ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒްއަކީ "މުނާފިގެއް" ކަމަށް ބުނެ އޭނާ ހައްޔަރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ.

އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އިޔާޒް އަކީ އިސްލާމީ އެއްބައިވަންތަކަށް ނަގާލަން އުޅޭ މީހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އާޒިމް މިހެން ވިދާޅުވީ އިޔާޒު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

އެގޮތުން އިޔާޒަކީ މުނާފިގެއްގެ ގޮތުގައި ސިިފަކުރައްވާ އަލީ އާޒިމް ވިދާޅުވީ ދިވެހި މުޖުތަމައުގެ އިތުރުން، އިސްލާމީ އުންމަތް ބައިބައި ކުރާ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން ޖެހޭ ކަމަށެވެ. އަދި އިޔާޒް ހައްޔަރު ކުރުމަށް ގޮވާލާ އާޒިމް ވިދާޅުވީ އޭނާ ދޫކޮށްލައިފި ނަމަ، އަންހެން ދަރިން ދިރިތިއްބާ މަރަންވެސް ގޮވާލަފާނެ ކަމަށެވެ.

"ދިވެހި މުޖްތަމައުގެ އިތުރުން އިސްލާމީ އުންމަތް ބައިބައިކުރަން މަސައްކަތް ކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރުމަށް ގޮވާލަން. މީ ދޫކޮށްފައި ބަހައްޓައިފިނަމަ އަންހެން ދަރިން މަރަންވެސް ގޮވާލަފާނެ" އިޔާޒް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވިއެވެ.

ޑރ. އިޔާޒު ކުރި އެ ޓްވީޓަކީ އެޗްޕީއޭއިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެކެވެ. އެގޮތުން ގައިދުރުކޮށް އަޅުކަން ކުރުމަކީ އެހެން ދީންތަކުގެ މީހުންގެ އާދައެއް ކަމުން އެކަން މުސްލިމުންކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ޕޯސްޓްތަކާއި ގުޅިގެން ޑރ. އިޔާޒަށް އާންމުންގެ ފާޑުކިޔުންތައް ވެސް ކުރިމަތި ވެފައި ވަނިކޮށް މިއަދު އޭނާ ވަނީ ވަޒީފާއިންވެސް ސަސްޕެންޑްކޮށްފައެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސީޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރުކަން އަދާ ކުރައްވަމުން ގެންދަވާ ޑރ.އިޔާޒް، ވަޒީފާއިން ސަސްޕެންޑު ކޮށްފައިވަނީ 14 ދުވަހަށެވެ. އެމްއެންޔޫގެ އެޗްއާރުން ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ.

ނަމަވެސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނެ ކަމަށްއިޔާޒް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. ޢއއ

  ކަލޭ ތިމަގާމަށް ހޮވާފަ ތިހިރީ ފުއްޕާކަށް ނޫން އެންގޭ.

  91
  8
 2. ވެންޓިލޭޓަރ ވަގު

  އެމްޑީޕީ އެއްޗެހިންގެ މުނާފިގުކަން މާބޮޑު ހެން ހީވަނީ.. ވައުދު ނުފުއްދާ ރައްޔިތުންގެ ލާރިކައި ލާދީނީ ކަންކަން ހިމާޔަތް ކުރުން ނޫންކަމެއް ނުފެނޭ

  110
  2
 3. ރަނާ

  ފުރަތަމަ ހަ އްޔަރު ކޮށް އިސްލާމްދީން ދަސްކޮށްދޭންވީ ތިޔަބުނާ މުނާފިގުމަތީ މުނާފިގު ފަޅާފަހުރި އާޒިމް އަށް . ހޭބަ އްޔާ މުނާފިގަކީ ކޮން ބަޔަކަށް ކިޔާ ނަމެ އްކަން ވެސް މިފުރޭތަ އަށް ނޭގޭ އަގަފުޅާ ކުރާ އިރު . ފުރަތަމަ ހެ އްދެވި ފަރާތް ހަނދުމަ ކޮށްބަލަ ތިމާވަރުގެ ބޮޑު މުނާފިގެ އް ހަމަ ގަ އިމު މިދިވެހިރާ އްޖެ އަކު ނުހުންނާނެ

  95
  2
 4. ވަގަކާއިމުނާފިގު

  ވަގަކު މުނާފިގަކަށް މީހަކު ހަދައިފި.

