މިއަދު ހަވީރު އިދިކޮޅު ކޯލިޝަނުން މާލޭގައި ފެށި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ހަވީރު މާލޭގައި ފެށި މުޒާހަރާ މިހާރު ވަނީ ފުލުހުން ރޫޅާލާފައެވެ. އިދިކޮޅުން ނިންމައިގެން ތިބީ ހުއްޓުމެއް ނެތި މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.

އިދިކޮޅު ކޯލިޝަންގެ މަގުމަތީ ހަރަކާތްތައް އިންތިޒާމް ކުރާ ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލް "ވަގުތު" އަށް ވިދާޅުވީ ހުއްޓާނުލާ މާލެ މަގުތައް މަތީ މުޒާހަރާ ކުރުމަށް ޕީޕީއެމް-ޕީއެންސީ ހިމެނޭ ކޯލިޝަނުން ނިންމުމާއި އެކު ސަރުކާރު ޒިންމާދާރުކުރުމަށް ކުރަމުން ދާ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި،މާލޭގެ 10 ސަރަހައްދެއްގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ. އަދި މުޒާހަރާއަށް 1500 އެއްހާ މީހުން ނުކުތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާއެއް ބޭއްވިއެވެ. އެ މުޒާހަރާގެ ތެރެއިނވެސް ބަޔަކު ހައްޔަރު ކުރިއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނެއް ދިވެހިރާއްޖެ

    ކޮބާ. ހީސްލެވިއްޖެ؟

    1
    5
  2. އާދަމުގެދަރި

    މުޒާހަރާކޮށްގެން ބަލި ފެތުރޭނަމަ މިޔަންމާގައި މިހާރު މީހަކު ކޮޅަކަށް ނުހުންނާނެ. ބަޑިޖަހާއިރުވެސް އެތިބެނީ ގައިދުރުނުކޮށް މުޒާހަރާގައި. މުޒާހަރާއަކާ ތިޔަ ބަލިފެތުރުމަކާ ގުޅުމެއް އޮތްހެނެއް ހިއެއް ނުވޭ.

    17
  3. މަނީމަނީ

    15ދުވަހުގެ މުއްދަތް ޖަހަން ޖެހޭ މުޅިގަވްމު ބަލިމަޑުކަމަކައް ދުވާލީމާ ތިކަމުގެ އުނދަގޫ އުފަންޖެހޭނީ އެންމެން

    1
    14
  4. ލލސް

    ފުލުހުންގެ ނަމާއި ސާރވިސް ނަމްބަރު ފެންނަ ގޮތަށް ނުހުންނަނީ ކީއްވެ؟ ވެސްޓް އެޅިޔަސް އެހުންނަން ވާނީ ފެންނަ ގޮތަށް!