ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ހުޅުވާލައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން އެތައް ބަޔަކަށް ދިން އިރު، އެ ލިއުމަކީ ޝަރުތު ފުރިހަމަ ނުވާ ނަމަ ބާތިލް ކުރެވޭ ގޮތަށް އޮތް ލިއުމެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ހިޔާ ފްލެޓުތައް ލިބުނު ކަމަށް ކުރީ ސަރުކާރުން ދޫކުރި ލިޔުންތަކާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރިފްއަތު ވިދާޅުވީ ފްލެޓު ލިބުނު ކަމުގެ ލިޔުންތަކުގައި ދައުލަތުގެ ނިޝާން ޖަހާފައިވީ ނަމަވެސް އެއީ ގާނޫނީ ގޮތުން އިލްތިޒާމެއް ނުވަތަ ހައްގެއް އުފަންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ލިޔުމަކުން ގާނޫނީ އިލްތިޒާމްތަކެއް އުފަންވާނީ އެ ލިޔުމުގައި ބަޔާންކޮށްފައިވާ ވާހަކަތަކުން ކަމަށްވާ އިރު، ލިޔުމުގައި ބާތިލް ކުރެވޭނެ ހާލަތެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކުރީގެ ސަރުކާރުގައި ދޫކޮށްފައިވާ ލިއުންތައް ބާތިލްކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ރިފްއަތާއި ހައުސިން މިނިސްޓަރު އަސްލަމް މިއަދު މަޖިލިހުގައި މަޝްވަރާ ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދައުލަތުގެ ނިޝާން ޖަހައި ލިއުމެއް ދޫކޮށްފައި އޮތަސް އެ ލިއުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފައްދާ ލިއުމަކަށް ވަނީ އެ ލިއުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންނާއި އިލްތިޒާމް ނުވަތަ ކުރުން ލާޒިމް ކަންތައްތަކަކުން ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"ފްލެޓް ލިބުނު ކަމުގެ ލިއުމަށް ބަލާއިރު އޭގައި އެބަ ބުނޭ ލިސްޓުގައި ހިމެނުނަސް ލިއުން ހަވާލުކުރެވުނަސް ފްލެޓް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ވާހަކަ. އަދި އެބަ ބުނޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ މީހަކު ދީފައިވާ މައުލޫމާތު ފްލެޓް ލިބުނު ކަމުގެ ޝަރުތުތަކާ ދިމާވޭތޯ ނުވަތަ ނޫނިއްޔާ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަލަން ޖެހޭނެ ކަންކަން އެބަހުރި ކަމަށް،" ރިފްއަތު ވިދާޅުވިއެވެ.

މީގެއިތުރުން އޭޕްރީލް 30، 2018 އާ ހަމައަށް 600 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސް އެއް ލިބިފައިވާނަމަ އެތަނެއް ސަރުކާރަށް ދޫކޮށްލަން އެއްބަސްވުން ފަދަ ކަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެ މަފިރިން ލިސްޓުގައި ހިމެނުނު ނަމަ، އެ ދެމީހުންގެ ދަރިން ތިބޭ ހާލަތެއްގައި ފްލެޓު ލިބޭނީ ދަރިން ބަލާ މީހާ އަށް ކަމަށާއި ދަރިން ނެތް ނަމަ ދެމީހުންގެ ހާލަތަށް ބަލައި ފްލެޓު ލިބޭ ފަރާތް ހައުސިން މިނިސްޓްރީ އިން ކަނޑައަޅާނެ ކަން ވެސް އެޓާނީ ޖެނެރަލް ރިފްއަތު ފާހަގަ ކުރެއްވިއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި ބައްދަލުވުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެ ލިޔުމަކީ "މުދަލެއްގެ މައްޗަށް މީހެއްގެ ހައްގު ގާނޫނީ ހަމަތަކުގެ މަތިން ދަލާލަތު ކޮށްދޭ ލިޔުމެއް ނޫން" ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.

