ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ނުރައްކާވެ، އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ، "ޗޫސް" ކޮށްގެން މީހުންނަށް ފަރުވާދޭން ޖެހޭ ހާލަތަށް އަތުވެދާނެ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑިކަލް އެސޯސިއޭޝަންގެ ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރު ޑރ. ފާތިމަތު މުފްލިހާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެރި ތިން ވަނަ ރާޅު، އޭގެ ކުރިން އެރި ދެ ރާޅަށް ވުރެ ނުރައްކާތެރި ކަމަށެވެ. އަދި ތިން ވަނަ ރާޅުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މިވަގުތު އެކަނި ވެސް 180 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ކޮވިޑް ފެސިލިޓީގައި ތިބި އިރު، ހާލު ބޮޑު މީހުން ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

"މިހެން ނަންބަރުތައް މަތިވަމުންދާ ކަމަށްވާ ނަމަ އަޅުގަނޑުމެން ވަކި ހިސާބަކުން ފުރިހަމަ ސިއްހީ ހިދުމަތް ދިނުން މެދުކަނޑާލަން ޖެހިދާނެ. ސިއްހީ ހިދުމަތް ދޭން ބޭނުންވި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ޗޫސް ކުރަން މެދުވެރިވާ ކަހަލަ ހާލަތެއް ވެސް އަތުވެދާނެ. މިއީ ވަރަށް ބޮޑަށް ޑޮކްޓަރުން ދައްކަމުންދާ އެއް ވާހަކަ،" ތިން ވަނަ ރާޅުގެ ނުރައްކާތެރިކަން ހާމަކުރައްވައި މުފްލިހާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައި މުފްލިހާ ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ޗުއްޓީއަކަށް ނުގޮސް ރަައްޔިތުންގެ ހިދުމަތުގައި ތިބޭތާ ގާތް ގަނޑަކަށް އެއް އަހަރު ދުވަސްވެފައިވާ ކަމަށެވެ.

މުފްލިހާ އެގޮތަށް ވިދާޅުވި އިރު، އަންނަ އާދިއްތަ ދުވަހަކީ ރާއްޖެ އިން ކޮވިޑް ފެނުނުތާ އެއް އަހަރު ފުރޭ ދުވަހެވެ.

މުފްލިހާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު އަަލުން ގޯސްވެފައިވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި އިތުރަށް ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. ހާއްސަކޮށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮންނަތާ އަހަރަކަށްވާން ދާއިރުގައި މާސް އެވެއާނަސް ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް މުފްލިހާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކޮވިޑް ބަލިމީހާ

  ޓީވީއަށް އަރާ މޮޅުވާ ހަކަ ދައްކާނެ. އަހަހ ހަރެން މަގުމަތިން ޗެކްކޮށް ޗެކްކުރިތާ 3 ވަނަ ދުވަ ހު އެޗްޕީއޭ އިން ގުޅާފަ ބުނީ ޕޮސިޓިވް ކަމަށް ، ކަރަންޓީން ގަ ގޭގަ ހުންނަތާ މި ހާރު 11 ވަނަ ދުވަސް އަދި އެއްފަ ހަރުވެސް ތި އެޗްޕީއޭ އަކުން ނުގުޅާ ހާލު ބަލާލަންވެސް. ޕޯރޓަލްގަ ރަޖިސްޓްރީވެސް ވިން.

  51
  1
 2. ފިޔަވަޅު

  ހުކުރު ދުވަހުތަ މި ބޭފުޅުން ރައްޔިތުންނަށް ބިރުދައްކަނީ

  25
  1
 3. ސަނީ

  އެޗްޕީއޭ އަކީ ނުބައި ނުލަފާ އެއްޗެއްނޭނގޭ ގަމާރު ބައެއް ހިސޯރުކޮއްގެން އުޅޭ ތަނެއް، ސިޔާސީ ބޭނުން ތަަކައް..

  31
  1
 4. ލލ

  ޑޜ ނަޒުލާ އަޅުގަޑުމެން ޗޫސް ކިރަނީ ﷲ ގެ ރަހުމަތް ! ތިޔަކަހަލަ ހޮޅިވާހަކަ ނުދައްކަވާ !

