އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާއިން ހައްޔަރުކުރި އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރަން، ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަސައްކަތްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްދިޔަ މުޒާހަރާ ތެރެއިން 38 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށް މިހާރު ތިބީ މާލޭގައި ހުންނަ ފުލުހުުން ބަލަހައްޓަމުންދާ ކަސްޓޯޑިއަލް ޖަލުގައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވާގޮތުގައި، އެ މީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ސުންކު ނަގަން އާރްއާރްޓީގެ ޓީމެއް ޖަލަށް ދިޔައެވެ.

ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ބާއްވާފައިވާ އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަށްވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި ގާތުން އެއްތާވެފައިވުމާއި ގުޅިގެންނާއި އަދި ކަސްޓޯޑިއަލް އަކީ ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށްވުމުން އެންމެންގެ ރައްކާތެރިކަމަށްޓަކައި އެ މީހުން ކައިރިން ސުންކު ދޭން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެންމެން ވެސް އިންކާރު ކުރުމުން ސުންކު ނަގާފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ،

މިއީ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ސުންކު ނަގަން ފުލުހުން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހައްޔަރު ކުރާ މީހުންގެ މައްޗަށް އެފަދަ އަމުރެއް ނުކޮށް ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ މައްޗަށް އެފަދަ އަމުރެއް ކުރި ސަބަބެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ބައެއް ހާލަތްތަކުގައި ކޯޓު އަމުރު ހޯދައިގެން ވެސް މީހުން ކޮވިޑަށް ޓެސްޓް ކުރަން ސުންގު ނެގުމުގެ އިހްތިޔާރު ލިބިފައި ވެއެވެ. ނަމަވެސް ވަކިތަރުތީބެއް ނެތި މީހުންގެ ގައިން ސުންކު ނެގުމުގެ ޤާނޫނީ ބާރެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޖިހާދު

    ތި އެންމެން ޕޮޒިޓިވް ވާނެ ޔަގީން މިއޮތީ ސަރުކާރެއް ވީޔާ

    47
    7
  2. ސުންކު

    ޔާމީނުގެ ޗައިނާގަ ހަދާހެން ފުރަގަސްފަރާތުން ނަގަންވީ

    13
    48
    • ހަސަން

      ފުރަތަމަ ޕޮލިހުން ނަގާ. އަސްލު ގަވާއިދާ އެއްކޮށް ތިއްބައި ބޮނޑިކުރަނީ ޕޮލިހުން. އެމހުން ވަރިހަމަ 50 މީހުން އެއްތަނެއްގައި ތިއްބަސް. މިއޮތީ ވާ ސަރުކާރެއް. ކޮވިޑް ދިގުދަންމަތީ އެނގޭޢ ކޮވިޑް ނެތިއްޔާރައްޔަތުންގެ ތާއިދު ނެތްކަން އެނގި އޮރިޔާންވާނެކަން

      49
      6
  3. އަޒީ

    ޢެއުޅެނީ ކޮންމެސް އެއްޗެކޭ ކިއާފަ އެއްވިޔަނުދޭން..
    އެއްވާނަން.. މުޒާހަރާވެސް ކުރާނަން، ސަރުކާރު ނުވާނެ ރައްޔިތުންނައްވުރެ ގަދައެއްޕ