  75
  1
 5. އއއ

  މި ބޭފުޅާ ފުރަތަމަ ހިފާ ހައްޔަރަށް ލާންވީ، މަލީހު ބޭރުކުރި ދުވަހުވެސް މިބުނަނީ އިތުބާރު ގެއްލުނު ސަބަބުވެސް ބުނެދޭކަށް ނުޖެހެއޭ. ޝަހިންދާ ހައްޔަރު ކުރަންކީއްވެތަ މެޖޯރިޓީ ލީޑަރު ޓްވީޓް ނުކުރީ

  91
  1
 6. މާސީ..

  އިޔާޒާއި އެކު މި މުނާފިގު އާޒިމުވެސް ހައްޔަރު ކުރަންޖެހޭ// މީނައަކީ ލާދީނީ ބައިގަނޑަށް ހިއަވަރުދޭ ، ބޮޑު މުނާފިގު މީހެއް

  74
  1
 7. ހަސަނުގެ ދަރި

  ނުރަގަޅު އަސަރެ އް ނޫން ކުރަނީކީ . އިސްލާމް ދީނުގަ އޮންނަ ގޮތް ސާފުކޮށް
  ދެ އްވަނީ . ސަރުކާރުން ކުރާ ކަން ތަކާ ދެކޮޅަށް އެއ އްޗެ އް ބުނާ މީހާ ހަ އްޔަރު ކުރާ ދުވަސް މި އޮތީ އަ އިސްފަ ނަންވާނީ މަ އުމޫނު . އާޒިމަށް ޖެލޫސިލް ބޯންދޭން ފެނޭ .އޭނާގެ ހަޖަމް ވަރަށް ގޯސްވެގެން އުޅެނީ

  75
  1
 8. މާމީ

  ރާކަނި މަސް ކެވިއްޖެ ނު

  49
 9. ގައުމޭމުހިންމީ

  ބަލަ މިގައުމުގަ ދިރިތިއްބާ ދޭތެރެ ދުރުކުރާ ޕޮރޮގުރާމުން އައްޑަނަ ބަހައިގެން ކިތައް ދަރިންތޯ މަރުވީ މިގައުމައް ދިމާވެގެން އުޅޭ އެންމެ ބޮޑު މުސީބާތަކީ އެއީ އާބާދީމަދުކަން ތިގޮތައް ހައްޔަރު ކުރަންޏާ އެންމެ ކުރިން ހައްޔަރުކުރައްވާނީ ސަފާރީތަކުގެ ފަޅުފިލުވަން ޒާއްޒާތުގެ ސިރަޕް ހިއްޕަވާ ވާނުވާ ނޭންގިފަ ތިބި މީހުން ކަމެއްވާއިރައް ހައްޔަރޫ ރުކުރަލޭ މިކިޔަނީ ވެދުން

  56
  2
 10. އަސްލު

  އިޔާޒްއަކީ މުނާފިގެއްކަމަށް ބުނި މީހަކީ ލާދީނީ ހައްދުފަހަނައެޅި އެއްޗަށްނޫނީނުވާނެ...

  77
  2
 11. ގައުމީ ލޯބި

  ޑރ. އިޔާޒާއި އަޅާ ބަލާއިރު އަލިފު ބާ ވެސް ނޭގޭ މީހަކު މީ

  ބަލަ އަހަރުމެން ގާތުގައި އިޔާޒު ގެ އަގު މާ މަތިވެރި. އޭނާ އަކީ ކީރިތި ޤުރުއާނުން ޕީއެޗްޑީ ހަދާފައިވާ ދީނީ އިލްމުވެިރޔެއް.

  އެފަދަ އުސްތާޒުންނަށް މުނާފިގު ގޮވާމީ ހާގެ ހުރި ނާތަހުޒީބު ތަންދޮރު ނުދަންނަވަރު އެންމެނަށް ފާޅުކަން ބޮޑު ކޮށް އެގޭ..

