ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން އާއްމުންގެ އެކުވެރި ގުޅުމުން ނެގި ވޯޓްގައި ބައިވެރިވި 1800 އަށްވުރެ ގިނަ މީހުންގެ ތެރެއިން %91 މީހުން މިނިސްޓަރ އަސްލަމަށް އިތުބާރު ނުކުރާކަމަށް ބުނެފިއެވެ.

ދެދުވަހުގެ މުއްދަތައް އާއްމުންގެ ޖަމިއްޔާ އިން ޓްވިޓާ އާއި ވައިބާގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓްގައި ޖުމްލަ 1854 މީހުން ބައިވެރިވިއެވެ. އޭގެތެރެއިން 1689 މީހުން އެމީހުން މިނިސްޓަރ އަސްލަމަށް އިތުބާރު ނުކުރާ ކަމަށެވެ. މިނިސްޓަރ އަސްލަމަށް އިތުބާރު ކުރާކަމަށް ބުނީ އެންމެ 165 މީހުންނެވެ. އެއީ ވޯޓްގައި ބައިވެރި މީހުންގެ ތެރެއިން އެންމެ %9 މީހުންނެވެ.

މިނިސްޓަރ އަސްލަމަށް އާއްމުންގެ އިތުބާރު އޮތްތޯ ބަލަން އާއްމުންގެ ޖަމިއްޔާ އިން ވޯޓެއް ނެގީ ކުރީގެ ސަރުކާރުން އެޅި ހިޔާ ފްލެޓް މިސަރުކާރުން ބަހާލި ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އައިސްފައި ވަނިކޮށެވެ. އަދި ކުރިން ފްލެޓް ކަށަވަރުވެ އެކަމުގެ ލިޔުން ވެސް ލިބިފައިވާ އެތައް ހާސް ބައެއްގެ ފްލެޓް ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން "ގެއްލިފައި" ވަނިކޮށެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް ދެއަހަރާއި ބައި ވެފައިވާއިރު އަދިވެސް ސޯޝަލް ހައުސިންގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުފެށޭތީ ވެސް އަސްލަމަށް ވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔަން ފެށުމުން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އަސްލަމާއި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުހައްމަދު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަސްލަމާއި ތޯހާ ވެސް ވަނީ ފްލެޓްތަކާއި ގުޅިގެން ނިންމާފައި ހުރި ނިންމުންތައް ދިފާއު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބޯ ހަލާކު

  މަ ވެސް ނުކުރަން

 2. ޖާނޭ

  މިނަށްވުރެ ބޮޑަށް ދޮގުހަދަންވީމަ ކިހިނެތް އިތުބާރު ކުޜާނީ.

 3. އެނަދާ

  ރައީސް ސޯލިހުގެ އެންމެ ބޮޑު ވެއްޓުމަކީ އަސްލަމް އަދި މަލީހު މެންކަހަލަ ނަތީޖާ ނުނެރެވޭ ކަންނެތް މިނިސްޓަރުންނާހެދި.

  7
  1
  • ނުރަބޯ

   ޚުދު ރައީސް ޞޯލިޙަކީވެސް ފެއިލިއަރެއް.

 4. ކޮޔާވޭ

  އެހެން ބުނެވޭނެނޫންތޯ މީނާޔައް ހީވާކަހަލަ މިގައުމުގަވާހާ ބިމަކާ ފަޅަކާ ފަރުތަކަކީ އަމިއްލަ މިލް ކިއްޔާތެއް ހެން އަޅުގަނޑުމެންގ ރައްތަކުގެ %30 ޕަސެންޓް ބިންތައް ވިއްކާލީމަ ކާފަދަރިން ވަންނާނީ ކޮންތާކައްތޯ އަޅުވެތި ކުރުމުގެ ސަޔާސަތް ހީވަނީ މިސުރުން ކިޔަވައިގެން އައިމީހެއްގެ ދަރިވަރެއްހެން

  11
 5. ސަގަރު

  ތި ހުސް ޕިޕިލާ ކުދިން.

  1
  5
 6. ބަކަރި

  މަގޭ ފުލެޓު ގަނޑުގެސް ކާލީ.. ފިރުއައުނު ސަރުކާރު އިސްތިއުފާ

 7. މައި

  ފުލެޓު ވަގު އިސްތިއުފާ

  10
 8. ސައުޝާދު ޒަމީރު

  މި އަނިޔާވެރި ސަރުކާރުގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާތޯ ދުޢާ ކުރަން

  11
 9. ޒަރީރު

  ކަމުނުދާބެ.. 4 ލައްކަ ކަރަޕްޓް ފޯނުބިލް.

 10. ޖަނާޒާ

  180000 މީހުންގެ މެދުގައި ނެގިޔަސް ، ނިކުންނާނީ ހަމަ ތިޔަ ނަތީޖާ! ، އަދުބުއްރަޙީމުގެ މެތަެޓިކްސްއިން ފެންނަނީ 180/10 ( އެއްލައްކައައްޑިހާސް) އަސްލަމް # ފެއިލް

 11. މާޅޮސް

  ޖާނުން ބޮޑު އަނގަފަތަރާސީ އަކަޔަންބޯ މާޅޮހަކަށް އިތުބާރުކުރާނީ ކާކު؟ އެމީހަކު ހުރިއްޔާ އެމީހަކު ވާނީ އެ ވައްތަރު މީހަކަށް.