"އެ ލިޔުމަކީ އެ ލިޔުމުގައި ބުނާ ޝަރުތުތަކަށް ބެލުމަށްފަހު އެއިން ޝަރުތެއް ފުރިހަމަނުވާ ހަލަތުގައި ބާތިލް ކުރެވެނެ އެއްޗެއް. އަދި އެކަމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު އެގޮތަށް ވިދާޅުވި އިރު، ކުރީގެ ސަރުކާރުން ފްލެޓު ލިބުނު ކަމުގެ ލިޔުން އެތައް ހާސް ބަޔަކަށް ދިނެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ފްލެޓު ކޮމިޓީއެއް އުފައްދައިގެން މައްސަލަ ބެލުމަށް ފަހު ކުރިން ފްލެޓު ލިބުނު ބައެއް މީހުންނަށް މިފަހަރު ފްލެޓު ނުލިބެއެވެ. އެހެންވެ، ގިނަ ބަޔަކު ދަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކުރީގެ ލިސްޓުތަކެކޭ އެއްގޮތަށް މި ލިސްޓުތަކާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުރި ނަމަވެސް ފްލެޓް ކޮމިޓީން ބުނަނީ މިފަހަރުގެ ލިސްޓުގައި ތިބޭނީ އޭރުގެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް މާކްސް ދީގެން ފްލެޓު ހައްގުވާ މީހުން ކަމަށެވެ. އަދި މިފަހަރު ފްލެޓު ހައްގުވާ މީހުންނަށް ފްލެޓު ނުލިބިވާ ކަން ގަބޫލު ކުރާ ކަމަށް ވެސް ފްލެޓު ކޮމިޓީން ކުރިން އޮތީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފިޔަވަޅު

    ބެކާރު ވަަހަކަ ނުދައްކާ ! އަހަރއމެންގެ ޝަރުތު ފުރިހަމަ ވެ. ލިޔުންވެސް އޮތީ ލިބިފަ.

    39
    • ބަކަރި

      މި އެއްޗެހިންނަށް ނޫން ބަޔަކަށް އެއްޗެއް ލިބޭކަށް ހިތެއް ނޭދޭނެ

  2. ލާމު

    ދެން ޝަރުޠު ފުރިހަމަވާ މީހުންގެ ފްލެޓް އަތުލެވޭނެތޯ؟ އެ ކަމަށް އެއްޗެއް ވިދާޅުވެ ދެއްވާ.

    33
  3. ޖަނާޒާ

    ތިޔަގޮތަށް ބާޠިލްކުރެވޭގޮތަށް ކިތައްކަންތައްއޮންނަނީ! ކޮންކަމެއް ބާޠިލްކުރެވެނީ! ހަމަ ފްލެޓާ ކުޅެގަތީ!

    30
  4. Anonymous

    ރައްޔިތުންގެ . މަޖުލީހަށް.. މިކަމާ ..ގުޅިގެން..ދޔަ ..ވަޒީރުންނާ.. ސިޓީކައުންސިލް..މޭޔަރ . އަދި އެޓާނީ ޖެނެރަލް އަދި ..އެހެނިހެން..ފަރާތްތައް . ޥެސް..ކުރިކަމަކީ .. ރައްޔިތުން..ކުއްވެރި..ކުރީ .. ރައްޔިތުންނަށް.. ކަމެއް ނުކޮށް..ދެވުނު ..ތަނުގައި .. ރައްޔިތުންގެ .. ވަގުތު..ނަގާ ނުލާ. ..ނުކޮށް...ދޭނަމޭ..ބުނުން..މާ ..ރަނގަޅުވާނެ. ޤާނޫނު ނުއެނގި ގެނެއް ރައްޔިތުން ނޫޅެ .

    35
  5. ޙައްވަ

    ސަރު ކާރުގެ ސިއް ކައަ ކީ ބަންޑާރަނައިބައް އެއްވެސް އެއްޗަ ކަށްނުވި

    38
  6. ޙހހހ

    ސަރުކަރު ބަދަލުވީމަ ރަސްމީލިޔުންތައް ބާތިލް ވާނެތަ ، މޮޔަވާހަކަ ނުދައްކަވާ

  7. ނަައީމް

    ރިފުއަތޫ ކަލޭ އައުގުރާނަ ނުގޮވާ ތިފަދަމަގާމެއްގަ ހުރެގެން ނިކަމެތި ރައްޔިތުންނައް އެއްޗެއްލިބެން ފެށީމާ އެލިބުނަނުދެން ހާދަހާ ވަރެކޭ ކަލޭތިކުރަނީ ކަލެއްއްމަދު ވެދާނެތީ ބަލަ ތިވާހަކަ ކީއްވެތަ ތިކިަންކުރުމުގެ ކުރިން ނުދެއްކީ

