އައްޑޫސިޓީއަށް ގެންނަން ނިންމާފައިވާ އަސްތައް މިރޭގެ ވަގުތެއްގައި އެސިޓީއަށް ދާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހިފޭ ފަރާތަކުން "ވަގުތު" އަށް ވިދާޅުވީ، މިރޭގެ ވަގުތެއްގައި އަސްތައް އައްޑޫއަށް ގެންނާނެ ކަމަށެވެ. އެހެން ނަމަވެސް އަސްތައް އައްޑޫއަށް ގެންނަ "ސަދަން ސްޓެލިއަންސް" އިން ބުނީ، ދިގު އިންތިޒާރަކާއި ގޮންޖެހުން ތަކަކަށްފަހު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އަސްތައް އެ ސިޓީއަށް ގެންނާނެ ކަމަށެވެ.

ސަދަން ސްޓެލިއަންސް ބުނީ، އަސްތައް އައްޑޫއަށް ގެނައުމުގެ ކުރިން އަސްތަކަށް ފަރުވާދޭނެ ވެޓް އެއް ހުރުން މުހިންމު ކަމަށް ބުނެ ގިނަ ބަޔަކު އެކަމާއި ވާހަކަ ދައްކާފައިވާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ވެޓްގެ އިތުރުން އަސްތަކަށް ބޭނުންވާ ކާނާ އަދި ބޭހާއި ބެހޭ ގޮތުން އަސްތައް އައްޑޫއަށް ފުރުވާލުމުގެ ކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ދިގު އިންތިޒާރަކަށް ފަހު އައްޑޫއަށް އަސްތަކެއް ލިބޭއިރު، ސަދަން ސްޓެލިއަންސްއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އައްޑޫސިޓީ ކައުންސިލް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްލާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ ފަރާތުން އެކަމަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ.

މިއީ އައްޑޫގެ ޓޫރިޒަމް ކުރިވަރުން ފަށަން އުޅޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެމަންޖެ

    ކެނެރީ ނަޝީދު ތިޔަގެ ދިމާލަކައް އަރުވާ ފުރަތަމަ.

    10
    • މާން

      އިންޑިޔާ ސިފައިންގެ ގެ ބޭނުން ބަގާވާތް ނާކާމިޔާބު ކުރުން ފެން ލަ ލަ ލާ.!!!!!؟؟؟؟؟؟؟؟

  2. Anonymous

    ކޮންމެ އަހަކށް އިންޑިއާ 10 ސިފައިން. އަސް ދުއްވަން ވެސް އިންޑިއާ ސިފައިން އޯކޭ ނު

    14
  3. ބޯކިބާ

    އަސްވިއްކިއަސް ލަގަން ނުވިއްކާތި.

  4. ޞާރި

    ގޫ ބަ އްޑާމެން ހަ އްދަން ގެންދާ 2 އަސް .... ހީ ހީ ހަލާކު... ދެން ވޯޓް ދީ...

    12
    7
  5. ހުސޭނުބޭ

    ވީމާ މިރޭ އައްޑޫ ތަރައްޤީވެ ނިމޭނެ! ދެން ނުޖެހޭނެ އިތުރު އެއްވެސްކަމެއް ކޮށްދޭކަށް! އެހެންނު!

    15
  6. ރާފިޢު

    ހެހެހެ އަސް ތަރައްޤީ

    14
  7. އަސް

    ކޮއްކޯ އަސްތައް އެބަހުރި ހިތަދޫ ކަސްޓަމްސް ގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  8. އައްޔު

    އަސްތަށް ބެލެހެއްޓުމުގެ ނަމުގައި އިންޑިޔާ ސިފައިންގެ 100 މީހުން. ރައްޔިތުންކައިރީ ބުނާނީ އަސްބެލެހެއްޓުމަށް އެންމެ އެކަށޭނަ ބަޔަކީ އިންޑިޔާ މީހުންނޭ އެއީ އެއްގޮތަކަށްވެސް ސިފައިންނެއްނޫނޭ ޝުކުރިއްޔާ ގައުމެއްނެތް އުތުރުފަޅުން މިހާރު އެމްއެންޑީއެފް ބާލައިފި އައްޑޫ ގައި ހެލިކޮޕްޓަރު ބަލަހައްޓަންތިބޭ ތަނަށް އެމްއެންޑިއެފްއަކަށް ނުވަދެވެޔޯ ސާބަހޭ

  9. ޅަބޭ

    އައްޑޫ މީހުން ބޯގަޅިކޮއްލާފަ އެމީހުންގެ ވޯޓުހޯދަން އަސްތައް ބޭނުންކޮއްލަން ވަރައް ފައްކާވާނެ. އައްޑޫއިންގެ ބޯކާލެވޭނެ ހަމަ ކޮންމެ އެއްޗަކާ ޖަހައިގެންވެސް. ހެހެހެހެހެހެހެހެ

  10. ކޮރަލް

    އިންތިހާބައް ހުރިހާ ކަމެއް ކުރިއަސް ވޯޓެއް ނުދެވޭނެ އެވެ.

  11. ހައްޖަ

    ހުޅުމާލެ ސެންޓުރަލް ޕާރކަށް ތިއަސްތަން ގެންނަން ބީ އޭރުން އަހުގެ ބޭނުން ހިފޭނި

  12. ގަލަން ތުނޑު

    މީ ކޮންބައެއް ގެންނަ އެއްޗެއް.. ދެން ތިލަދުންމައްޗަށް ޒިބްރާއާއި ޖިރާފް ގެންނާނީ