18 ފެބްރުއަރީ 2018 ވަނަ ދުވަހު ފުރަން ގޮސް ހުރިފަރާތެއް ފުރިޔަނުދީ ހުއްޓުވުމަށް އިމިގްރޭޝަން އޮފިސަރަކު ބޯޑިން ގޭޓަށްގޮސް މަސައްކަތް ކުރިކަމަށް ބުނެ "މިހާރު" ނޫހުން ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންއާ ބެހޭގޮތުން ދޮގުވާހަކަ ފަތުރާ ބަދުނާމު ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ ބަހެއްނެތި އެ ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވާގޮތުން ބައެއް މީޑިޔާތަކާއި މީސްމީޑިޔާ އަދި މިނޫންވެސް ގޮތްގޮތަށް އިމިގްރޭޝަން އޮފިސަރުންނަށް ދަނީ ބިރުދައްކަމުންނެވެ. ބިރު ދެއްކި ނަމަވެސް ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައް ކުރުމުގައި އިމިގްރޭޝަންއިން ފަސްނުޖެހޭނެކަމަށާއި އިމިގްރޭޝަން ޤާނޫނުން އިމިގްރޭޝަން އޮފިސަރުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން އެއްވެސް ފަރާތެއް ރާއްޖެއިން ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އެފަރާތެއް ފުލައިޓަށް ބޯޑްކޮށްފައިވިޔަސް، އޮފްލޯޑްކޮށް، ރާއްޖެއިން ބޭރަށްް ފުރުން ހުއްޓުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އިމިގްރޭޝަންއިން މިގޮތަށް ބަޔާނެއް ނެރެފައިވަނީ "މިހާރު" ނޫހުގައި ރާއްޖެ ޓީވީގެ ޖާނަލިސްޓެއް ކަމަށްވާ ހަސަން ހުސެއިން ބޭރަށް ފަރުވާއަށް ދިއުމަށް އިމިގްރޭޝަންއިން ހުރަސްއަޅާފައިވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާހިދާ

    މިހާރުނޫހުގެ އެޑިޓަރ އިސްތިއުފާދީ ގެއަށް ދިއުމަށް ގޮވާލަން

  2. Anonymous

    ރާއްޖެޓީވީ އެކޭ މިޙާރު ނޫހެކޭ ދޮގުހެދުމާ ފިތުނަ ފަސާދަ ކުރުމައް އެއްވަނަ

  3. Anonymous

    ދާދިފަހުން ބ. ކެންދޫ މީހުން ދަތުރުދާނެ ރަށެއް ފަޅެއް ގިރިއެއް ހަލެއް ނެތޭކިޔާފަ އެއޮއް.ލިޔުނު ހާސަރު ބޮނޑިއެއް. ސަރުކާރާ ދޭތެރޭ ކެންދޫ ރައްޔިތުން.ނަފުރަތު އުފައްދަންވެގެން. ހަގީގަތް ބަލާލިއިރު ވީ ގޮތަކީ ކެންދޫ ކައިރީގަ އޮތް ގެމެންދޫ ކިޔާ ފަޅުރަށައް ވަރުވާއައް އިއުލާނު ކުރުމުން އެންމެ މަތިން ހުށަހެޅި ފަރާތުން އޮތީ އަހަރަކު ފަސްދޮޅަސް ހާސް. މިހާރުނޫހުގެ ގުރޫޕަކުން ތިރީސްހާސް. ދެން މި ގެމެންދޫ މިހާރުނޫހައް ނުދިނުމުން ސަރުކާރައް ރުޅިގަނޑުބޭލީ.

  4. ޟމިހާރު

    މިހާރު ވަރަށް ގޯސް ވެއްޖެ އަސްލުވެސް

  5. މަގޭ ޚިޔާލު

    މިހާރުނޫސް ތީހަމަ ފިތުނަ ފަސާދަ އުފައްދާ ނޫހެއް.