    41
    5
  4. އަހްމަދު

    މަވެސް ސަރުކާރާދެކޮޅު އެކަމަކުސުކުންދޭނަން
    ތީތިކަޑަ

    5
    31
    • ވިސްނާލުމަށް އެދެމޭ

      ސަރުކާރާދެކޮޅަސް އެ އްކޮޅަސް ހަމަޔާ އިންސާފުންބޭރުން އަމަލެނުކުރެވޭނެ. މަޖިސްމެމްބަރުންގެ ސުންކުނަގަން ގޮވާލަބަލަ މަނިހަށް ވަންނަވަގުތު..ތިބޭފުޅުން މަގުމަތީގަޔާ ފިހާރަ ކެފޭ ރެސްޓޯރަންޓް މާރުކޭޓް ޕާޓީތަކާ ހަފްލާތަކާ އޮފީސްތަކަށް ގޮސް އުޅެނީ ތިންފޫޓް ތިންފޫޓް ދުރުގަތިބެގެންތަ..ކޮވިޑްވަ އިރަަސް ދުވަނީ އަޑު އުފުލަން މަގުމަ އްޗަށް ނުކުންނަ މީހުންގެ ފަހަތުން އެކަނިތަ..މަގުމަ އްޗަށް ނެރޭ ފުލުހުންގެ ޓެސްޓްނުކުރީ ކީ އްވެ..ސަރުކާރާދެކޮޅުކަމަށް ތިގޮތަށް ބުނާ ގިނަމީހުންނަކީ އަމި އްލަ ޖީބުގެ ބަރުދަނަށް ވަޒަންކޮ އްފަ ދެކޮޅޭ ބުނާމީހުން..ގަ އުމުދެކެ ހަގީގީ ލޯބި ވަތަނީލޯބި އަދުލު އިންސާފަށް ލޯބިކުރާމީހުންނަކަށް މިސަރުކާގެ އަމަލުތަކަށް ދެކުނުހަދާ ނުތިބެވޭނެ... ގަ އުމަށް މިސަރުކާރު ހަދާނެގޮތެ ހަދަމުންދާ އިރު މަޖާވެފަ ކުޅިބަލަން ރަ އްޔިތުން ތިބޭތީ ގަ އުމަށްޖެހިފަވާ ހުރިހާ ނުރަ އްކަލެ މި އަންނަނީ..ކޯޓުތަކުން ރޔާމީނަށް ނާ އިންސާފު ހުކުމްތަ އް ނެރުނީމަ އެ އީ އަހަރެމެންނާ ބެހޭކަމެނޫނޭބުނެ ކުޅިބަލަންތިބީމަ މި އަދު ކޯޓުހުމް ތިބޭފުޅާ އަށްވެސް ސަރުކާރުން ބޭނުން ހުކުމެނެރެން ފުރުސަތުލިބިފަ މި އޮތީ...ސަރުކާރު ނުރުހޭ ކޮ އްމެމީހަކީ އަދަބުދޭންޖެހޭ މީހެ އްކަމަށް ތިގޮތަށް އެ އްބަސްވެވެންޏާ ތި އޮތީ އިންސާފާ ހަމަހަމަކަން މުޅަވެފަ...

      12
      1
  5. ބޯހަލާކު

    ތީ މިގައުމު ނިކަމެތިކޮށްލަން އުޅޭ ބައިގަނޑެއް. ވެރިކަމާއި މިދުނިޔޭގެ އުފަލަށް މަސައްކަތްކުރާ ގުރޫޕެއް. ތިމީހުންނަށް ރަނގަޅީވެސް ތިމީހުންނާއި އިދިކޮޅު އެންމެން މިދުނިއެއިން ނިމިގެން ދިއުން.

    10
    32
    • Anonymous

      މަގޭ ދުޢާއަކީ މިދަ އްޖާލުންގެ ވެރިކަން އަވަހަށް ނެތިދި އުން.

      19
      5
  6. ކޮތަރު

    ސުންކުދޭންދެކޮޅުހެދުމަކީ ޒިންމާދާރުކަންކުޑަ އަމަލެ އް.. ދެންހަދަންވީގޮތަކީ ވެކްސިންކާޑު އޮތުން .
    ވެކްސިންކާޑާނުލާ މަގުމަ އްޗަށް ނުނިކުމެވޭނެގޮތަށް ގާނޫނޫނެ އް ފާސްކޮށްލަންވީ .. އެމްޑީޕީމެމްބަރުން ވަރަށްފަރިތަވާނެ ގާނޫނުހަދަން..