  8. އިންސާފުގެދަތުރު

    އެމް.ޑީ.ޕީ ސަރުކާރުން ހާލަތު ބަލަން އައިރު އިތުވެފައިވާ ދަރިންނަށް ވެސް ޕޮއިންޓް ދިނުމުގައި އިހުމާލު. ސޯލިހުގެ ދައްތައްއަށް ޕޮއިންޓް ދިނުމުގައި އެމް.ޑީ.ޕީ ސަރުކާރުން ބެލި މިންގަނޑު ދިވެހި ރައްޔިތުންނަށް އެގެން އެބަ ބޭނުންވޭ! މިކަން އެގޭނެ މީހަކު ހުރިނަމަ ކޮންމެޓެއްގެ ގޮތުގައި ލިޔެލަ ދިނުން ވަރަށް މުހިއްމު؟ ސޯލިހުގެ ދައްތައް ބަލަން ޖެހިފާއިވާ ދަރިންގެ ޢަދަދު އަދި 18 އަހރު ނުފުރޭ ދަރިންގެ މައުލޫމާތު ވެސް އެބަ ބޭނުންވާ؟

  9. ދިވެހިދަރިއެއްގެއާދޭސް

    ރާއްޖޭގެ އެކިބަލިބައްޔަށް ފަރުވާ ކުރަމުންދާ ވަރށް ނާޒުކު ތުއްތު ކުދިންގެ ހައްޤު ނިގުޅައިގަތުން އެއީ އެފަދަ ކުދިންގެ މައިންބަފައިންނަށާއި، އެފަދަ ކުދިންނަށް މިސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއް. މިއަނިޔާ ދިން ފަރާތަކަށް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން؟ މިފަދަ ކުދިންގެ ހައްޤުގައި ވަކާލުތުކޮށް ދިނުމަށް އެދި ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި އެންމެހާ ފަރާތަކަށް ގޮވާލަން؟ މިފަދަ ކުދިންނަށް އެކަށީގެންވާފަދަ މާހުލެއްގައި ބޯހިޔާކަން ހޯދުމަށްޓަކައި އެފަދަ ކުދިންގެ ހައްޤުގައި މައިންބަފައިން ވާ ޤުރުބާނީގެ އަދޭސް މިއީ! މިއަދު އެފަދަ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކުރަންވީ ކޮވިޑު19 އިން ނޫން! އެފަދަ ކުދިންނަށް އުފާވެރިކާއެކު ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަން ކަށަވަރުކުރުން ވަރަށް މުހިއްމު.

  10. އަދުލުއިންސާފު

    މިރާއްޖޭގެ ބޮޑެތި ބަލިތަކުގައި ފަރުވާ ކުރަމުންދާ އެތައް މައުސޫމު ތުއްތުކުދިން އެކަށީގެން ނުވާވަރުގެ ކުޑަތަންކޮޅެއް މާލޭގައި ދިރިއުޅެން އުޅެން ވަނީ މަޖުބޫރުވެފައި. މިކަހަލަ ކުދިންގެ ލިބެން އަސާސީ ހައްޤެއް ކަމުގައި ބޯހިޔާވެކަމުން މިސަރުކާރުން ވަނީ ނިގުޅައިގެންފައި. މިހައްޤުތައް ހޯދުމުގައި ވަކާލާތު ކޮށްދެއްވުމަށް އެދި އިދިކޮޅު ކޯލިޝަނުގެ އިސްފަރާތަކަށް ގޮވާލަން. އަދި މިފަދަ ބޮޑެތިބަލިތަކުގައި ބޭސްފަރުވާ ކުރަމުންދާ ކުޑަކުދިންނަށް ލިބިފައިވާ ބޯހިޔާވެހިކަން ހައްޤުން މަހުރޫކުނުރުމަށް އެދި ސަރުކާރަށް އިސްފަރާތަކަށާއި ރައީސް ސޯލިހު ގޮވާލަން.

