ހއ.އަތޮޅުގެ މައުލޫމާތުތައް "ވަގުތު" ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް "ވަގުތު ހޭރިޔާ" ދަތުރަށް ހއ.އަތޮޅަށް މިރޭ ފުރައިފިއެވެ.

މިރޭ ހއ.އަތޮޅަށް ފުރި "ވަގުތު" މުވައްޒަފުންގެ ތެރޭގައި މެނޭޖްމަންޓްގެ ބައެއް ބޭފުޅުންގެ އިތުރުން ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި އެކު ޖުމްލަ 16 މުވައްޒަފަކު ހިމެނެއެވެ. "ވަގުތު" މުވައްޒަފުން ފުރަތަމަ ދިއުމަށް ހަމަޖެހިފައި ވަނީ ހއ.ދިއްދުއަށެވެ. މުވައްޒަފުން މަސައްކަތް ފަށާނީ ދިއްދޫގައި 10 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހުއެވެ.

ހއ.އަތޮޅަށް "ވަގުތު" މުވައްޒަފުން ކުރާ "ހޭރިޔާ" ދަތުރުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނެއެވެ. މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކޮށް ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކާއި، ރަށްރަށުގެ އާންމު ހާލަތާއި، ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކާއި، ރަށްރަށުގެ ތާރީހާއި އަދި މިނޫނަސް ހއ.އަތޮޅާއި ގުޅޭ ހާއްސަ ކަންތައްތައް "ވަގުތު" ކިޔުންތެރިންނަށް ގެނެސްދޭނެއެވެ.

މީގެ އިތުރުން ހއ.އަތޮޅުގެ ހުރިހާ ފަޅުރަށަކަށް ވެސް "ވަގުތު" މުވައްޒަފުން ޒިޔާރަތްކޮށް އެރަށްރަށުގެ ފޮޓޯ ނަގައި، ރަށްރަށާއި ގުޅޭ ގޮތުން ލިބެން ހުރި މައުލޫމާތައް ޑޮކިއުމެންޓް ކުރާނެއެވެ.

"ވަގުތު ހޭރިޔާ" ގައި އެއްވެސް މައުލޫމާތެއް ގެނެސްދިނުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ނުވަތަ ފަންނުވެރިންގެ މައުލޫމާތެއް ހިމަނަން ބޭނުންވާނަމަ އެފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. "ވަގުތު" އިން މައުލޫމާތުދޭ ގޮތުގައި 7999681 އަށް ގުޅުމުން "ވަގުތު" ގައި ރިޕޯޓް ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

"ވަގުތު" މުވައްޒަފުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން ޖަނަވަރީގެ ނިޔަލަށް އައްޑު އާއި ފުވައްމުލަކަށް ވެސް "ހޭރިޔާ" ދަތުރެއްކޮށް އެދެސިޓީގެ ގިނަ މައުލޫމާތުތަކެއް ކިޔުންތެރިންނަށް ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ♥️

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  2. ޓަކަފިރޯށި

    މިފަހަރު ކޯޗެކޭކިޔާފަބާ ރިޕޯޓު ލިޔާނީ؟ ކުރީފަހަރު އައްޑުއަށް ގޮސް ހަރުކަށިފިކުރޭ ކިޔާފަ ރިޕޯޓު ލިއުނީ! އައްޑޫގަ ހިންގަމުންދާ މިގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ގެއްލުންވާ އެއްވެސް ކަމެއްގެ ވާހަކައެއް ރިޕޯޓަކު ލިޔާކައްނުކެރުނު! މަރުހަބާ ވަގުތު "ހޭރިޔާ" ޓީމަށް އަދި ވަގުތު އެޑިޓޯރިއަރަށް ވ.ސަލާން! ރަނގަޅު ވިޔަފާރި ދަތުރަކަށް އެދެން!

  3. 2 ވަނަ ފޭސް

    ހުޅުމާލޭގެ ދެވަނަ ފޭސް ދައްކާލުމެއް ނެތްތޯ؟ ދޭތެރެދޭތެރެއިން މަދުން ނަމަވެސް ޢާންމުންދާތަން ފެނޭ.

  4. Anonymous

    ނައިސް 👍👍👍☺️☺️☺️

  5. މޯޑު

    ދިއްދޫގަ އުޅޭން ސިޔަސީ ކަންކަމުން ދުރަށް ގޮއްސީމޭ ކިޔައިގެން އުޅޭ ނަމަވެސް ދުރަށް ނުދެވިފަ ހުރި މީހެއް. ކުލަ ބަދަލު ކުރާ ބޯވައެއްހެން މާގިނައިން ކުލަ ބަދަލު ކުރަން ޖެހުނީމަ ލަދުން އަމިއްލެއަށް ސިޔާސީ ކަންކަން ހުއްޓާލީއޭ ކިޔައިގެން އުޅޭނި. މިހާރުވެސް އެކަމް ޕާޓީ ޕާޓީ ކިޔއިގެން ސްޓޭޓަސް ޖަހާނެ، ހަޖަމް ކުރުމުގަ މައްސަލަ އުޅޭނެ، އަނގަހަޑި ދެތިން ރަށްޓެހިން ގޮވއިގެން ވަރަށް ވެފަ ސޯޝަލް މިޑިއާގަ އުޅޭނި. މީނަގެ ވަހަކަ ކޮޅެއް ގެނެސްދީބަލަ.

  6. ނަރެލް

    ބޮޑުތިލަދުންމައްޗަށް ދަންޏާ ކޮންމެހެންވެސް ވާނެ ކުރީސަރުކާރުންހެދި އައި ހެވަން ބަލާލަން އޭރުން ވޯޓެއްލިބިދާނެ

  7. ހޮކި

    ކޮވިޑު ފުރީ ޒޯން އެއްތަ