ހުއްޓާ ނުލާ މާލެ މަގުތައް މަތީ މުޒާހަރާ ކުރުމަށް އިދިކޮޅު ކޯލީޝަނުން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މީގެ ކުރިން އިރުއޮއްސި ހަޔަކަށް މުޒާހަރާ ހުއްޓާލި ނަމަވެސް ދެނެއް ނުހުއްޓާނެ ކަމަށެވެ. އަދި އެކޯލިޝަންގެ އިސްވެރިންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން މެމްބަރުން ހައްޔަރުކޮށްގެންވެސް މުޒާހަރާ ނުހުއްޓުވޭނެ ކަމަށް ބުނެއެވެ.

އިދިކޮޅު ކޯލިޝަންގެ މަގުމަތީ ހަރަކާތްތައް އިންތިޒާމް ކުރާ ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލް "ވަގުތު" އަށް ވިދާޅުވީ ހުއްޓާނުލާ މާލެ މަގުތައް މަތީ މުޒާހަރާ ކުރުމަށް ޕީޕީއެމް-ޕީއެންސީ ހިމެނޭ ކޯލިޝަނުން ނިންމީ ދާދި ދެންމެ އަކު ކަމަށެވެ. އެ ނިންމުމާއި އެކު ސަރުކާރު ޒިންމާދާރުކުރުމަށް ކުރަމުން ދާ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ 10 ސަރަހައްދެއްގައި މުޒާހަރާ ކުރަމުން ދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ 1500 އެއްހާ މީހުން މުޒާހަރާގައި ތިބި ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ބޮޑު މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރެއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 19 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ އިސް އެކްޓިވިސްޓް އަދި ލޯކަލް ކައުންސިލް އިންތިޚާބްގެ ކެނޑިޑޭޓް އަހުމަދު ނަރީޝް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު އަދުނާން (ސްޕައިކަރ) ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަދީބް ބުރޯ

  ރަނގަޅު ނަމާދު ވަގުތަށްވެސް ކާންވެސް ފާހާނާ ކުރަންވެސް ހުއްޓާނެ ކަމެއް ނެތް. އޭރަށް އަދީބު ލައިގެން ޔާމީނު ކުޅުނު ކުޅި ނުކުޅޭ ކަމަށް ވާނީ.

  30
  68
  • މުހައްމަދު

   ޖުހާ އޮތީ އެކަމަށް އެއްބަސްވެފަ، ދެން އެހެންބައެއްގެ ބޮލަށް އެކަން ބިންދާނެ ކަމެއް ނެތް. ދެންވެސް ގެއްލުވާލި ފުލެޓްކޮޅު ދޭން އެއްބަސްވޭ!

   17
   3
  • މޮޔަ ސަރުކާރު

   މިހާރު ނުކުޅޭ ކުޅިއެއްތަ އެއީ؟ 😂😂

   14
   2
  • Anonymous

   މިހާރު މާނުބަ އި ކުޅި އެ އް ކުޅެނީ

   16
   3
   • ސިޔާސަތު

    ކޮން ކުޅިއެއްކަން ބުނެލިނަމަ. ގައިމު 60 ފަޅު ރަށެއް ނުވިއްކައި. ބޭނުން ގައުމަކުން ބޭނުން ޖަމިއްޔާ އަކުން އެހީ ލިބޭ. އެހެން ވާނީ މުޅި ދުނިޔެ މިސަރުކާރު ގަބޫލުކޮށްފަ އޮތީމަ.

