ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސް އަދި ބައެއް ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމުގައި ވަނީ އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމަށް ނިންމާފައި އޮތް ނިންމުމުގެ މުއްދަތު އެއް ހަފްތާ ދުވަހަށް އިތުރު ކުރިކަން ވެސް މިރޭ ވަނީ އިއުލާން ކޮށްފައެވެ.
އޭގެ އިތުރުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމަށާއި ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރަން ވަނީ އަންގާފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.
ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި އޮތް އެންގުން އެގޮތުގައި ދެމެހެއްޓުމަށާއި ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު އަދިވެސް މާލެ އިން ކޮވިޑް އަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.
ހެޔޮ ޢެކަކު އެއްވުން މަނާކުރިޔަސް މާދަން ހުކިރުދުވަހު 5 ވަނަދިވަހު އެއްވުން އެއްވާނަން.
ކަލޭމެން ރައްޔިތުން ގެ ކިޑްނީއަށް ދަންދެން ވަގަށް ނަގާނެ މި ވަރުން ދަންޏާ
މި ރޯޔަލް އެއްޗެހިން ބަލި ފަތުރާފަ ހުރިހާ ބަލާވެރިކަމެއް ޖައްސަނީ.. މި މުސިބާތް ޖެހުނީވެސް ރޯޔަލް ކައިވެންޏަކުން
ރޯޔަލް ކައިވެނި ޕާޓީގެ ކަންތަކުން ސަލާމަތް ނުވެވިގެން އުޅެނީ އަދިވެސް.. މި ރީނދޫ އެއްޗެހިން މިތާ ބަލި ފެތުރީވެސް
ރޯޔަލް ބޭކަލުން އިސްތިސްނާވާނެ ދެއްތޯ
ކޮވިޑް ފެތުރުން ހުއްޓުވަން ކުރެވޭނެ އެންމެ ބޮޑުކަމަކީ އެޗްޕީއޭ އުވާލުން ކަމަށް ދެކެން.. މާ މޮޅު ހާއްސަ ހުއްދައެއްދީ ތާކުންތާކު ނުޖެހޭ އުސޫލުތަކާ ހެދި ބަލި ފެތުރެނީ.. ހަރުދަނާ ފިޔަވަޅެއް ނޭޅޭތާ ރައްޔިތުންނަށް ދުއްޕާނެއް ޖެއްސެން އޮތިއްޔާ އެކަމެއް ކުރާނެ.. އަހަރުމެން ގޭގަ ބަންދުކޮށްފަ އެކަމު މާލޭގަ ކަރަންޓީނު ނުވެ ބޭރުމީހުނަށް އުޅެވޭ
މައިމޫނާގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާތޯ ދުޢާކުރަން
ވައްކަން ކުރަންވެގެން ދޮގުހަދަނީ
މިދެން އެނގޭ ކޮވިޑުގެ ރައްކަލަކަށް ނޫންކަން. މީ މި ސަރުކާރު ފެއިލްވެފައިވާ މިންވަރު، މި ސަރުކާރު ދަވާލަމުންދާ ރައްޔިތުންގެ ރުފިޔާތަށް، މި ސަރުކާރުން ފޭރިގައްނެފައިވާ ނިކަމެތި ރައްޔިތުންގެ ފުލެޓުތަށް، މިސަރުކާރު ފޮރުވަމުންދާ ރޭޕް އާ ޖިންސީ ފުރައްސާރާގެ ކޭސްތަކާ ދެކޮޅައް އަޑު އުފުލަމުން ގެންދާ ފަރާތްތަށް އަނގަ ބަންދުކުރުމަށް އެޗްޕީއޭ ކުރަމުންދާކަމެއް. މި ސަރުކާރު ދެން ވެރިކަމުގައި އޮވެވޭނި އެޗްޕީއޭ ފުރިހަމަ އެއްބާރުލުމައެކު. އެޗްޕީއޭ އޮތީ ސިޔާސީވެފަ. ރައްޔިތުންނަށް ހެވެއް ނޭދޭ.
އެންމެ ގިނަ ކޭސްތައް މިދިޔަ ހަފުތާގައި، އިތުރު ފިޔަވަޅުތައް އަޅައިފި ނަމަވެސް މިހާރު ތިޔާ އެޗްއީއޯސީ އިން ދައްކާ ވާހަކަ ތަކަކީ އެއީ އިތުބާރު ކުރެވޭނެ ވާހަކަ ތަކެއް ނޫނޭ ތިޔާއީ މިހާރު އެމްޑީޕީން ހިންގާ ސިޔާސީ ހަރުގެއަކަށް ވަނީ ބަދަލުވެފައޭ ތިޔާ ކޮވިޑް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރު ވަމުންދާ ގޮތާއި އެރޭޓް ވެސް އެއީ ހިސާބުގެ އިލްމުން ގަބޫލުކުރެވޭނެ ކަންކަމެއް ނޫނޭ ތިޔާއީ މުޅިން ތަމެން ހަދަ ހަދައިގެން ދައްކާ ވާހަކަ ތަކޭ ތަމެންގެ ވެރިކަން ވެއްޓިދާނެތީވެ ފަތުރާ ޕްރޮޕެގެންޑާ އޭ ހުރިހާ ރައްޔިތުން މަގުމައްޗަށް ނިކުމެ މިސަރުކާރަށް ރައްޔިތުންގެ ބާރު ދައްކަންވީއޭ...
ސިޔާސީ ހަރަކާތް ހިފަހައްޓަން އެޗްޕީއޭ މަރުދެނީ. ޢެބަހުރި ފޯރިއެއް. ކާކުތޯ ތިނިންމުންތައް ބަލައިގަންނަނީ؟
މިވަރުން ދަންޏާ ކޮންމެ ހަފުތާ ބަންދެއްގައި ކާފިއު ހިންގާން ޖެ ހިދާނެ
ޢިދިކޮޅު މުޒާ ހަރާތަކަށް ބިރުން އެފުރުސަތް ނުދޭން ވެގެން ވަގުސަރުކާރު ކޮވިޑޭ ކިޔާފަ ގޮތް ހުސްވެގެން ތި ތެޅެނީ.