10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބ.ފެހެންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ފަޒީލް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވާ ކަން އެރަށު ކައުންސިލުން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެރަށު ކައުންސިލުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ފެހެންދޫގައި 10 އަހަރުގެ ކުޑަ ފިިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްފައި 34 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 14:30 ހާއިރު އެވެ.

އަދި އޭނާގެ ބަންދަށް މިހާރު 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    މީ ކޮން ޕާޓީއެއްގެ މީހެއް؟ އެމް.ޑީޕީ ބާ؟ ޢެހެންނަމަ ޚަބަރުގައި ލިޔާނެ

    2
    2
  2. ޙިޔަލަ

    ޢަވަ ހަށް ފުރުވާލާ އޭރުން އެނިމުނީ ނު !!!ވަގުތަކީ މޑޕ ގެ ނޫ ހެއް

    4
    1
  3. ޥަތުކިބަ

    ޢޭ ބުރާންޗާ! އަންހެނުން ހާސްގުނަވާކަން ނޭންގޭތަ!

    1
    1
  4. ގެރި

    ވެލްކަމް ޓު ޖަޒީރާ ރާއްޖެ.. މިހާރު މި ނުވާނެ މައްސަލައަކަށް.. އޯގާތެރިކަމުންގޮސް މިކަންކަން ނުވާނެ މައްސަލައަކަށް

    3
    1
  5. ގެރިމަސް

    ރޭޕް ސަރުކާރު އިސްތިއުފާ

    3
    1
  6. ކިއުން ތެރއެއް

    އަންހެން ކަނބަލުން ވަޒީފާގަ

  7. ....

    Anhenun himaayah kureey