    2
    11
  7. ރާބޮނދި

    ނުދިނޭ ކިޔާފަ ރަނގަޅައްވިއްޔާ މިހާރު ހުންނާނީ ނަގާފަ

    10
  8. ވިސްނާލުމަށް އެދެމޭ

    ތިހެންވީމަ ފުރަތަމަ ޖެހޭނީ ޕޮލިހުން ޓެސްޓްކުރަން.. އަދި ވަކިން ޙާ އްސަކޮށް އެމްސީ ހަމީދާ އިމުރާނު ޓެސްޓްކުރަންޖެހޭނެ.. އެ އީ ހުރިހާ ފުލުހުންގެ ބޮޑުންނަކީ މިދެމީހުންނަވެފަ މިދެމީހުން ހުރިހާ ފުލުހުންނާ އެ އްމެ ގާތުގަ އުޅޭނެތީ...ދިވެހި އެ އްވެސް ރަ އްޔިތަކަށް މިނިވަންކަމެ ކަރާމަަތެ އިޙްތިރާމެ މިސަރުކާރުން ނުކުރާކަމުގެ ފުރިހަމަ ދަލީލެ އްތީ..ދިވެހި ސަރުކާރުގެ އަމަލުތަ އް ތިހުރީ އެފްރިކާގެ ގެރި އްލާގެ ހަމަތަކާ އެ އްގޮތަށް...ބަލަގަ ގާނޫނުއަސާސީގަ ލިޔެވިހުރި ރަ އްކާތެރިކަމަކީ ހަމަ އެކަނި މިސަރުކާރު ރުހޭ މީހަކަށްލިބިދޭ ރަ އްކާތެރިކަމެ އްތަ...ތިގާނޫނުގެ ބޭނުމަ އެބަ އޮތްތަ މި އަދު.ކޮންކަހަލަ ހަރާމްޖާޒާ ވާހަކަތަކެ އް..ކޮބަ އިތަ ފުންނާބު އުސް ގާނޫނީ ވަކީލުންތަ އް...ގަ އުމު ޙުދުމުޙުތާރު ގެރި އްލާތަކަކަށްވީ އިރު ރަ އްޔިތުންނަ ހަމަހަމަ އިންސާފާ އަދުލުވެރިކަމެނެތިގެން ހަފޫޓުގެ ގާނޫނު އަސާސީ އެއ ކިހި އްޔަށްޖެހި ވަކީލުން....

    7
    2
  9. ޢަހު

    ޢެންމެ ހެއްވާ ތަންކޮޅަކީ 6އެއްކަ މީހުން އެއްވާއިރަށް 10 12 ޕޮލިހުން އެމީހުންގެ ފަހަތުން ދުއްވައިގަންނާތީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް މިއުޅޭ ވައްތަރެއްދޯ!ވަގަށޭ ވެރިކަމަށް އިބު އައީ އެހެންވީމަ އެހާ ބިރުން އުޅެނީ

    13
    3
  10. Anonymous

    ޤާނޫނާއި ޚިލާފުކަމެއް. މީހެއްގެ ނުރުހުމުގައި އެމީހާގެ ސާމްޕަލް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން.

  11. ކޮސް

    މިއަދަކީ ހަޤީގަތުގަވެސް ހިތާމަވެރި ދުވަހެއް މީ ފަހުރުވެރި މާޒީއެއް އޮތް ގައުމެއް ޤާބިލް ރައްޔިތުން ތަކެއް ދިރި އުޅުނު ފަޚްރުވެރި ވެވޭ ބަތޮލުން ތަކެއް އުޅުނު ޤައުމެއް އެފަދަ ބަތޮލުން ލަދުވެތިވާ ދަރަޖައަށް މިއަދު އަޅުގަނޑުމެބްގެއަމަލު މިވަނީ ގޮސްފަ ވިސްނާލައްވާ ޝަޙީދު ހުސެއިން އާދަމް އޭނަގެ އެންމެ ޒުވާން އުމުރުގައި އޭނައަށް ދެންވި އެންމެ މަތިވެރި ނިއުމަތްކަމަށްވާ ފުރާނަ ޤުރުބާން ކޮށްލީ އަޅުގަޑުމެންނަށްޓަކާ މިއަދުގެ ހާލަތަށް ވިސްނަވާ އެކަމުގެ މޭސްތިރިޔާ ލުތުފީ އެއުޅޭ އިއްޒަތް ދެކިބަލަ އަޅުގަނޑުމެން އެދުވަހު އަޑުން އަޑުނަގާ މި ލުތުފީ މެންގެނުބައިކަމުން ސަލާމަތްކޮށްދޭން ގޮވީ އެ އަޑު ހުސެން އާދަމް އެއްސެވި އެކަމު މިއަދު އަޅުގަނޑުމެން އެ ބަތޮލުގެ އަޑު އެބަ އަހަމުތޯ މިގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ހުންނަނަމަ މާދަމާ އަޅުގަނޑުމެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭނީ ކާކުތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލަ......

  12. ބަބުރޭ

    މިސްކިތަށްވަދެނަގަންވީނު

  13. ދެފުއްމިޔަ

    އެހެންނަމަ އޭގެ އެންމެ އިންސާފަކަށްވާންވާނީ
    އެތަނަށްނުކުތްޕޮލިހުންވެސް ގައިދުރުކަމެއްނެތި
    ހިފައިސަކަރާތްހެދުނުއިރު ނުކުތްމީހުންގެ ގައިން
    ކޯވިޑުންއެތިކޮޅެއްނަމަވެސް ވާރުތަ ވެފައޮވެދާނެނޫންތޯ؟ ޕޮލިހުންޓެސްޓްނުކޮށް ތިބިނަމަ އެހެން އެތައްބައަކަށް ބައިބެހި އެޅިގެން
    ހިގައދާނެކަމަށް މަށަށްޤަބޫލުކުރވޭ.