މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 167 މީހަކު ކޮވިޑް-19: އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 135 މީހުން ފައްސިވީ މާލެ އިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 17 މީހުން، އަދި ރިސޯޓްތަކުން 15 މީހުން މިއަދު ފައްސިވިއެވެ.

ރާއްޖެއިން އިތުރު 7،712 މީހުން މިއަދު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ވެއެވެ. މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ.

މިއަދި ވެކްސިން ޖެހި 7،712 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 137،124 އަށް އަރާފައެވެ.

މިއަދު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުތަކުގައެވެ. އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 4144 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 3568މީހުންނެވެ.

އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 52،233 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 84،891 އެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި ދެ މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޭކް

    ވެކްސިން ޖަހާވަރަކަައް ކޯވިޑް ގިނަތަވަނީ. އަރަތެއްމީ 🤦‍♀️🤔🤷‍♀️

  2. ޛިިނު

    ޢެމްޑީ ޕީ ބޭނުންގޮތައަ ކޮވިޑު އެންމެނާ ގާގަ ޖައްސާ ހުސްކުރަނީ.

  3. އއއ

    މުޒާހަރާދުވަސް ދޯ