ޗައިނާއިން ރާއްޖެއަށް އިތުރު އެއްލައްކަ ޑޯޒް ވެކްސިން ދޭން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒު ދޭން ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ، ޗައިނާއިން އިތުރު އެއްލައްކަ ޑޯޒް ވެކްސިން ދޭން ނިންމާފައިވާކަން ސަފީރު ހާމަކުރައްވާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާއިން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ސައިނޯފާމް ވެކްސިނެވެ.

ޗައިނާއިން ރާއްޖެއަށް އިތުރު އެއްލައްކަ ވެކްސިން ޑޯޒު ދޭއިރު، މިވަގުތު ރާއްޖޭގައި އަންނަނީ އިންޑިއާގެ "ކޮވިޝީލްޑް" ވެކްސިން ބޭނުން ކުރަމުންނެވެ. މިއީ އެގައުމުގެ ސަރުކާރުން ހިލޭ އެހީގެ ގޮތުން ރާއްޖެއަށް ހަދިޔާ ކުރެއްވި ދެެލައްކަ ޑޯޒް ވެކްސިން ޑޯޒެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސާހިދު ޗައިނާގެ އެހީޔާހަވާލުވާއިރު ސާހިދުގެ އަތްވިހަނުވޭތޯ ކޮބައިތޯ ކާޕެޓު

  2. ޖަނާޒާ

    ހިބަރުވަދު! ޗައިނާއިން ހަމަ ޔަޤީނުންވެސް ނުދޭނެ!

  3. އަޑަފި

    ތިޔައީ ވެކްސިން ޖަހަން ރާއްޖެއިން ހުއްދަ ލިބޭނެހެނެއް ހިއެއްނުވޭ މޮޑީ ރުޅިއަތުވެދާނިީ.