ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަނެއްގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ޖަލުތަކުގައި ތިބި ގައިދީންނަށް ހާއްސަކޮށްގެން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ޖަހާނެ ޓީމުތައް މިހާރު ތަމްރީންކޮށް ނިމިފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ފަހަރަކު ޖަލަކަށް ވެކްސިންގެ ޓީމުތައް ގޮސް ވެކްސިން ޖަހާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައިދީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ރާވަމުން އަންނަ އިރު، މިހާތަނަށް އައިއިރު، ބައެއް ޖަލުތަކުގައި ތިބޭ ގައިދީން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އޭގެތެރޭގައި ހުޅުމާލޭގައި ހުންނަ ޖަލު ވެސް ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ ޖަލުތަކުގައި ތިބޭ އޮފިސަރުންނާއި ގައިދީން ވެސް މީގެކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ވެކްސިން ދިނުމެވެ. އެގޮތުން މިހާތަނަށް އައިއިރު އެއް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 64 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރި

    ވެކްސިންތައްވެސް ބޭކާރު ކުރަނީ.. ތިއަށްވުރެ ރަނގަޅެއްނު ތި މާލޭގަ ތިބި އެންމެން ގަޔަށް ޖެހިއްޔާމުން

  2. ހިމާރު

    ކުށްވެރިން ހިމާޔަތް ކުރާ ވަގު ސަރުކާރު