އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިންތިޒާމުކޮށްގެން އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން 38 މީހަކު ހައްޔަރު ކުރިއިރު އެއިން ކޮންމެ މީހަކު ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރުމަށް ފަހު އެންމެން ވެސް ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދެއްވައެވެ.

އިއްޔެ މުޒާހަރާ ކުރި މީހުން ޖޫރިމަނާކޮށްގެން ދައުލަތައް ވަނީ -/38000 ރުފިޔާ ލިބިފައެވެ.

މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓުން ވެސް ހިމެނެއެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ކަމުގައިވާ އިދިކޮޅު ކޯލިޝަންގެ އޮފީސް ހުންނަ ސަރަހައްދަށް ދެވެން އޮތް ހުރިހާ މަގެއް ބަންދު ކޮށްފައެވެ.

މީގެ ކުރިން ވެސް އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށް ބައެއް ފަރާތްތަކުން ޖޫރިމަނާ ކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، ކޮވިޑް-19 މާލޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެފަދަ އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަންތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީ މާލޭގައި 10 މީހުނަށް ވުރެ ގިނަ މީހުން އެއްނުވާން މީގެ ކުރިން އެޗްޕީއޭއިން އޮތީ އަންގައިފައެވެ. އިއްޔެ މުޒާހަރާ ފެށުމުގެ ކުރިން ބުރާސްފަތި ދުވަހު އުސޫލަށް ބަދަލެއް ގެނެސް ފަސް މީހުނަށް ވުރެ ގިނަ މީހުން އެއްނުވާން އެޗްޕީއޭއިން އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Happy

    ސަރުކާރާ ނުގުޅި ކިހިނެއް ކަލޭފްލެޓް އަޅާނީ... އަމިއްލަ ހަރަދުގަ؟؟

    10
  2. Happy

    ޙެޔޮނުވާނެ ތި މީހުން ދޫނުކުރޭ... ގައުމު ހަލާކު ކުރާބައެއްތީ... މިބަލި މަޑު ކަމުގައިވެސް!!

    4
    18
  3. ކިޔުންތެރިއެއް

    ފުލުހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅެނީ ނިކަމެތި ރައްޔިތުންނަށް އަދި މި ފެއިލްވެފައިވާ ސަރުކާރުން ކުރަމުންދާ ވައްކަމާ ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލަމުންދާ ހިއްވަރުގަދަ ދިވެހި ގައުމުދެކެ ލޯބިވާ ދިވެހިދަރިންނަށް. ފުލުހުންގެ ވަޒީފާ ގެއްލިދާނެތީ ޢައިރުގާނޫނީ އޯޑަރުތަކަށް ތަބާވެ ކޮށްފަވާ ހުވާ ހަނދާނެއްނެއް. ރައްޔިތުން ފުލުހުންނަކަށް އިތުބާރެއްނެއް. ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން މަވުވާނެ ބައެކޭ ހަނދާންނުކޮށް ތިއްބަވާ. ގައުމަކާ ދޭތެރޭ ވިސްނާނެ ކަމެއްނެއް. އަމިއްލަ ޖީބައްލެވޭ އެތިކޮޅު މާމުހިންމު.

    22
    1
  4. ޙހހހ

    އީސީބސަރީފްބުނީ އިންތިހާބް ފައިސާކޮޅު ހަމަވާން ވަރަށްކައިރިވެއްޖެއޯ ، އަދިވެސް ނަގާވަރު ބޮޑުކޮށްލާށޯ ، ލޮކްޑައުންގައި ގޭގައި ތިއްބަސް ޖޫނިމާނާ ކުރަން ފަށާށޯ ،

    13