  މަޖިލީހަށް ވަދެވުނީމަ މާމޮޅުވީކަމަށް ހީކުރަނީ ތީ ޖާހިލުންގެ ގޮތަކީ

  ހައްޤުބަސްބުނާތީވެ ރުޅިއަޔަސް ޝޭއިޚުންގެ އަގަ ބަންދެއް ނުކުރެވޭނެ

  83
  3
 12. ކުޑޭ

  އަލީ އާޒިމް އަކީ ހައްދުފަހަނަޅާފައިވާ ދީނާއި ދެކޮޅު މީހަކީ ބުނީމަ ގޯސްތަ؟

  ދީނީ ޝޭއިޚްނުާއި ދިމާކުރާނަމަ، ދެން ފަހަރަކު މަޖިލީހަށް އަލްވަދާޢު ކިޔުމަށް ދެވޭ ދައުވަތަކަށް އެކަން ވާނީ..

  އަހަރުމެން ވޯޓު ދިނީ ދީނީ މީހުންގެ އަގުވައްޓާކަށް ނޫން.. ފެންވަރު ނޯޅޭތި..

  އަހަރުމެން މަޑުން ތިބުމަކީ ތިބޭފުޅާ ބޭނުން އެއްޗެއް ކިޔަން ދެވޭ ލައިސަންސެއްނޫން.

  68
  2
 13. މުހައްމަދު

  ކޮން މުނާފިގެއް ކިޔާކަށް ، ކަލޭމެންގެ ހުރި ސޯލިހު ކަމުގެ ސަބަބުން އަހަރެމެން މިއުޅެންޖެހެނީ ދެފައި އެއްތަން ނުކުރެވިގެން.. އަދި އެބަ ކިޔައޭނުން މުނާފިގޭ..

  61
  2
 14. Anonymous

  އާޒިމް ތިހިރީ ހަ އްދުން ނެ އްޓިފަ، މުނާފިގުންގެ ގްރޫޕަކަށް ވަދެފަ ތިހިރީ.

  60
  4
 15. ކަމަނަ

  މި ޢަލީ އާޒީމް ނޮހޮރޮއްޕާން އަކީ މީކާކުތަ؟ ކަލޭ ވިހައި އިރު ކަލޭގެ އަމާބަފާ ދީފައިން ޢިއްޒަތެރި މެމްބަރުކަމެއްތަތީ؟ ނިކަމެތި ރައްޔިތުންގެ ލޭބޮއެގެންހުރެ ކަލޭ ލަދެއް ހަޔާތެއް ނެތްތަ ރައްޔިތުން ކަރަށް ފައިންއަރަން؟ ކަލޭމެން ކަހަލަ ދީނެއް މިއްލަތެއް ނުދަންނަ ނޮހޮރޮއްޕާނުން މި އިސްލާމީ ގައުމުގެ ރައްޔިތުންގެ މަޖީލީހާ ހަވާލުފަހުން މިގައުމަށް ހުރިހައިވެސް ނޮހޮރޮއްޕާނެއް މި ޖެހެނީ. ވަރަށް އަދަބުވެރިކަމާއެކު ޑރ.އިޔާޒަށްވެސް ދަންނަވަންއޮތީ މަނިކުފާނުމެންަކަހަލަ މަދު ޝެއިޚުންކޮޅެކޭ މިބައިމީހުންގެ މުނާފިގުކަން އެނގިތިބެ މިބައިމީހުންނަށް ބައިއަތު ހިފައި މިބައިމީހުންނަށް ވެރިކަން ދިނީ. ދެން ހިތިބޭސް ހިއްޕެވުން ނޫން ގޮތެއް ނެތޭ.

  47
  2
 16. ޖަނާޒާ

  އާޒިމް ކަލޯ! ތިޔަ އޮޅެނީ ބޫޓުގެ ސައިޒް. މުނާފިޤު ނޫންމީހެއްކޮބައިތޯ؟ މި ޤައުމުގައި ތިޔަ ބައިގަނޑުތެރޭގައި.

  52
  3
 17. ޙ

  ތިމާ ފޭހުނު އިލޮށިގަނޑު މިވަނީ ތިމާގެ ލޮލަށްހެރިފައެވެ.

