އއ. މާޅޮހުގައި މޫދަށް ވެއްޓި ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ 12 އަހަރުގެ އަންހެން ކުއްޖެެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ކުއްޖާ ގެއްލިގެން ހޯދަނުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެެވެ. އެ ކުއްޖާ މޫދުގައި އޮއްވާ ފެނިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު މޫދަށް ވެއްޓިގެން ކުއްޖަކު ނިޔާވިއިރު، މީގެ މަހެއްހާ ދުވަސް ކުރިންވެސް މޫދަށް ވެއްޓުނު ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. .

  އަންހެން ކުއްޖެއް އެއީ.

  16
 2. ގެރި

  ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރީގަ މީހަކު މަރުވިޔަސް ހިވާނީ އެމްޑީޕީ އެއްޗެހިން މޮޔަވެގެން ތެޅޭހެން

  18
  12
 3. ގެރި

  ހާދަ ގޮތްނޭގޭ މަރުތައް ގިނައޭ.. ދެންއަންނަ ސަރުކާރުން މި މައްސަލަތައް ބަލައިފިއްޔާ ރަނގަޅު

  16
  2
 4. އަހަރެން.

  ހުރިހާ ކަމެއް ސިޔާސީ ނުކޮށްބަލަ. ޙެޔޮ އެއްްޗެއް ދުލުން ކިޔެން ނެތިއްޔާ ނުކިޔުން ވަރަށް ރަނގަޅު. ކޮންމެ ކަމަކީ ވެސް ޢިބުރަތެއް.

  19
 5. އ. މ

  ލޮބުވެތި މައިންބަފައިން. ތިޔަބޭޅުންނާއި ޙަވާލުކުރެވިފައިވާ އަމާނާތްތަކާއި މެދު ފަރުވާތެރިވެލައްވާ. ހަމަ ކަށަވަރުން ދަރީންނަކީ އަމާނާތެއް.

  23
  1
 6. Anonymous

  ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ކުރީސަރުކާރުގެ މާސިންގަ ޚިޔާނަތްތައް ހާމައަށް ހުއްޓެވެ. ހަމައެކަނި އޮޑިޓްރިޕޯޓުތަކަށްބެލއިރުވެސް 2.3 ބިލިޔަން ރުފިޔާ ( 23ހާސް މިލިޔަން ރުފިޔާ )ގެ ޚިޔާނަތް މިނިސްޓްރީތަކުން ވެފައި ހުއްޓެވެ. އެހެނަސް ޔާމީން އެކަންކަން ބަލން ވަގުތު އިސްރާފްނުކޮށް ބެލީ ޤަވްމު ތަރައްޤިކުރެވޭތޯއެވެ. ފަސް

 7. ރުޤިއްޔާ

  ރައީސް ޔާމީން ވެރިކަމާ ޙަވާލުވިއިރު ކުރީސަރުކާރުގެ މާސިންގަ ޚިޔާނަތްތައް ހާމައަށް ހުއްޓެވެ. ހަމައެކަނި އޮޑިޓްރިޕޯޓުތަކަށްބެލއިރުވެސް 2.3 ބިލިޔަން ރުފިޔާ ( 23ހާސް މިލިޔަން ރުފިޔާ )ގެ ޚިޔާނަތް މިނިސްޓްރީތަކުން ވެފައި ހުއްޓެވެ. އެހެނަސް ޔާމީން އެކަންކަން ބަލން ވަގުތު އިސްރާފްނުކޮށް ބެލީ ޤަވްމު ތަރައްޤިކުރެވޭތޯއެވެ. ފަސްއަހަރުގެ ތަރައްޤިން އެކަން އެއޮތ ފެންނާށެވެ. އެކަމަކު ދެން ފެށޭ ޕީޕީއެމް ޕީއެންސީ ވެރިކަމުގައި އިންޝާއަﷲ މިހާރުގެ ސަރުކާރުން ހިންގާ ބޮޑަތި ޖަރީމާތަކާ 2009 ން 2011 ށް ހިންގި ޖަރީމަތައް ބެލި ޤާނޫނީ ފިޔަވަޅު އެޅިގެންދާތަން ފެންނާނެއެވެ.

 8. Azmeެ

  Raeeސ yaamin ves belee heskiyaafaި vakkan kurevey tho beleެ..

 9. ސަމްތިންގ ފިޝީ...

  އއ. އދ ގައި ފަހަކަށް އައިސް ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިން މިފަދަ ގޮތްގޮތަށް މަރުވާކަން ފާހަގަ ކުރެވެއެވެ. މިއީ މިހާރު ވަރަށް ސީރުއަސްކޮށް ތަޙުޤީޤު ކުރަންވެއްޖެ ކަމެކެވެ.