ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސީޓީ (އެމްއެންޔޫ) ގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް އަދާ ކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

އިޔާޒް އެމްއެންޔޫގައި އަދާ ކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާއެކެވެ.

ޑރ. އިޔާޒް މަގާމުން ސަސްޕެންޑް ކޮށްފައިވާކަން އިއްޔެ ވަނީ އަންގާފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށް އެމްއެންޔޫއިން ވަނީ އޭނާ އަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ މީސްމީޑިއާގައި ކޮށްފައިވާ ޓުވީޓުތަކެއްގެ ސަބަބުންނެވެ.

ޑރ. އިޔާޒު ޓްވިޓާގައި ދައްކާ ވާހަކަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ އިއްޒަތާއި ގަދަރު ކުޑަވާ ކަމަށް ބުނެ މީގެ ކުރިން އެ ޔުނިވާސިޓީން ވަނީ ޑރ. އިޔާޒަށް ނަސޭހަތް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދިވެހިން

    ސިޔާސީ ކުޅިގަނޑު.. އިސްލާމް ދީން ނުފުހެވޭނެ. އެމްޑީޕީއިން ކިތަންމެ ވަރަކަށް ތެޅިބޭލިޔަސް..

    20
    8
    • ޓ

      ސަސްޕެންޑް ކުރޭ އެހެން ވީއިރު އެމްއެންޔޫ ގެ ސިޔާސީ ވާހަކަ ދައްކާ އެންމެން.... އެމްޑީޕީން ތިވައްތަރަށް އަނިޔާވެރިވެ ބޭއިންސާފް ވީމަ ތިގެއްލެނީ އެމްޑީޕީ އާންމު މެމްބަރުންގެ ވޯޓް... ބަލަ އެމްޑީޕީން ދައްކަމުން ދިޔަ މިނިވަންކަން ކޮބާ.. .މައުމޫންތަށް ވެރިކަމުގަ މިހިރީ

      3
      1
  2. ޑަރޭ

    ކަރަންޓީނު ކުރީތާ.......ވައިރަސް 14 ދުވަހުް ފިލާނެހެން ހީނުވޭ..

    15
    3
  3. ބޭޗާރާ

    ހޮނޑައިދޫ ކުޑަކަތީބު ތަންތަނަށް ލީމާ ނުގެއްލޭ ގަދަރެއް މީހަކު އެއްޗެއް ބުނެގެން ނުގެއްލޭނެ.

    21
  4. ބަދަންއަލީ

    އިޔާޒު ގަބޫލުކުރާގޮތުގައި އިސްލާމް ދީން ދަންނަނީ އޭނަ އެކަނި ސައުދީ އަރަބިއްޔާގެ މަސްޖިދުލް ހަރާމްގެ އިމާމު ނިންމާ ނިންމުންތަކަށްވެސް އިޔާޒު ފާޑުކިޔާ

    14
    19
    • ދެފުއްމިޔަ

      ތީ ހާދަނުބައި އަހޫދީވައްތަރުގެ ސުންޕާ މީހެކޭދޯ.
      ކަލެއާ، ވެލިޒިނީއާ، އީވާ އާ އަޅުވައިކިޔައިފިނަމަ މަތިވާނީކާކު؟

  5. މަ

    ދީނަށް އުޅުމަކީ ހަރުކަށި ވުންތޯ؟ ދީނަށް އުޅުމަކީ ކުށެއްތޯ؟ އެމްއެންޔޫ އިން ފުރަތަމަ އިސްލާމްދީން ކިޔަވާބަލަ!! ތިހާ ރަނގަޅު ބައެއްނަމަ ނަމާދުގަޑީ ކުލާސް ވެސް ނުބާއްވާތި. ސަރުކާރުގެ މަޤްސަދުވެސް ވަރަށް ރީތިކޮށް ސާފުވެއްޖެ. މިޤައުމުގަ އިސްލާމް ދީނަށް އުޅޭ މީހުން ދިރިއުޅެން ދަތިވާވަރު ކުރުމަކީ ސަރުކާރުގެ މޮޓޯ. އަދި ދީނާއި ދެކޮޅަށް އުޅެންޏާ ކުށްވެރި ކުރަން ނުކެރޭ އެމްއެންޔޫ އާއި, ދީނާއި ދެކޮޅު މީހުން ހިމާޔަތް ކުރާ ސަރުކާރު😠 މިތަނުން އިސްލާމްދީން ނައްތާލަން އުޅޭ ބަޔަކަށް ތެދުމަގު ދައްކަވާށި. ‏‎إن شاء الله މިޤައުމުން ދުވަހަކުވެސް އިސްލާމްދީން ފޮހެ އެއް ނުލެވޭނެ. އެކަން ހަނދާން ނައްތާލާ!!!!!!