  30
 5. ފާއިޒް

  އެޗްޕީއޭއިން ހިންގާ އިންސްޕެކްޝަން ތަކުގަ ބަލީގެ އަލާމާތް ހުރިމީހުން ފޮނުވާ މައްސަލަ ބަލަން ޖެހޭ... މާސް އިންސްޕެކްޝަން ހިންގަން ފޮނުވަނީ ދެތިން ޅަ އުމުރުގެ ކުދިން.... ކެފޭ އަށް ވަދެ މިތަނުން އެއްކުއްޖަކު ކެއްސާވަރުން ކަސްޓަމަރުން ވެސް މައްސަލަ ޖެއްސި... ދެން ކިހާ ދެރަކަމެއް މިއީ... ރައްކާތެރިކަމުގެ ފިޔަވަޅުތަށް ފުރަތަމަ ދަސްކޮށް ދޭންވީ އެޗްޕީއޭ މީހުންނަށް... ބަލި ފަތުރަންތަ ބަލީގެ އަލާމާތް ހުރި ކުދިން ތި ފޮނުވަނީ އާންމުން ހިންގާ ތަންތަނަށް..... މިކަން ބަލާނެ/މި ކުދިން އާންމުންގެ ތަންތަނަށް އެޗްޕީއޭ ފަރާތުން ފޮނުވާއިރު ބަލީގެ އަލާމާތް ހުރިތޯ ނެތްތޯ ބަލާނެ ވެރިއަކު ވެސް ނެތީބާ!!!

  20
  1
 6. އަލިބެއްޔާ

  އެޗްޕީ އޭ އަކީ ލާރި ގަޑެއް ކާލަން އަރާ އޮތް ތަނެއް..

  21
 7. ޑޮކްޓަރ

  ތިހާލަތަށް ދިޔައިރު ހައިރިސްކް މީހުންތަށް ތިޔަދަނީ ވަޒީފަޔަށް ނެރެމުން، އެމީހުން އިތުރަށް ނުރައްކަލަށް ހުށަހަޅަމުން ދެން ތި ކިޔަނީ ކޮވިޑޭ ނުރައްކަލޭ! ފުރަތަމަ ހައި ރިސްކް މީހުން ގޭގައި ބައިތިއްބަ ބަލަ.

  21
  1
 8. ޙހހހ

  mi meehunge dhoahalhi siyaasathuge sababun Bali fethurun ithuru v , adhives nikamethi rayyithunnah biru mi dhakkanee , mithan thanuga thibeynee thanavas meehun ginain , ekamaku nikamethin amilla mashahkathu kaaboigen ulhenee

  10
 9. ލާމު މީހާ

  ޗޫސް ކުރާއިރު ގަވައިދާ ހިލާފައް އުޅޭ ބޭރުމީހުނައް ދިވެހިންނައްވުރެ ބޮނޑައް އިސްކަންދިނުމައް ވަރައްބޮނޑއައް އެދެން...

  20
 10. ޝާހު

  އެޗްޕީއޭ އިން ކޮންކަމެއް ބެލޭނީ، ދަރުބާރުގެއިން ކުރީ ދުވަހު ފާސް ހިފައިގެން ނިކުތް ފިރިހެން ކުއްޖާ ހުރީ ގަދަޔަށް ރޯގާ ޖެހިފަ، ނޭފަތް ފޮޅަމުން، ކިބިހި އަޅަމުން ދިޔައީ!!! އިންގޭ ގަދަޔަށް ރޯގާ ޖެހިފަކަން... ދަރުބާރުގޭގަަ ބަލީގެ އަލާމާތް ހުރި މީހުން މަސެއްކަތް ކުރަން ހުއްދަ އޮވޭބާ!!!!

  20
 11. އެޗްޕީއޭއޫ

  މިހާރުވެސް ޗޫސް ކުރޭ، ނިކަމެތީންނާއި ސަރުކާރުގެ ވެރީންގެ ތަފާތު، ނިކަމެއްޗެއްގެ ދަރިއަކު ބަލިވީމަ އުޅެންޖެހޭ ހާލާއި ވެރިންގެ ދަރިއަކު ބަލިވީމަ އޫޅެންޖެހޭ ހާލު ވަރަށް ތަފާތު...

  28
 12. ނަސީމް

  މަހާނަ އޭ ކިޔާބަލަ. ޕޕޓ

  19
 13. އަރްޔަ

  އަހަރެން ޤަބޫލު ކުރަނީ ޑރ. އިޔާޒު ދެއްވާ ނަސޭހަތް

  16
  3
 14. ނާޒު

  ކަލޭމެން ތިހެން ދޮގުހަދަހަދާ ތިބޭ. ތިކަން ގަބޫލުކުރާނެ ދިވެއްސަކު މިހާރު ދިވެހިރާއްޖެއަކު ނެތް. ކޮބައިތަ ކެނޑިހާ ފޮނި. ކިތަންމެ ބަޔަކު ޕޮޒިޓިވް ވިޔަސް މެނޭޖްކުރަން ތައްޔާރަށޯ މިތިބީ. ލަދުކޮބާ.

