ސައްހަނޫން ލިޔެކިޔުން ހުށަހަޅައިގެން ވެހިކަލްތަކުގެ ރަޖިސްޓަރީ ބާތިލްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ވިދާޅުވީ، މިދިޔަ މަހު އިއުލާނު ކުރުމަށްފަހު، އިތުރަށް ބަލައި 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ.

އެ އޮތޯރީތިން މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު ވެހިކަލްތަކުގެ ރަޖިސްޓްރީ އާއި ގުޅޭގޮތުން އެ ބައެއް މައުލޫމާތު ސާފުކުރުމަށް ބޭނުންވާތީ، މިއުޅަނދުތަކުގެ ވެރިފަރާތުން ހާޒިރުވާން އެންގިއެވެ.

އަދި އެ މުއްދަތަކަށް ފަހު ދެ އުޅަނދެއް ފިޔަވާ ހުރިހާ އުޅަނދެއްގެ ރަޖިސްޓްރީ ވަނީ ބާތިލް ކޮށްފައެވެ.

އުޅަނދުތުގެ ރަޖިސްޓްރީ މައްސަލާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވަނީ ކުރެވިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤާސިމް

    ރަނގަޅަށް ބަލައިފިނަމަ މާލެގަ ދުއްވާ އުޅަނދުތަކުގެ ދެބައިކުޅަ އެއްބައިގެ ރަޖިސްޓަރީ ބާތިލުވާނެ. ނަހުލާއަށް ކެރޭނެތަ ބަލަން.

    15
    1
  2. ޖަނާޒާ

    ޖަނާޒާލިއުންބާޠިލް ކުރުމަކުން ނުފުދޭ! ކަންކުރިމީހުން ހައްޔަރުކުޜޭ !