21:00

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލި ގއ. މޮނިޓަރިންގެ ހާލަތުން ނަގައިފި

17:31

މެލޭޝިއާއިން ކޮވިޑް-19 ގެ އާ ވައްތަރު ފެނިއްޖެ


ކޮވިޑް-19 މިދިޔަ އަހަރު މާޗް މަހު ރާއްޖެ އިން ފެނުމުން ކޮވިޑް-19 ކޮންޓްރޯލް ކުުރުމުގައި ދިވެހިން ނަމޫނާ ދެއްކިއެވެ. ގެއިން ނިކުމެތިބެ ބަލީގެ ފުރަތަމަ ރާޅު ބަލި ކުރިއެވެ. އޭގެ ފަހުން ޖުލައި މަހު ކުރިމަތިވި ދެވަނަ ރާޅުގެ މައްޗަށް ވެސް ދިވެހިން ކާމިޔާބު ހޯދީ ކަމާބެހޭ އިދާރާތަކުން އެންގި އެންގުންތަކަށް ތަބޭވެގެންނެވެ.

މިހާރު ތިންވަނަ ރާޅެއްގެ ތެރޭގައި ދިވެހިން ތިބިއިރު އަތޮޅުތެރޭގެ ރަށްތަކުން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިއަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ރަށްރަށަށް ބަލި ދިޔަ ގޮތް ނޭންގި އެތައް ރަށަކުން ބަލި ފެނިއްޖެއެވެ. ކަރަންޓީންގައި ތިބި ބައެއް މީހުންގެ ފަރާތުން ރަށުތެރެއަށް ބަލި ފެތުރި، މުޅި ރަށް ނުރައްކަލަށް ހުށަހެޅި މަދު ބައެއްގެ ސަބަބުން ރަށުގެ ހުރިހާ ރައްޔިތުން "ބަންދެއްގައި" ތިބެން ޖެހޭ ހާލަތު އެބަކުރިމަތިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލަނބައިގެންނެވެ. އެހެން ނޫނީ ހާލަތު ރަނގަޅު ވަމުންނެއް ނުދާނެއެވެ.

މިއަދު ވެސް ރާއްޖެ އިން 167 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 135 މީހުން ފައްސިވީ މާލެ އިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 17 މީހުން، އަދި ރިސޯޓްތަކުން 15 މީހުން މިއަދު ފައްސިވިއެވެ.

ރާއްޖެއިން އިތުރު 7،712 މީހުން މިއަދު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ވެއެވެ. މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ.

މިއަދި ވެކްސިން ޖެހި 7،712 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 137،124 އަށް އަރާފައެވެ.

މިއަދު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުތަކުގައެވެ. އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 4144 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 3568މީހުންނެވެ.

އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 52،233 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 84،891 އެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި ދެ މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހާޝިމް

  ބޯ ނުލަބާ ވާހަކަ ދައްކަން ކޮބާ ލަދު.. މޮނިޓަރިންގަ އިން ކަމުގެ ލިޔުން ނައްޓަން ނާންނަތާ ދެދުވަސް ނައްސި ނަތީޖާ ލިބުނީމަވެސް.. މިހާރު އެމްޑީޕީ ނޫން މީހަކު ވިއްޔާ މަގުމައްޗަށްވެސް ނުކުމެ އުޅުނީމަ މި މީހުނަށް ހަޖަމު ނުވަނީބާއޭ ހިތަށް އަރާ

 2. ގެރިމަސް

  އެޗްޕީއޭގެ ނާގާބިލުކަން.. ރައްޔިތުން ބޮލުގަ ނާޅުވާ

 3. ޜާޒުވާ

  ޢޮކްސްފޯޑު ވެކްސިންގެ ފޭސް 1،2 ގަ މައްސަލައުޅޭ

 4. ޒިޔާން

  ދަރުބާރުގޭގަ ވެސް ބަލީގެ އަލާމާތް ހުރި މީހުން މަސެއްކަތް ކުރޭ... އެޗްޕީއޭ އަށް ދަރުބާރުގެތެރޭގަ ބަލީގެ އަލާމާތް ހުރި މީހުން މަސެއްކަތް ކުރާއިރު އެ ކަންތަށް ނުބެލޭއިރު ދެން ކިހިނެތް އެހެން ކަމެއް ބެލޭނީ... ކީކޭ ބުނާނީ!! ކުރީ ދުވަހު ވެސް ތި ދަރުބާރުގެ ތެރެއިން ފާސް ހިފައިގެން ނިކުތް ކުއްޖަކު ދިޔައީ ކިބިހި އަޅަމުން ނޭފަތް ފޮޅަމުން، މާސްކް ދަތް ދޮޅީގަ ހުރިއިރު އިންގޭ ގަދަޔަށް ރޯގާ ޖެހިފަކަން...