާ ފުލެޓް ދިނުމުގައި ސަރުކާރަކުން ދެއްވާ އެއްޗަކައް ޖެހޭތޯ ރުފިޔާ ދައްކަން މީކިހާ ހެއްވާ ކަމެއްތޯ މިގޮތައް މާލޭގެ ހޮޓާތަކުން ސަޔާ ކާން ދެއްވާނޫންތޯ ކައިނިމިގެން ރުފިޔާ ދައްކާފައި ނިކުމެގެން މިއަންނަނީ އެވޭތޯ ހޮތަތަކުން ރައްޔިތުންނަސް ސައިދިންކަމައް ހީހީ ހަލާކް އަދިކިރިޔާ މިއިނގެނީ ސުޓެލްކޯންވެސް ކަރަންޓް ދެއްވަނީ ފެންކުންފުނިން ފެންވެސް ދެއްވަނީ ރުފިޔާ ދައްކަން ޖެހޭގޮތައް

 15. ކުރާށޭ

  ކޮރަޕްޝަންގެ ތުހުމަތު ކުރަނީ އަގު ވައްޓާލުމުގެ ރޭވުމެއްގެ ތެރެއިން ކަމަށް ފެނަކައިގެ ބޮޑޭ މެން ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭނެއޭ ވަގުންތައް ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނަށް ބައިތިއްބައިގެން އެމެން ސަރުކާރުގެ ޚަޒާނާ ދަވާލި ނަމަވެސް އެމެން އެއްބަހެއް ނުވާނެއޭ އެކަމުގައި މިހާރުން މިހާރަށް މުޅި ފެނަކައިގެ ބޮޑުން ތައް ބަދަލު ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

 16. ދަވަގާ

  މާލޭގައި އާންމު ރައްޔިތުން ދަތި ހާލުގައި ބޮޑެތި އަގުގައި ކުއްޔަށް އުޅޭ ކަން އެނގިހުރެ ރައީސް އިބޫ ވެރިކަމަށް އަައުމުގެ ކުރިން ބުނުއްވީ އެމްޑީޕީ ވެރިކަމަށް އައިސް މާލެ ސަރަހައްދުން ބިން ހިލޭ ބޭނުން ކޮންމެ މީހަކަށް ދޭނެ ކަމަށް އަދި އެގޮތަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އެވާހަކަ އަހުދު ނާމާ އެއްގެ ގޮތުގައި ލިޔެ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ރައްޔިތުން އަތުން ވޯޓް ހޯދައިގެން އެމެން ކުރި ކަމަކީ ވެރިކަމަށް އައިސް އިންޑިއާ އާއި ގުޅިގެން ކަޓް ޖައްސާ ސަރުކާރުގެ ޚަޒާނާއިން ވައްކަން ކުރުމޭ ތަމެން ތިޔާއީ ބޮޑެތި ވަގުންނޭ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ ވަގާ

 17. އެބަޖެހޭ

  ދަތި ދިރިއުޅުމަކުން ޒުވާނެއްގެ އާއިލީ ޒިންމާ އަދާ ކުރިނަމަވެސް އެކަން ސަރުކާރަށް ނުފެނެއޭ ސަރުކާރަށް ފެންނަނީ އިންޑިއާ މަސްވެރިން ރާއްޖޭގެ ކަނޑަށް ވަދެ ވަގަށް މަސްވެރިކަން ކުރުމުން އަވަހަށް އެމެން ބުރަކަށީގައި ފިރުމާލުމަށް ފަހު އެމެން ދޫކުރުމޭ ރާއްޖެ މިވަނީ އިންޑިއާގެ އަޅުވެތިކަމަށް ގޮސް ގައުމުގެ މިނިވަން ކަން އިންޑިއާ އިން ފޭރިގެންފައޭ ރާއްޖޭގެ ރައީސް ގެ މަގާމް ގައި ހުންނެވި ބޭފުޅަކަށް ވިސްނެނީ ރައްޔިތުން ބަނޑަށް ޖައްސާ އިންޑިއާ އާއި ގުޅިގެން ވައްކަން ކޮށްގެން ދައުލަތުގެ ޚަޒާނާ ދަވާލައިގެން އިންޑިއާ މެދުވެރިކޮށް ދިވެހި ރައްޔިތުން ބޮލަށް ބަޑި ޖަހައިގެންނާއި އަދި ވޯޓް އިން ވައްކަން ކޮށްގެން ވެރިކަން ދިފާއު ކުރުމޭ މީ ދިވެހިންނަށް ދިމާވެފައިވާ ބޮޑު މުސީބާތެއް ފަދަ ވެރިކަމެކޭ މިވެރިކަމުން އެބަޖެހޭ ރަައްޔިތުން ސަލާމަތް ކޮށްދެއްވާތޯ ދުއާ ކޮށް އެމަގުން މަސައްކަތް ކުރަން...

 18. ލޮސްޓް

  ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން ތައް ސްޕެޝަލީ ފެނަކަ ފަދަ ފައިދާ ނުވާ އަދި އޭގައި ވާނުވާ ނޭގޭ ފަހާފޮށީގެ ތިނޯހަށް ރޮދި ލެއްވުމުން މާސްޓަރސް ހަދައިގެން ތިބި މީހުން ފެނަކައިގެ ބޮޑުން ނަށް ލައިގެން ސަރުކާރުގެ މާލިއްޔާ އެތަނުގެ ބޮޑުން ތައް ދަވާލި ނަމަވެސް ރައީސް އޮފީހަށް އެކަމުގައި ކުރެވޭނެ ކަމެއް ކުރާނެ ކަމެއް ނޯންނާނެއޭ މިސަރުކާރުގެ ޒީރޯ ޓޮލެރެންސް އަކީ އެއީ ދައުލަތުގެ ޚަޒާނާ ދަވާލުމޭ އެއީއޭ އެކަން ހިންގަން ނެރެފައިވާ އަމުރަކީ ޔޫ ލޮސްޓް އަވަރ ޓްރަސްޓްދޯ...

 19. ނަސީދު

  ކަންކުރަން ނޭނގޭ ބަޔަކައް ވޯޓްދިނީމާވާނެ ހަކަންތައް މިދިމާވަނީ

 20. ސަންތި

  ޥޯޓު ލާ ދުވަސް ކައިރިވީ ދޯ

 21. އެމަންޖެ

  މިގައުމުގެ ހަލާކު ކެނެރީ ނަޝީދު.