ދުވާ ޓްރެކްތަކާއި ޕާކްތައް އަދި ސިނަމާތައް ބަންދުކުރަން އެޗްޕީއޭ އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރަށް އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް ޕާކްތައް ބޭނުން ކުރުމުގެ ހުއްދަ ވަކިވަގުތުތަކެއްގައި އޮތެވެ. ނަމަވެސް މިރޭ ހާއްސަ ފިޔަވަޅުތަކަށް ގެނައި ބަދަލާއިއެކު ހުރިހާ ޕާކްތަކެއް ވަނީ ހުރިހާ އެންމެނަށް ވެސް ބަންދުކޮށްފައެވެ.

ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި އޮތް އެންގުން އެގޮތުގައި ދެމެހެއްޓުމަށާއި ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު އަދިވެސް މާލެ އިން ކޮވިޑް އަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ބަންދު ކޮށްގެން ތިބެބަލަ.. ރީނދޫ އަނިޔާވެރި ކޮމިއުނިސްޓް ސަރުކާރަކީ ޖެހިފައޮތް ބަލާވެރިކަމެއް

 2. ގެރި

  ކަލޭމެން ޕާކުތައްވެސް ކާލަބަލަ

 3. މައި

  މި މީހުންގެ މުސީބާތުން ނިކަމެތި ރައްޔިތުން ސަލާމަތްކުރައްވާ މި އަނިޔާވެރި ވެރިކަން ވެއްޓޭނެ ގޮތް ހައްދަވާތޯ ދުއާ ކުރަން

 4. Anonymous

  މި ވެރިކަން ވެއްޓޭނެ ގޮތް މިންވަރު ކުރަައްވާތޯ ދުއާކުރަން

 5. ޖަޒީރާ ފެންފޯއް ގަސް

  ފެންފޯއް ޕާކުވެސް ބަންދުކުރެއްވީތޯ

 6. ލލ

  ސިޔާސީ ހަރަކާތް ހިންގަން އުޅޭތީ އެކަން މަނާކުރަން !

 7. ނާޅި

  ބަލަ މިރާއްޖޭގައި އޮތީ ހަމަ އެކަނި ކޮވިޑް ބަލިތޯ އަޅެ ތިޔަ ކޮވިޑް ބަލީގެ ތަފާތު ހިސާބު ކިޔާގޮތަށް އެހެން ބަލިތަކުގެ ތަފާސް ހިސާބު ނުކިޔަނީ ކީއްވެތޯ ؟

  3
  1
 8. ގގ

  ރާއްޖެއިން ކޮވިޑް ފިލާނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނިކުމެ މިއުޅޭ ސިޔާސީ ގޭސް އަބުރާ އެޗްޕީއޭ ބަދަލް ކޮށްގެ މިތަން ތަނުގައި ތިބި ވިޔަފާރި ސިޔާސީ ޑރ ބޭރުކޮށްގެން !