    24
    3
  6. ޝާހު

    ގާނޫނު އަސާސީއިން ދީފައިވާ ޚިޔާލުފާޅުކުރުމުގެ ހައްގު ޔުނުވާސިޓީގެ އެއްވެސް އިތޯރިޓީއެއްގެ ގަވާއިދަކުން ހުފެހެއްޓުމުގެ ބާރު އަދި އިޚްތިޔާރު ގާނޫނޫ އަސާސީއިން ބާރުލިބިގެން އެދިފައިވާ އެއްވެސް އެހެން ގާނޫނަކުން އެއްވެސް މުއައްސަސާއަކައް ދެއްވާފައި އެބައޮތްތޯއެވެ.؟ މިއީ ގާނޫނީ ނުކުތާއެއް. އެފަދަ ބާރެއް އިޚްތިޔާރެއް ޔުނިވާސިޓީއަށް ދީފައި ނުވާނަމަ އެޔުނުވާސިޓީ އެއޮތީ ގާނޫނު އަސާސީ އަށް ހުރަސް އެޅުމައް މަސައްކަތްކޮއްފައިކަމައް ނިންމިދާނެއެވެ. އަދި އެގޮތައް ނިމިއްޖެކަމުގައިވާނަމަ އެ ޔުނިވާސިޓީއަކައް އަދި އެޔުނުވާސިޓީގެ ކައުންސިލް ނުވަތަ ވެރީންނައް މި ބާވަތުގެ ކުށުގައި ކަނޑައެޅިފައިވާ ހައްގު އަދަބުދިނުމައް އަވަހައް ދައުވާއުފުލަން ޖެހޭ. އެހެން ނޫނީ ޓުވީޓުކުރާ ހަމަ އެހެންހުރިހާއެންމެންގެ މިނިވަންކަމައްވެސް ހުރަސް އެޅިގެންދާނެ އަދި ގާނޫނުއަސާސީއިން ކަށަވަރު ކުރުވާފައިވާ ހައްގު ނިގުޅައިގަނެވިދާނެ.

    13
    2
  7. ކޮއިފުޅު

    ވަރަންރަގަޅު ނިންމުމެއް ތިކަންކުރަން މާލަސްވެއްޖެ

    13
    20
  8. ހަސަދު

    ޑރ އިޔާޒު އެއްވެސް ގޮތަކަސް ކިޔަވާދޭ ތަނެއގައި ބަހައްޓަން ނުވާނެ. ލިޔުއްވާ ފައި ހުންނަ ފޮތްތައްވެސް ބަލާ ލާކަށް ނުކެރޭ.

    15
    11
    • ލައިބުރަރީ

      އެފޮތްތައްބަލަންކެރޭގޮތައްލިޔުމުގެ ޤާބިލްކަން ކަލެއަށްލިބިހުރި އިރުލިޔަންވީއެއްނު. ތިފަދަނުބައިމީހަކު ޝަހާދަތްކިޔަންވެސް ބޭނުމެއް
      ވާނެހެނެއް ހީއެއްނުވޭ. ތިކަލަބަހުލޫލުން ގިނަވީމާ
      ﷲކޯފާފޮނުއްވަނީވެސް. ތައުބާވުންލަސްނުކުރޭ. މަރުއެއީ ވަރަށްގާތުގައިއޮތްކަމެއް.

  9. ޢލަި

    ކުޑަކުއްޖަކާ ބެހުނީތޯ؟؟ މިކޮމެންޓް ޝެއަރ ކުރަން ނުކެރޭނެ

    11
    4
  10. ނިޒާމު

    ދެންބުނެދާނެ ކުއްޖަކާ ބެހުނީ އެ މިލާދީނީ ބަ އިގަނޑު ގައްދާރު އެންޑީޕީ ބަ އިގަނޑު ކެނޑިނޭޅި މަސައްކަތް ކުރަނީ އިސްލާމްދީން އާ އި ކުޅެން ޖެހޭނީ ގޮރުގޮރުގޮރުހޮރު ބަ އްލަވަން ...

  11. އަހުމަދު

    ތީ ލާދީނިއްޔަތު ފަތުރަން އުޅޭ ޔުނިވަސިޓީ އެއް ނޫންބާ؟ ތި އެމް އެން ޔޫ މަސައްކަތް ކުރާގޮތުން ހީވަނީ ޖާހިލުން ރުއްސާފަ މިތާގަ އިސްލާމް ދީން ވެސް އެމްޑީޕީގެ ޕާލިމެންޓު ގުރޫޕް ލީޑަރު ކަހަލަ ޖާހިލުން ބޭނުންވާ ގޮތައް ބަދަލު ކުރަނީ ހެން. އިޔާޒު އަކީ ހައްގަށް ބަސް ބުނަން ކެރޭ ދީނީ އިލްމުވެރިންގެ ތެރެއިން އަހަރެމެން ގަދަރު ކުރާ އިލްމުވެރިޔެއް.