    6
    18
 2. ބޯހަލާކު

  ބަލަ މިހާރު މިކަނީ ކަރުދާސްތަ؟ލޮލުގެ މައްސަލަ ހުންނަބަޔަކަށް އެއްކަމެއްވެސް ނުފެންނާނެ

  17
 3. ޢަހު

  ހުއްޓާނެ ކަމެއްނެތް އިބޫ ވެރިކަމަށް އައީވެސް ވޯޓްކަހުވާލަިގެން

  18
  3
  • ލޯ

   ބަލަ ކަލޭ ދެލޯ ދިލުވައިގެން ހުއްޓާ ވޯޓުލީތާކު ދޯ ވޯޓު ގުނީ. އަމިއްލަ ލޯ ވެސް ކަލެޔަށް ދޮގު ދޯ ހެދީ

   6
   16
 4. މުއިޒް

  100 މީހުން ލައިގެން ކޮންމުޒާހިރާއެއް.

  8
  20
  • އިކްރާމް

   ކުރިން ބުނި 6 އެކޭ، މިހާރު 100 އައްވީ..
   ޙެހެހޭ.. ކާލަ ކާލަ ހުރޭ، ކުޑަ ގޮހޮރައް އަތްބާނާފަ ތިޔަކޭ އެއްޗެހި ނަގާނެ ދުވަސް އަންނާނެ..

 5. ސަންނު

  މި ގައުމުދުއް އެންމެ ނާގާބިލް ވެރިޔަކީ ކިނބޫ ސްލޯ..

 6. އިރުފާހް

  އިބޫ ވެރިކަމުން ވެއްޓޭތޯ ކޮންމެ ހުކުރަކައް ފަހު ދުއާ ކުރުން ރަނގަޅު..
  އަހަރެން ދުނިޔޭ ހުރެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޔާމީނު ޖަލުން ނުކުމެ، އިބޫ ޖަލައްދާ ދުވަސް

  4
  1
 7. علي وحيد

  ރަށްވެހި ފަރަންޖީން ބަލިކުރުމަށްޓަކައި ، މާތްﷲ ގެ ޙަޟްރަތުން ވާގިލިބި އިސްމާއީލް ދީނާއި ،މިދިވެހި ފަސްގަނޑާއި،ދުވެ ހިންގާ ހައްގުގައި ،ޕީޕީއެމް ޕީއެންސީން ތިކުރަށްވާޖިހާދައް ދުވެހެއް ދުވަހަކަށް ވުރެ މީހުން އިތުރު ކުރަށްވާ ކާމިޔާބު މިންވަރުކުރަށްވާށި آمين

  4
  2
 8. ައަހުމަދު

  ކޮވިޑުގެ ނުރައްކާ ބޮޑު ހާލަތުގައިވެސް މި މީހުންނަށް މިނޫންކަމެއް ކުރާކަށް ނޭގުނުދޯ، ދެރަކަމަކީ ތިސިޔާސީ މީހުންގެ އަމިއްލަ އެދުން ބޮޑުވެ އެމީހުނަށް މަންފާލިބޭހުރިހާ ކަމެއްކުރަން ނިކަމެތި ރައްޔިތުންގެ ގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަން އާހިރުގައި ނިކަމެތި ރައްޔތުމީހާއަށް ގެއްލުމެއް ލިބޭއިރު ތިސިޔާސީ މީހުންނަކަށް ނުވެސްފެނޭ ހުރިހާ ދެރަކަމަކާއި ގެއްލުމެއް އެ ނިކަމެތި މީހައަށް ، އެހެންވެ އިންސަނާގެސިކުނޑި ދެއްވާފައި އެސިކުނޑިން ވިސްނާ ފިކުރުކުރުމަށް އަންގަވާފައި ވަނީ.

  1
  4
 9. ޒިބާ

  މުޒާހަރާ އޮންލައިންކޮށް ކޮށްބަލަ ދޯ... މަގެއްގެ މައްޗަށްނިކުމޭ ވަރެއްވެސްނޫން މީހުން ގިނަކަމުން... އެވަރުން އަދި ނުވެގެން ޢެސް.އޯ ކޮޕްސް ނެރެގެން ހުރިހާ މަގެއް ބަންދު.. މިހާ ކުޑަ ވަގުތު ކޮޅެއް ކުރަން ހުންނަ ކަންކަން ކުރަން މި ލިބެނީ..