  42
 18. ޢަދުރޭ

  ރުޅިވެރިކަމާ ނަފްރަތުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ . ރައްޔިތުންގެ މަޖްލިސް މެންބަރުން އަޅުގަނޑުމެންނަށް ރީތި ނަމޫނާ ދައްކަވާ އަޚް އަލް އުސްތާޒް ޢިޔާޒް ވެސް މުޖްތަމަޢުގެ އެހެން މީހުންގެ ވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިޙްސާސް ތަކަށް ބައްލަވާފައި ދީނީ ވާހަކަ ދައްކަވާ . މި ރާއްޖޭގައި އިސްލާމުން އުޅޭތާ 800 އަހަރު ވެއްޖެ . އަލަށް އިސްލާމް ވެގެން އުޅޭ ބަޔަކަށް ދީން ކިއަވައިދޭ ގޮތަށް ދީން ކިއަވައިދޭން ނުހައްދަވާ

  27
  7
  • ބޮކުރީ

   މީގެ65އަހަރުކުރިންފެށިގެން ދުނިޔޭގަ އުޅެއުޅެ ތިބިމީހުން އެހެންވިއްޔާ މާމޮޅުވެސްވާނެތާ. މިހާރު މިޤައުމު ޤުރްއާން ހިތުދަސް ކުޑކުދިންވެސް ތިބޭއިރު ތިބުނަނީ ގިނަދުވަސްވިމީހުންމޮޅުވާނެ
   ކަމަށް ނޫންތޯ؟ އެހެންވީމަ ދަރިންވެސް މައިންބަފައިންނަށްވުރެ މޮޅެއްނުވާނެދޮއްތޯ؟

 19. އިއްބެ

  މުނާފިގެއްގެ ސިފަތައް ނުދަންނަ ޖާހިލުން ނާއި މެދު ވިސްނަންޖެހެއެވެ.

  41
  2
 20. އަލި ދީދީ

  ވަރަށް ރަނގަޅު ވާހަކައެއް.. ހައްޔަރުން ކުރަން ވީ ހަމަ.. ހެހެހެހެ

  7
  37
 21. ޝޮކްތެރަޕީ

  ވާގޮތަކީ ޖީއެމްއަރުން ރީލޯޑް ކުރިމީހުންނަ ޤައުމީޔަތު ނެގިފަ މިއޮތީ.

  43
  2
 22. ނާޝިޒް

  އެބަ ރަނގަލުވޭ ވޯޓުން ވައްކަން ކޮށްގެން މިސަރުކާރު ގެންނަން އިޔާޒް ވެސް ބައިވެރިވި ތީ ހަމަ އިބިލީހެއް ފައްކާ....

  10
  22
 23. ދޮނޭ

  އާޒިމް ދީނީޢިލްމުވެރިންނަށް ހާދަވަރެކޭ ތިކުރަނީ މުސްލިމެއްކަން ޔަޤީންވާހިސާބުން އެމީހަކަށް މިބައިގަނޑު ޖައްސައިލާނެ

  46
  1
 24. މަވެސް

  އާޒިމު ހައްޔަރު ކުރަން ގޮވާލަން

  53
  1
 25. އއއއ ، 5 .މާޗު ،2021

  ތީކާކު ތި އަލީއާޒިމް ވަރުގެ ހަރަންކޯރުވާމީހަކުނުހުންނާނެ އޭނާ އެއްފޭއެމްގަ ހުރީއިރު ރެފުރީންގެ ހަގުކާލާޗާގެން ބަޑުއަޅާ ދިރުވާލާގެން މިޔަވުރެން ބޮޑުމުނާފިގެވޭބާ ރ.ޔާމިނަ ވަގަގޮވަމުން ދުވާއިރު މިޔަވުރެން ބޮޑުވަގެވޭބަ.