  11. އަބްދޫ

    ސަރުތު ފުރިހަމަވާކަން ބެލެވޭނީ ފްލެޓް އިއުލާން ކުރެވެޭ ތާރީހްގަނުވަތަ ސަރުތު އިއުލާން ކުރެވޭތާރީހްގަ ބެލެވޭ ބެލުންތަކަށް އެކަނި.ޢޭގެ 3 އަހަރު ފަހުން ބަލާ ބެލުންތަ އް ކުރީގެ ބެލުންތަކާ ހާސްބައި ތަފާތުވާނެ.ޢަދި ،މީގެ 3 އަހަރު ފަހުން ބަލައިފިނަމަ މިހާރު ފްލެޓް ތިޔަ ދެއްވާ އެކަކަށް ވެސް ސަރުތު ފުރިހަމަ ނުވާނެ.ޥީމާ ޔާމީނުގެ އިރު ބެލިބެލުން ރިވައިންޑްކުރެވޭފަދާ ވީޑިއޯ އެއް ނެތުމާއެކު ކުރީގެ ހައުސިން މިނިސްޓްރީން ދޫކުރި ފްލެޓް ތަކަށް ސަރުތު ހަމަނުވާކަމަށް ބަލާ ލިއުންތަޢް ބާތިލް ކުރެވޭނެ ހަމައެއް އޮންނާނެ ކަމަކަށް ނުދެކެން

  12. ތުނިޔަ

    އޭނަހީކުރީ އެއީ އޭނަގެ ގޭބަދިގޭން ދޫކުރިއެއްޗެއްކަމައް ބަލަ އަހަރެމެންނައްވެސް އެނގޭ އެއްބަސްވުމެއްގަ ސޮއިކުރަންޖެހޭނެކަން އެއެއްބަސްވުމަކީ ފްލެޓުހަވާލުކުރާއިރު ކަލޭމެންހަދަންޖެހޭ އެއްޗެއްކަން އޭތިމިހާރުއެގޮތްމިގޮތައް އަނބުރައިގެން ތިޔައުޅެނީ ހުރިހާފްލެޓްތައްކައްވާލައިގެން

  13. Anonymous

    ބާތިލު ނޫން އެއްޗެއް މީނަ އަނގައިން އާދޭތަ.. ފުލެޓުތައްވެސް ކައި ހުސްކޮށްފި

  14. އަބްދޫ

    ސައްހަ ބެލުމަކަށްވާނީ ފުރަތަމަ ސާފުކުތެވޭ މައުލޫމާތު.ދިރިއުޅުމުގެ ހާލަތު ބެލެވޭނީ ފޯމް ހުށަހަޅާ އިރު ހުރި ހާލަތަށް.ޥީމާ ރަނގަޅުވާނީ އޭރުގެ ރިއާޔަތް.2 އަހަރު ފަހުން ބޮޑުބަދަލެއް ދިރިއުޅުމުގެ ހާލަތަށް އަންނާނެ.މީގެ 3 އަގަރުފަހުން ބަލައިފިނަމަ ހާލަތު ބޮޑުތަނުން ބަދަލުވާނެ.ޥީމާ ގެޒެޓް ކުރި ލިސްޓަށް ދޫކުރި ލިއުން ބާތިލް ކުރެވޭނެ ސަބަބެއް އެބައޮތްބާ

  15. އަހްމަދު

    ރިފްއަތަށް ހަމައެންމެ ސުވާލެއް އަނދުންހުސެއިންގެ ދައްތައަށް ފުލެޓްދިނީ ޝަރުތު ފުރިހަމަވާތީތޯ؟؟؟

  16. މިތެދެއް؟

    ތިޔަހެން ފުއްޕާފަ ކިތައް އެއްބަސްވުންތޯ ބާތިލް ކުރީ!! އެކަމަކު ދުވަހަކުވެސް ކޯޓުން މޮޅު ނުވޭ، ސަރުކާރުން ބަދަލުދޭންޖެހިފައި އޮންނަނީ. ތި ލިޔުމަކީވެސް ސަރުކާރުގެ ރަސްމީ ލިޔުމެއް، އެހެންކަމުން ތި ލިޔުމަކީ ސައްހަ އެއްޗެއް ކަމިގައިވާނަމަ، ފްލެޓް ދޭން ޖެހޭނެ. ތި ލިޔުމުގައި ނެތް ފަހުން ޝަރުތު ހަމަ ނުވެއްޖެޔާ އަތުލާނެކަމަކަށް. ޤާނޫނީ ދާއިރާއިން ކިޔަވާގެން މާހިރުވެގެން، ވާނުވާ ނޭގޭ، ތާކުންތާކުން ނުޖެހޭ ވާކަހަ ނުދައްކާ.