 12. ސައްލި

  އެމްޑީޕީ ގައިތިބި ސިޔާސީ މީހުންނަކީވެސް ކޮރަޕްޓު ބަޔެއް، ސިޔާސީ މީހުންނަކީ ވަފާތެރި ކެހިވެރިން އަބަދުވެސް އެމީހުންގެ ކަމަކި ރައްޔިތުންނަށް ލަޑު ދިނުން !

 13. ާައަހުމަދު

  ކުރީގެ އެމްޑީޕީ ސަރުކާރުގަވެސް ހައުސިންގ މިނިސްޓަރ ކަންކުރި އޭރުވެސް ގެންގުޅު ގްރޫޕް ގޮވައިގެން މިހާރުވެސް އެއުޅެނީ، އޭރުވެސް ހަމަ އެއްކަމެއްވެސް ނުކުރެވުނު، އަދި ހާއްސަކޮއް މާލޭ ދާއިރާއަށް އެއްކަމެއްވެސް ނުކޮއްދޭ، މިހާރުވެސް އެބަލަނީ ރަށުގަ އެއަރޕޯޓް އަޅައިގެން ގެސްޓްހައުސް ވިޔަފާރި ކުރެވޭތޯޔޯ. އޭނަޔަށް އިތުބާރު ކުރަނީ ބުރޯ ގްރޫޕް އެކައްޏޯ. އެއީތެދެއްތޯ؟

  5
  1
 14. ބޭބެ

  ފުލެޓް ވަގު އިސްތިއުފާ!! ކިނބޫ އިސްތިއުފާ!! ވަކަރުގޭގެ ރައިސް އެލެކްސް އިސްތިއުފާ!! ޖަނަވާރުކޮށީގެ ސޭކު އިމްރާނީ އިސްތިއުފާ!! އެމްޑީއެންގެ ގުންޑާއިން ކަމުގައިވާ ހަމީދު، ޝަމީމު، ނޫޝީނު އިސްތިއުފާ!! ކޯޓްތަކަށް ނުފޫޒް ފޯރުވައިގެންއުޅޭ ޖޭސްއީ ގައި ތިބި ވަކަރުގޭގެ މީހުން އިސްތިއުފާ!

 15. ސސ

  އަސްލަމް އާއި އަކުރަމް ޕުލޭން ކުރަނީ މުޅިންވެސް މަލެ މީހުނަށް ފައިދާ ހޯދަދޭން، އަތޮޅުތަށް ތަރައްޤީ ނުކޮށް، ގޯތި ވެސް ރައްރަށުން ނުދީވޭތޯ ބަލަނީ !

 16. ނަސީދު

  ރައްއިތުން އެބުނީ އަސްލަމް އިސްތުފާދެއްވާށޯ މަމީ އަސްލަމް ނަމަ އިސްތިއުފާދޭނަން ލަދުންވެސް ނުހުންނާނަން

 17. ޢީސަދަރި

  މާގިނައިން އިތުރުފުޅު ހައްދަވަނީ

 18. ނަސީދު

  މިހެންމިދިމާވަނީ ރައްއިތުންގެ ވެސް ސަބަބާހުރެ ކޮންމެ ވޯޓަކާދިމާވާއިރައް ރައްއިތުންބޭނުންވޭ 500 ރުފިޔާ ކޮންމެވޯޓަކައް އެހެންވީމާ ވާނީވެސް މިހެން، ރައްއިތުން އެބަޖެހޭ އެންމެ ގާބިލުމީހާ ހޯދާފައި ވޯޓްއަޅަންދަސްކުރަން އޭރުން ދެންއޮތިީ ރައްއިތުންނައްވެސް އަދި ގައުމައްވެސް ކުރިއެރުމެއް

 19. އަބްދޫ

  ވަރަށް ނަގަބިލް މީހެއް.އަވަހަށް އިސްތިއުފަދީ .ގައުމަށް ބޭނުމީ ރައްޔިތުންގެ ވިސްނުމުގަ ތިއްބަވަ ގަބިލް މީހުން . ކުރިން އައިފަހަރުވެސް ނާގާބިލް މިފަހަރު މީނައަށް މިތަން ނުދީ ކުރިން މިތަންދެންއުލުނު މީހާއަށް ދިންނަމަ މިހެން ނުވީސް.

 20. ދަރަނި ދަންތުރަ

  ތިއީ މިނިސްޓަރ އޮފް ބުހުތާން ކުރެވުނު ކަމެއްވިއްޔާ ކޮށްފައިވަނީ އަނގައިން އަތުން ފައިން ހަމަ އެއްކަމެއްވެސް ނުކުރެވޭނެ

 21. ދަރަނި ދަންތުރަ

  މި މީހުން ވެރިކަމަށް ޢާޢި ރައްޔިތުންނަށް ކަމެއްކޮށްދޭކަންނޫން ގައުމު ދަވާލަން އެކަން ކޮށްފި ރީނދޫ ގުރޫޕު ބާރަށް އަތްޖަހާ

 22. ޓިޕިކަލް ދހިވެހިން

  ދިވެހިންނަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. ޥެރިން ކުރާ ހުރިހާކަމަކަށްވެސް ފާޑުކިޔާނެ. ޓިވަރު ނުކޮށް އަމިއްލަޔަށް ޤައުމަށް ޚިދުމަތް ކުރަންވީނު