  20
 26. ސަފިއްޔާ

  މަޖިލީހުގެ މެމްބަރުކަން ލިބުމަކީ ތިމާއަށް ނަރަކައިގެ އަލިފާނުން ރައްކާތެރިކަން ލިއްބާދޭނެ ކަމެއްނޫނެވެ. އަދި އެއީ މާތް ރަސްކަލާނގެ ކޯފާއާއި އެކަލާނގެ ވޭންދެނެވިއަޒާބުން ތިބާ އިސްތިސްނާކުރުވާނެ ކަމެއްވެސް ނޫނެވެ. އަދި ކިއިއްތަ އެއީ މާތް ރަސޫލާގެ އަމުރުތަކައް ތަކާއި ދެކޮޅުހެދުމަށާއި އެ ރަސޫލާގެ ވަސިއްޔަތައް ޚިޔާނާތްތެރިވެގެންވާހާލުގައި ތިމާ ނަރަކައިން ސަލާމަތްކުރުވާ ކަމެއްވެސް ނޫނެވެ. ކަންމިހެން އޮތް އިރު އާޒިމްގެ އަނގައިން ތިޔަ ނިކުންނަ ވާހަކަތަކަކީ ކިހާވަރެއްގެ ބުއްދިޔެއް ފިކުރެ މަތީގައި އިސްވެދެންނެވުނު ކަންކަމައް ރިއާއަތްކޮއް ނެރެގެން އުޅޭ ބަސްތަކެއްތޯ ވިސްނާފިކުރުކުރާހުއްޓެވެ. ހަތަރުފަރާތައް އެނބުރިބަލާށެވެ. އެކަކައްވެސް އެމީހަކު އެމީހަކުގެ ވެރިއިލާހުގެ ހަޒްރަތައް ގެންދެވޭހިނދު އެމީހަކުގެ އުމުރައް ނުވަތައް އަދާކުރާ ވަޒީފާއަކައް ނުވަތަ ކޭ މޮޅުބޭހަކައް ނުވަތަ ވެކްސީނަކައް ބަލާފައި ދުނިޔޭގަ ހިތައްއެރިހާ ކަމަކާއި ބަހެއް ބުނަން އެކަލާނގެ ދޫކުރައްވާފައިވޭތޯ. މާތް ރަސްކަލާނގެ ކީރިތި ގުރްއާންގައި އެންމެ ފަހުން ބާއްވާލެއްވި އާޔަތުގެ މާނާގައި ވަނީ ކީކޭތޯ ހޯދައި ބަލާބަލާށެވެ.

  21
 27. ވަތަނަބޭ

  ދޭތި ހައްޔަރުކޮށް ދޭތިވެސް އެއް ގޮޅިއަކަށް ލާންވީ

  5
  9
 28. ޓ

  ޑރ. ޙަސަން ހަމީދު...އިސްތިއުފާ....

  17
 29. ކަމަނަ

  “ޑޮކްޓަރ ޢިޔާޒު” މިހެން މިކިޔަނީ ކަމެއްވީމަ! ޢާޒިމަށް އަދި މިދާއިރާއިން އަލިފް ކިޔަން ނޭގި ތިހުރީ! ފުރަތަމަ އަލިފު ބާގެ ފިލިތައް ދަސްކުރޭ!
  ޢިސްލާމި ވަހްދަތު ނޭގޭ މީހަކު ކޮން މެމްބަރު ކަމެއް ކުރެވޭނީ!
  ޓިމަޤާމަށް ޤާބިލެއް ނުން އިސްފާދީފަ އިސްލާމް ދީން އޮޅުންފިލުވަންދޭ!

  21
  1
  • ޑެޑުއހފޯސް

   އމަޖުލީހަށް އަންނަނީ އިސްލާމަދީނަށް ނަސްރުދޭކަށްނޫން ޑިމޮކުރަސީގެ ގުނަވަންތަ އް ވިންދުޖަހަނީ ކުފުރަ އް މަޖުލީހުން އެކުރަނީ އެކަން. ﷲގެ ހުކުމުގެ ބަދަލުގަ އި އަމި އްލަ ވަޟަޢީ ހުކުމްތަކެ އް ޤާނޫނުތަކެ އް

 30. ާކޮމެންޓް

  ކޮމެންޓްތައް ކިޔާލާފަ ހަޤީޤަތުގަވެސް ދިވެހިން ދީނަށް ކުރާލޯބި ވަރަށް ވެސް ރަގަޅަށް ހާމަވެއްޖެ. އިޔާޒު އަކީ ދީނީ އިލްމް ވެރިޔަކަށް ވީތީ އެއްވެސް މީހަކު އޭނަޔާ ދިމާލަށް ބަދު ބަހެއް ބުނާކަށް ދިވެހިންނެއް ނޭދުނު. އެކަން އިޔާޒުއަށް ވިސްނި ތިމާގެ އަމަލުތަކާމެދު ވިސްނާނެ ނަމަ .....

  18
 31. ޙހ

  މުނާފިގުން ހައްޔަރު ކުރަންޏާ ތިލިސްޓު ވަރަށްދިގު. ޢެމްޑީޕީ ގެ ލީޑާޝިޕް އެކޮށް ދާނެ.