  17. ވަކީލެއްގެ ދުލުން

    ޝަރުތު ފުރިހަމަވާ މީހުންގެ ފްލެޓް އަތެއް ނުލެވޭނެ. ދައުލަތާއި އާންމު ރައްޔިތުމީހާ އާއިމެދު އެއްބަސްވުމެއް އުފެދިފައި އޮއްވާ އެއްވެސް ޖާއިޒު ސަބަބެއް ނެތި އެ އެއްބަސްވުން އުވައެއް ނުލެވޭނެ. ފަހުން އުފެދޭ ސަރުކާރެއްވެސް އެ އެއްބަސްވުމަށް އިހްތިރާމްކުރަން ޖެހޭނެ. ޖާއިޒު ސަބަބެއް ނެތި ފްލެޓް އަތުލާނަމަ އޭގެ ސަބަބުން ރައްޔިތު މީހާއަށް ލިބޭ މާލީ އަދި ނަފްސާނީ އަދި އިޖްތިމާޢީ ގެއްލުމުގެ ބަދަލު ދައުލަތުން އެފަރާތްތަކަށް އަދާކޮށްދޭންޖެހޭނެކަމަށް ދެކެން. ޝުކުރިއްޔާ ޤައުމު.

  18. ޔަންޓޭ

    ކޮސްނުގޮވާ!! ލިޔުން ދީފައޮތީ ޝަރުތު ހަަމަވީމަ. ރައީސްކަން މިކުރަނީ ޝަރުތު ހަަމަނުވާނަމަ ރައްޔިތުން ނުކުމެ ވަކިކުރަން އަރުވާފަ ހުރި މީ ހެއްތަ؟؟

  19. ާއިސްމާއިލް

    ޝަރުތު ފުރިޙަމަ ވީތީ ދޯ ލިޔުން ދީފައި އޮތީ. ބަލާ ވެރިކަމެއް މިއޮތީ 😡😠

  20. އަބްދޫ

    އެލިއުން ބާތިލް ނުކުރެވޭނެ.ެ އެލިއުން ދޫކުރީ ސަުރުތު ފުރިހަމަވާތީ.ސަރުތު ހަމަވާ ސަބަބުތައް 1 އިއުލާން ކުރި ހުރިހާ ސަރުތު ފުރިހަމަވާކަން ސާބިތު ކޮށްދޭ ލިއުންތަކާއެކު ފޮޯމް ބަލައިގަތުން. 2 ދިރިއުޅުމުގެ ހާލަތު ބަލަންޖެހޭނީ ފޯމްދުކުރުމާ ފޯމްބަލައިތުން ނިމޭ ދުވަހާއިދެމެދު އެމިހާގެ ހާލަތު ދައްކާ ގޮތަށް ކަމަށްވާތީ.3 ދިރިއުޅުމުގެ ހާލަތަ ގުޅޭ މައުލޫމާތު ފޯމްބަލައިގަތުން ބަންދުވި ދުވަހާއި ހަމަޔަށް ބަލާ ޕޮއިންތްދީފައިވުން. 4 ދަވްލަތުގެ ރަސްމީލިއުމަކަށްހަދާ ގެޒެޓް ކޮށް ލިއުން ދީފަ ހުރުން. 5 ދިރިއުޅުމުގެ ހާލަތު އަންގައިދޭ ވީޑިއޯއެއް ނެތުމާއެކު އޭރު ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓްދީފައިވަނި ރަނގަޅަށް ނޫންކަން ސާބިތު ކުރެވޭފަދަ ހެކިތަކެއް ނެތުން. 6 އިންސާނާގެ ދިރިއުޅުމުގެ ހާލަތަކީ އެއްދުވަހު މަތިވެ އަނެއްދުވަހު ދަށްވެ ހުންނަ ގޮތަށް ބަދަލުވަމުންދާކަމަކަށް ވާތީ ކުރިން ދިންޕޮއިންޓް ބަދަލު ކުރެވިދާނެ ގޮތެއްނެތުން. މިހިރަ ސަބަބުތަކައެކު ފްލެޓް ލިބުނު ކަންއަންގަ ދޫކުރި ލިއުންތަކާ ފްލެޓް ލިބުނު މީހުންގެ ލިސްޓް ބާތިލް ނުކުރެވޭނެ. މިހާރު ތައްޔާރު ކުރި ލިސްޓަށް ފްލެޓް ދިފިނަމަ ނުކުންނަ ހަމަނުޖެހުންތަކުގެ ޒިންމާ އެކަންކުރިބަޔަކު އުފުލަންވާނެ.