ހއ. ބާރަށުން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ހޯމް ކަރަނޓީންގައި ތިބި ނުވަ މީހަކު ބާރަށުން މިދިޔަ ހޯމަ ދުވަހު ކޮވިދަށް ފައްސިވިއެވެ.

އަދި އެމީހުންނާއި ބައްދަލުވި އިތުރު ހަތަރު މީހަކު މީގެ ދެދުވަސް ކުރިން ފައްސިވެފައި ވެއެވެ. ފަހުން ފައްސިވި ހަތަރު މީހުންނަކީ ކަރަންޓީން ނުވެ މުޖުތަމައުގެ ތެރޭގައި އުޅެމުން ދިޔަ މީހުންނެވެ. ބާރަށުން ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސް ފައެވެ. އެރަށަށް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ.

ބާރަށު ކައުންސިލުން މިރޭ ވިދާޅުވީ އެރަށުން އިއްޔެ ނެގި 150 ސުންކުތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ސުންކުތަކުން ނުވަ މީހަކު ކޮވިދަށް ފައްސިވެފައިވާ ވެފައިވާ ކަމަށެވެ. އެ މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ބާރަށުން ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެރަށުން މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު ހަތަރު މީހަކު ފައްސިވެފައެވެ. ބާރަށުން ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ގާތުން ބައްދަލުވި މީހުންގެ ސުންކާއި ވަކި ތަރުތީބެއް ނެތި ރަށުތެރެއިން ސުންކު ނެގުމުގެ މަސައްކަތް ވެސް މިހާރު އެރަށުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ބާރަށަކީ ވަރަށް ރީތި ރަށެއް މާތް ﷲ ބާރަށުގެ އަހުލުވެރިން ބަލި މަޑުކަމާއި ތަދު މަޑުކަމުން ސަލާމަތް ކުރައްވާށި !