ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލި ގއ. މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް މިމަހުގެ އެއް ވަނަ ދުވަހު ގެނެސްފައިވަނީ އެރަށުން ފައްސިވި މީހަކާއި ގާތުން އެއްތާވި ބަޔަކު ހޯދުމުގެ ގޮތުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ފެންނާތީ އެރަށުގައި އިއުލާނު ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އެރަށުގައި އިއުލާނު ކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލާފައިވާއިރު، މިއީ އެރަށް ދެވަނަ ފަހަރަށް މޮނިޓަރިންގް އަށްލި ފަހަރެވެ. އެންމެ ފުރަތަމަ އެރަށް މޮނިޓަރިންގް އަށް ލާފައިވަނީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެ ރަށުގެ މޮނީޓަރިންގ ހާލަތު އުވާލީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

އެރަށް އެންމެ ފުރަތަމަ މޮނީޓަރިންގއަށް ލީ ދެއްވަދޫއަށް ކޮވިޑް-19 ފެތުރުނުކަން އެނގިގެން ގޮސްފައި ވަނީ ޑިސެންބަރު މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

އޭގެ ފަހުން އެރަށުން 69 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު