އިދިކޮޅު ކޯލިޝަނުން ކުރާ ސިލްސިލާ މުޒާހަރާތަކުގައި ބޭނުން ކުރާ "ސްޓްރެޓެޖީ" މިރޭގެ މުޒާހަރާއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށް އެކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ މީގެ ކުރިން އިމްރާން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވާފައެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާގައި ގެންގުޅޭ ސްޓްރެޓެޖީ އެގޭކަމަށް އިމްރާން ވިދާޅުވި ނަމަވެސް އެއީ ވަރަށް ގޯސް ހީއެއްކަން މިއަދުގެ މުޒާހަރާއިން އިމްރާނަށް އެގިގެން ގޮސްފައިވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކުލަވާފައި އޮންނަ ކޮމިޓީއަކުން އޭރެއްގެ އޮތް ހާލަތަކަށް ރިއާޔަތް ކޮށް ނިންމާނެ މުޒާހަރާ ދާނެ ގޮތް، އިމްރާނަށް މިރޭ އެނގިގެން ދާނެ ޕީޕީއެމްއާއި ޕީއެންސީއިން މުޒާހަރާ ކުރުމުގައި ގެންގުޅެނީ ކޮން ކަހަލަ ސްޓްރެޓެޖީއެއް ކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިމްރާނަށް އިދިކޮޅުން ގެންގުޅޭ ސްޓްރެޓެޖީ އެގެން ވަރަށް ދުވަސް ނަގާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އިމްރާން ދަނީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުތައް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްގެވެސް އިހްތިޖާޖްތައް ނުހުއްޓުވޭނެ ކަމަށް އަދުރޭ މިރޭ ވިދާޅުވިއެވެ.

މުޒާހަރާގައި ހައްޔަރު ކުރާ ކޮންމެ މީހަކު ދޫކޮށްލުމުން ނިކުންނަނީ އެއަށްވުރެ މާ ޖޯޝާއި ފޯރީގައިކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަމިއަދުގެ މުޒާހަރާގެ ތެރެއިން 50 އާއި ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާއިރު ފުލުހުން އަމަލުކޮށްފައިވާ ގޮތުން އަންހެން ކަނބަލުންނަށް ހިނގާ ނުގަނެވޭ ވަރަަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މުޒާހަރާގައި މިހާތަނަށް 31 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މާލެ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ސާބަހޭ ޕީޕީއެމް ޕީއެންސީ ލަޝްކަރު. ހަދާން އާވަނީ 2012 ގައި ކުރި ސިލްސިލާ މުޒާހަރާ މަތީން ވެރިކަން ވެއްޓުނީވެސް ހަމަ ތި ގޮތަށް ސިލްސިލާ މުޒާހަރާ ކޮށްގެން. ﷲ ގަންދީ ބުނަން އެމް އެން ޑީ އެފް ގައި އެބަތިބި ސަރުކާރު ބަދަލުކުރަން ތައްޔާރަށް ތިބި ފަހުލަވާނުން އަދި ވަގުތު ޖެހުނީމަ ނުކުންނާނެ

  35
  5
 2. ޙަހަހަ

  ޢެންމެ 2 ގޮލާނުކުމެ ކޮން ހަޅޭކެއް. ގޭގަ އޮވެބަލަ.

  10
  40
 3. ޓީނާ

  އިމްރާނު ސަލާންބުނި

  11
  10
 4. ބޮއިކަޓް އަލީ

  ޕާޓީ ސިސްޓަމް ދޫކޮށްލަން ނުވޭތަ.. ކޮންމެ ބަޔަކު އެރިޔަސް ތިކަން

  10
  2
 5. ބޭ

  އަޅި އަދުރޭ

  1
  13
 6. ބޯހަލާކު😂

  މުޒާހަރާ އަށް ނުކުތީ އެންމެ 2 ގޮލާއޭ؟ ތި ގޮލާގެ 2 ލޮލަށް ބޭސްކުރަންފެނޭ. ޢަދިވެސް އޮވޭ ޓީވީ ބުޑުގަ 2 ލޯ ޖަހައިގެން މުޒާހަރާބަލަން

  17
  3
 7. މެޑަމް ފާތު

  "ސްޓްރެޓެޖީ" ވަރަށްވެސް ސިމްޕަލް. ވަގުކަލޭގެ ދޫކޮށްލާށޭ ކިޔައިގެން ހަމަނުޖެހުން ހިންގައި އާއްމު ރައްޔިތުންނަށް ނޮހޮރޮއްޕާންކުރުން!

 8. Anonymous

  ފުލުހުން ބޮލުގައި ކޯރި އަޅައިގެން މިއުޅެނީ ކާކުކަން އެނގުނަ ނުދޭން.
  ދިވެހި ފުލުހުންނޭ އަދު ވެރިމީހާ ބުނާހާގޮތަކަށް ކަންކޮށްގެން އެކަމުގެ ހިތި އުފުލަންޖެހޭ ދުވަސް އަންނާނެ. އޭރުން މިއަދުތިބި ވެރިން ކޮށްދޭނެ އެއްކަމެެއްވެސް ނޯންނާނެ އަދި އެންމެ ކުޑަމިނުން ޙާލުވެސް ބަލާނުލާނެ.

 9. ފޫޅު ދިނގު ހަންޑި

  ޢަދުރޭ އަކީ ހިސާބު އިލްމަށް އާދަޔާ ހިލާފަށް މޮޅުމީހެއް.. އެނާ ގުނަނީ މުޒާހަރާގައި އުޅޭމީހުންގެ އިސްތަށި ތޯޗެއް..