  12. އަމީދު

    ކިހާ ތާހިރު.. މަސްތުގެ ހާލަތުގައި ރެޑުކޮއް ހޮނޑާފުށިން ހިފި ހާމިދު އަބްދުލް ގަފޫރުއަށް ޕޮލިހުގެ ބޯޑު މެމްބަރުކަންދީފަ ދީނީ އިލްމުން ޕީއެޗްޑީ ނަގައިގެން ދީން އުނގަންނަދީ ޝަރީއާ ކިޔަވަދޭން ހުންނަ އުސްތާދު މިފެންނަނީ ސަސްޕެންޑު ކުރާތަން. އެއީ މިސަރުކާރު ލާދީނީއޭ ލާދީނީއޭ ލާދީނީއޭ ތަކުރާރުކޮއް ހާމަކޮއްދޭ ހަގީގީ ހެއްކެއް.

    1
    1
  13. ލައިލާ

    ކަޅުބެ އަބުދުއްލަތީފު ސަސްޕެންޑް ކުރަން ވީކީ ނޫން. ތިކަލޭގެ ހަމަ މިހާރު ޔުނިވާސިޓީ އިން ވަކިކުރަންވީ

    2
    1
  14. އަޙްމަދް

    މިކަލޭގެ ދީންކިޔަވާހުއްޓަސް ސިޔާސީ ވައިރަސް އަށަގެންފައިވަނީ ކަރަންޓީނަށް 14 ދުވަސް ޖަހަލައިގެން ފިލުވައިނުލެވޭނޭ މިން ވަރަކަށެވެ.
    ދީންކިޔަވައިފައި ތިބޭ މިފާޑުގެ މީހުންނަށް ސިޔާސީ ބަލިޖެހިއްޖެނަމަ ދޭން އެއްމެ ރަނގަޅު ފަރުވާ އަކީ މުޅި ޢުމުރަށް ފުރަބަންދު ކުރުމެވެ.

  15. އެޖެންޑާ2021

    ޑ.ރ. އިޔާޒު އަކީ ދީނީ ޢިލްމުވެރިއަކަށްވާތީ އަހަރެންވަރަށް އަޙްތިރާމކުރަން އެހާމެ އުފާވެސް ވޭ. އެއީ އަހަރެމެންނަށް ދީނުގަ ކަންއޮންނަގޮތް ވަރަށް ރަގަޅަށް ވިދާޅުވެދެއްވާބެއިފުޅަކަށްވާތީ އުފާވާންޖެހޭ. އެފަދަބެއިފުޅުންނަށް ނަފްރަތުކުރާ ވަރށްބައިވަރު މީހުންއުޅޭ. މަތިފަޑީގަތިބި%90 މީހުން ނަފުރަތުކުރާކަމަށް ޤަބޫލުކުރެވޭ.

  16. އައްޔަ

    މި އީ ވަރަށް ރަނގަޅު ފިޔަވަޅެ އް. މީނާ ހިތުން މީނާ ނޫނި އްޔާ ނެތް ދީނީ އިލްމުވެރި އެ އް. މީނާ ބުނާ ގޮތް ނޫން ގޮތަކަށް ރަ އުޔު ނެރޭ ޢިލްމު ވެރިންނާ ހަޑިހުތުރު ބަހުން ދިމާކުރާނެ. މިކަހަލަ ހަރުކަށި މީހުން ބޭނުމެ އް ނުވޭ މި ރާ އްޖެ އަކަށް. ދީނީ އިލްމުވެރިންނޭ ކިޔައިގެން ކަމަކީ ތަނުގަ އި ފިތުނަ އުފެ އްދުން. މި އީ ކަހީނުންގެ ޒަމާނެ އްނޫން

    1
    1
  17. ދެފުއްމިޔަ

    ދީނީ ޢިލްވެރި ދީނީފޮތްތައް ލިއުއްވުމުގައި ފަރުޖައް ޒަކަރު ވެއްދިއެންމެކުޑމިނުން ޖުނުބު ވެރިވާނެވަރު ނުލިއުއްވާނެތޯ؟ ބުނަންތަ ދީނީ ޢިލްމުވެރިންނަކީ ހާދަހާވާ މާތްބައެކެވެ. އެމީހުން
    ދީނުގައިކަންކަންހުރިގޮތް އޮޅުން ފިލުވައިދޭތީ ގޯސްވަނީދޯ؟އެބެއިފުޅުންނަކީ އަޅުގަނޑުމެން ނިދަންތިބޭއިރު ދަންވަރު ނަމާދުކޮށް، ހޯމަ، ބުރާސްފައްޗާ، މެދުފޮއިރޯދައާއި، އަދިވެސް ސުންނަތރޯދަތާއި،ސުންނަތްނަމާދުތައް ކުރައްވާ ވަރަށްރަގަޅަށްދީންއަންގައިދިނުމުގަ އަވަދިނެތި އުޅޭބޭފުޅުން. އެމް.ޑީ.އެން ގުރޫޕު ކަމަކުނުދޭ.

  18. ސޭކު

    ސަރުކާރު ބަދަލުވި ދުވަހު އިޔާޒު ވިދާޅުވީ ޝުކުރުގެ ސަޖިދައެއް ޖަހަން. ޒައީދު ވިދާޅުވީ ހައްގަށް ނަސްރު ލިބިއްޖެ ކަމަށް. ދެން ނެތެއްނު ދައްކާނެ ވާހަކައެއް.