  24
 32. ޝަމީން

  ކުރީގަވެސް އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައީ ދީނާއި ޖައްސާލައިގެން އުޅެންހަދައިގެން.. މިފަހަރުވެސް ވަމުން މިދަނީ ހަމަ އެހެން. އިންޝާ ﷲ އެމްޑީޕީގެ ލާދީނީ އެޖެންޑާއަށް ފުރިހަމަ ނިމުމެއް ގެނެސް ދެއްވައި އަޅަމެންގެ ހިތްތަކައް އުފާވެރިކަން ޖައްސަވާށި.

  27
  1
 33. ތިލަކޮށި

  ތިޢާޒިމަށްވަމުންތިދާގޮތްދެކިބަލަ. އިސްލާމްދީނުން ޒައްރެއްގެމިންވަރުވެސް ހުރިނަމަ ތިފާޑުގެ އެއްޗެއް
  ބުނަންކެރޭނެތޯ. ޑ.ރ އިޔާޟު އަކީﷲބާއްވާލެއްވި ކީރިތި ޤުރްއާން ކިޔެވުމާއި، އޭގެމާނަވެސް އެގޭ ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. އާޒިމަކީ އިޔާޟު
  ގެކުރިމަތީގައި އިދެގެން އެއްދުވަހުން އިޚްލާޞް ސޫރަތްވެސްކިޔައިލެވޭ ވަރުގެ މީހެއްނޫން. ތީވަރަށް ހަޑިކޮށް ގޮނޑިމައްޗަށް ބަލިވާމީހެއް.

  18
 34. ކިނބޫ

  މި މުނާފިގަށް އެ މުނާފިގު ނިކަން ރަނގަޅަށް އެނގޭނެ. ގޭދޮށު ކުއްޖެއްނު!

  7
  2
 35. ބޮކުރީ

  މުނާފިޤުންގެފާހަ3. އެ3ފާހަގައަށްބަލާއިރު 3 ފާހަގަ
  ވެސްފުރިހަމަވަނީ ޢާޒިމަށް ކަމަށް ތުންފަތްވެސް
  ހެކިދޭނޫންތޯ؟ ޢާޒިމަކީޕީ.ޖީ.ގުރޫޕުގެ ލީޑަރ ކަމަށް ވީއްޔާ ތިމާގައިގަނެތްފެންވަރެއް އާދޭތަ؟ ބަލަ ޑ.ރ.ޢިޔާޒަކީޝައިޚުންގެވެސްމަތީދަރަޖައިގެ
  ވަރަށް އަގުބޮޑު ހިތްތިރި ޚުލްޤުހެޔޮބެއިފުޅެއް.
  ޢާޒިމަކީ އަމިއްލައަށް މާމޮޅުކަމަށްވެގެންއުޅޭ އެހާފަސޭހައިން ގޮނޑިމައްޗައްބަލިވާ ދެއުޅި
  އެއްނުވާމީހެއް. ބަލަ ތިކިޔާ ރ.ޓީވީގެ ޕްރޮގުރާމަށް އަރައި އަނގައޮޅި ގޮނޑިމައްޗަށް
  ބަލިވެ ވެލކެއިތަންވެސް ވަރަށް ގިނަބައަކަށް ވާނީފެނިފަ."ތިކަހަލަމީހުނަށް ކަނޑުކޮހުންނޭވެސް
  ކޔާއުޅޭ"

 36. ޟިގދ

  މޫމިއާގޭ ތެރޭގަ އޮންނާނެ ނާޒިމާ. ...........

 37. ދެފުއްމިޔަ

  ކަލެއަށްއެގޭތަ މިހާރު ފޮޓޯއިންވެސް ޑ.ރ.އިޔާޟުއަތުން މުޞްޙަފެއް.ދެންނިއްކުރިއާި، މޫނަށްބަލާލާ ކިހާބޮޑުތަފާާތެއް ހުރިތޯ؟ ބުނަންތަ ދެޠަހާރަތު ގެއްލިފަ ހުރިމީހަމު ނަމާދު ކުރާނެގޮތް
  ނެއިގޭއިރު އެކަންކުރަންޖެހޭގޮތް ޑ.ރ އިޔާޟު ދަންނާނެ. ވިދާޅުވެ ވެސްދެއްވާނެ.

