މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންނާއި އިންޖީނިއަރުންގެ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ފަށައިފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާއި އިންޖީނިއަރުން ހަޅުތާލު ކުރަމުން ދަނީ ކެޕްޓަން މުސްތަފާ މަންސޫރު ކުއްލި ގޮތަކަށް ޗީޕް ޕައިލެޓްކަމުގެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެހެންވެ، މިއަދު ހެނދުނުން ފަށައިގެން މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް އޮތީ މެދުކެނޑިފައެވެ.

ޕައިލެޓުންނާއި އިންޖިނިއަރުންގެ ފަރާތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މިހާދަށް ފޮނުވި ސިޓީއެއްގައި ވަނީ ޗީފް ޕައިލެޓް މަންސޫރު މަގާމުން ވަކި ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. މުސްތަފާއަކީ ހުނަރު ހުރި، ޑިއުޓީ ބަރާބާރަށް އަދާކުރާ އެހެން މީހުންނަށް ނަމޫނާ ޕައިލެޓެއް ކަމަށެވެ. އަދި މަންސޫރަކީ ފަރުވާތެރިކަމާ އެކީގައި މަސައްކަތް ކުރަމުން އަންނަ ޕައިލެޓެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަންސޫރު ކުރި މަސައްކަތް ވެސް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް، އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތް ފެށުމުގެ މަސައްކަތުގައި ބައިވެރިވެ، ޗީފް ޕައިލެޓެއްގެ ގޮތުގައި މަންސޫރު ބައިވެރިވެފައިވާ ކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ބަލި މީހުން ސީ ޕްލޭންގައި އުފުލުމުގައި މަންސޫރުގެ ދައުރު ބޮޑު ކަމަށް ސިޓީގައިވެއެވެ. އަދި ބަލި މީހުން އުފުލުމުގެ ހިދުމަތް މެދުނުކެނޑި ދިނުމުގައި މަންސޫރު އިސްކޮށް ހުރެ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް ސިޓީގައިވެއެވެ.

ސިޓީގައި ބުނެފައި ވަނީ ޗީފް ޕައިލެޓަކަށް ބޭނުން މީހަކު ކަނޑައެޅުމުގެ ބާރު ސީނިއަ މެނޭޖްމަންޓަށް ލިބިފައި އޮތަސް، އެ މަގާމަށް އައްޔަން ކުރާ މީހަކީ ގާބިލް މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެމީހަކީ ކްރިއު އިން ބަލައިގަންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށް އޭގައިވެއެވެ. މަންސޫރު މަގާމުން ވަކިކުރުމުން ކްރޫންގެ މެދުގައި އޮންނަ ހަމަޖެހުމާއި އެކުވެރިކަން ގެއްލޭނެ ކަމަށް ވެސް ސިޓީގައިވެއެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަންކަލް

  ހުރިހާ އެންމެން ކަނޑާލާ، އޭރަށް ހަޅުތާލު ކުރެވުފަ ހުންނާނީ!

  4
  40
 2. ޙހހހ

  ތިއުޅެނީ އިންޑިއާ މީހަކަށްދޭން

  36
 3. ޗާލޭ

  ހާމިދަށް ޕޮލިސް މައްސަލަ ބަލާ ކޮމިޓީން މަގާމު ދިންގޮތަށް ތިމަގާމް ހޯރައިއްބެޔަށް ހައްގުވަނީ...

  32
  1
 4. އައްދު ނަސީމް

  ޖެނިފާ ހެނދުނު މާ ކޯމަހެށް ހެން އަނގަހުޅުވައިގެން މުޅި މާލެ ވަށާ ދުވަނީ

  23
 5. އިބްރާ

  މުޅިގަ އުމު ފަސާދަކޮށް ނިންމަ އިފި. ނަޝީދާ އި ،މަ އުމޫނާ އި، ގާސިމާ އި، އިމްރާނާ އި އިބޫސާލިހު ބަންދުކޮށް ކުޑަގޮޅި އަށް ކަނޑާލަ އިގެންމެނުވީ ގަ އުމު ސަލާމަތެ އްނުވާނެ.

  3
  1