  26
 15. ހުސޭނުބޭ

  ކޮވިޑަށް ކުރި ޚަރަދޭ ކިޔާފައި ބައިތުލްމާލުން 4 ބިލިއަން ރުފިޔާ ދިރުވާލާފައި ބުނަން އެނގުނު އެއްޗަކީ ތިއީދޯ!

  29
 16. އައިޑީ2020

  ޑިޖިޓަލް ވެކްޝިން ޖެހުމަށްކަމަށް އެކްސްކިއުޒަކަށް ކޮވިޑް19 ވިޔަސް ދޮގުވާނީ ހަމަދޮގަށް. މިހާރު މިއޮތީ ތިހަދާދޮގުތައް ހަދާލެއްފުރހަމަ ކަމުން އެޤަބޫލުކޮށް އެއަށް ބައެއްމީހުން ހެއްދެވިފަރާތަށްވުރެބޮޑަށް ބަރޯސާވެފައި. ނަމާދުވެސް މެސެޖަކުން ހުއްޓާލެވޭ. މެސެޖަކުން މިސްކިތް ބަންދުކޮށްލާ. މިހނދުން މިހިނދަށްކިޔާ މެސެޖެއްކޮށްލަންވީ.

 17. ޗޫސް

  ނޭވާލާ ހޮޅިންނާއި ނޭވާލާ އޮކްސިޖަނުން ޗޫސްކޮށްފައި އޮތް ވާހަކަތަކެއް ވަރަށް ބާރަށް ދައްކާތާ ދުވަސްކޮޅެއް ވެއްޖެ. ދެން އިންސާނުން ޗޫސްކޮށްލީމާ ހަތަރެސްކަން ހަމަވީ. އެއީ ދެން މިހާރު ނުވެ އޮތް ކަމަކީ.

 18. އެމަންޖެ

  ކޮވިޑަކީ މިސަރުކާރު ލާރިހޯދަން ކުޅޭ ކުޅިވަރެއް.

 19. އަޙްމަދް

  ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ނުރައްކާވެ، އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ، "ޗޫސް" ކޮށްގެން މީހުންނަށް ފަރުވާދޭން ޖެހޭ ހާލަތަށް އަތުވެދާނެ ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
  -------------------------------------------------------ކޮވިޑް 19 ވައިރަސް މިއަދާއި ހަމަށް ވެސް ދިވެހި ރާއްޖެއިން ހޯދިފައި ނެތް ކަމުގައި އެޗްޕީއޭއިން ބުނެފި!
  އަމިއްލަ ޞިއްޙަތު ޓީމްޖަނަވަރީ 1, 2021
  ކޮވިޑާ ގުޅިގެން ރައްޔިތުން ފުރަބަންދުކޮށް، ކުޑަ ގޮޅިއަށް ލައި، ކަރަންޓީނުކޮށް، މާސްކު އަޅުވައި، އަސާސީ ހައްޤުތައް ހިފަހައްޓައި، ދަވްލަތުގެ ފައިސާ މިއާ ގުޅޭ އެކި ކަންކަމަށް އިސްރާފުކޮށް، ރައްޔިތުން ގަޔަށް މިއާ ގުޅުވައިގެން ވެކްސިން ޖަހަން އުޅޭއިރު، ކޮވިޑް 19 ވައިރަސް ދިވެި ރާއްޖެއިން އަދި މިހާތަނަށް ހޯދިފައި ނެތް ކަމުގައި އެޗްޕީއޭ އިން ބުނެފި އެވެ. އެޗްޕީއޭ ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިފަދައިން ބުނެފައިވަނީ 3 ސެޕްޓެންބަރ 2020 ގައި އެޗްޕީއޭ އަށް ޢާންމު ރައްޔިތަކު ފޮނުވާފައިވާ އާރްޓީ އައި (ރައިޓް ޓޫ އިންފޮމޭޝަން) ފޯމުގެ ޖަވާބުގައި އެޗްޕީއޭ އިން 29 ސެޕްޓެންބަރު 2020 ގައި ދީފައިވާ ޖަވާބު ގައެވެ.
  ކަން މިހެން ހުރިއިރު ކޮވިޑޭކިޔައިގެން ރައްޔިތުންނަށް އޮޅުން އާރާގޮތަށް ތިދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯއެވެ؟