 38. ބަހުބަރު

  ޑ.ރ.ޢާޒިމް މޮޅުވުމަކީ ފުއްޕުން ކަމަށްވަންޏާ ތަޢުލީމީ އަދި ޢިލްމީކޮތުން ފުއްނާބު ތިރިވާނީ
  ފަހެކާކު. ކަލޭ އިޔާޟު އަކީ މުނާފިޤެކޭ ބުނާ
  އިރު ކޮންބާވަތެއްގެ މުނާފިޤެއްކަންވެސް ބުނެލި ނަމަކިހާސަޅިވީސް. މިހާރުވެސްމިބުނަނީ އެގިހުރެ
  ގެން. ތިޔަރޫހާނީލީޑަރ ގެންގުޅޭ ކޮންމެފޯނެއްވެސް
  އިޔާޟު ގެންގުޅޭ ފޯނަށްވުރެމޮޅު. އެކަމަކު އިޔާޟު
  ގެ ކިހިލަފަތްދޮށުނ ކަނޑާލާ އިސްތައްޓަކާވެސް
  ކަލެއާ ހަމަނުވާނެ. ކަލޭތިޔަދާމިސްރާބަށް ދަތުރު
  ކުރެވޭނަމަ އެއްޖިންސުންކައވެނިކުރުމާއި، މައިން
  ބަފައިން ވަކިނުވާ ހިސާބަށް ދިއުމަކީ ދުރުގަ އޮތް ކަމެއްހެނެއްހީއެއްނުވޭ. ބަލަﷲއަންގަވައިފައިވަނީ
  ތިމަންﷲތެދުމަގު ދައްކަވައިފމީހަކު މަގުފުރެއްދޭނެ
  މީހަކުނުވާކަމަށް.އަދިﷲމަގުފުރައްދައިފި މީހަކަށް
  ތެދުމަގުވެސް ދެއްކޭނެ މީހަކުނުހުންނެކަން. އަދި އެފަދަ ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ޥާރިޘުން
  ނަށް.އަހަރެމެން ޢަމަލުކުރާނީ ޤުރްއާނާއި، ސުންނަތައް. ތައުބާއަކީގިނަގިނައިންވާންޖެހޭކަމަކަށް ވާއިރު އަވަހަށް އެމަގުންހިގުންމާރަގަޅު.

 39. ޢަނަސް

  ޢޭރުވެސް ބުނިން ތިމީހުން ވެރިކަމަށް ގެންނަން އެހީނުވާށޭ. ޢެކަމު އެދުވަހު އިސްކުރެވުނީ އަމިއްލަ އެދުން.

 40. ޖާބެ

  އިޔާޒް ދެންދޭ އިބޫކައިރިޔައް ގޮސް ވާހަކަ ދައްކާ އިރައް އޯކޭވާނެ، ބުއްދި ހަމަނުޖެހޭ އިޔާޒުމްން ދީންހަލާކުރުމުގަ ތިޔައޫޅެނީ

 41. ޢަބްދުﷲރަޝީދު

  ޢަލީޢާޒިމް ކަހަލަ ޖާހިލު މުނާފިޤުންނަކަށް މުނާފިގުންނެއް
  ދެނެގަންނާކަށްނޭނގޭނެ ﷲގެކޯފާއެކަލެޔަށް އައުމުގެކުރިން
  ތައަނގަގަނޑުމައިތިރިކޮށްހަމަހިމޭންވޭ ތިޔަމަގާމުގެއްލއްޖެނަމަ
  ދެންއަނބުރާއިޔާދަނުވާނެ އިންޝާﷲ ނިޢުމަތްދެމިއޮންނާނީ
  ނިޢުމަތަށްޝުކުރުކުރާމީހުންނަށް

 42. ޢަބްދުﷲރަޝީދު

  ޢަލީޢާޒިމް ކަހަލަ ޖާހިލު މުނާފިޤުންނަކަށް މުނާފިޤުންދެނެގަންނާކަށްނޭނގޭނެ ﷲގެކޯފާއެއްނާންނަނީސް
  ތިޔައަނގަގަނޑުމަޑުކޮށްގެންހުރެވޭތޯބަލާ ތިޔަނިޢުމަތްދާދިއަވަހަށްނެތިހިގައިދާނެ ދެންއަނބުރާއިޔާދަނުވާފަދަގޮތަކަށް މައިތިރިވޭ