ރާއްޖޭގައި ތަރައްގީ ކޮށްފައިވާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓު ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ މުވައްޒަފުންނަށް ފެބްރުއަރީ މަހު ސާވިސް ޗާރޖްގެ ގޮތުގައި، 3،055.09 ޑޮލަރު ނުވަތަ (47،109.48) ރުފިޔާ ލިބިއްޖެއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ބެހި ރިސޯޓެވެ. ވެލާ އިން އަންނަނީ ކޮވިޑް-19ގެ ބަންދަށް ފަހު ރިސޯޓުތައް އަލުން ހުޅުވި ފަހުން ކޮންމެ މަހަކު މި ލިސްޓުގެ އެއްވަނަ ހޯދަމުންނެވެ.

އެގޮތުން ޖެނުއަރީ މަހުވެސް އެ ރިސޯޓުން ވަނީ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ނުވަތަ 62،000 ރުފިޔާ ދީފައެވެ.

ސަރވިސް ޗާޖުގެ ދެވަނަ އަށް އެންމެ މަތިން ދޭ ރިސޯޓުގެ ގޮތުގައި އޮތީ ސޮނެވާގެ ރިސޯޓުތަކެވެ. ސޮނެވާ ޖާނީ އާއި ސޮނެވާ ފުށީގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 1،555 ޑޮލަރު (23،978ރ.) ވަނީ ދީފައެވެ.

މީގެ އިތުރުން 1،531 ޑޮލަރު (23،608ރ.) އާއެކު ތިންވަނައިގައި ފޯ ސީޒަންސްގެ ރިސޯޓުތައް އޮތް އިރު ހަތަރުވަނައަށް އެންމެ ގިނަ ސާވިސް ޗާޖު ދިނީ ވައްކަރު ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފަކަށް 1،312 (20،231ރ.) ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޑަފި

    ކިޔާ އަޑު އިވޭ ސަރވިސްޗާޖް ގިނައިންދޭ ރިސޯޓުތަކުގައި ސަރވިސްޗާޖް ދޭގޮތައް ރިސޯޓުގެ މުވައްޒަފުންގެ ގޮތުގަ ތިބެނީ މަދު މުވައްޒަފިން ކޮޅެއްކަމަށް، ދެން ތިބެނީ އެކި އެކި ކޮންޓްރެކްޓްގެ ދަށުން މަސައްކަތްކުރާ އެހެން ކުންފުނި ތަކުގެ މުވައްޒަފުންކަމަށް. ވަޤުތު ނޫހުން މިކަން ބަލާލަދީބަލަ ވެލާރިސޯޓުގަ ސަރވިސްޗާޖު ދެނީ މަހަކު ކިތައް މުވައްޒަފުންނައްތޯ.

  2. މަނީމަނީ

    ވެލާ ރިސޯޓް ފަހަތައް ޖައްސާލުމައްފަ ޕެރަޑައިސް އައިލެންޑުން އެރިކޯޑު މުގުރާލައިފި

  3. ދަރަނި ދަންތުރަ

    އެއްމެ ބޮޑުއަދަދަކުން ސާރވިސްޗާޖު ދެނީ ގާސިމް ގެ ވިލާ ރިސޯޓަކުން