އަވަސް ޚަބަރުތައް ނުވަތަ ބްރޭކިން ނިއުސްތަކަށް ހާއްސަ ޓެލެގްރާމް ޗެނަލްއެއް "ވަގުތު" އިން ފަށައިފިއެވެ.

"ވަގުތު" އިން ގެނެސްދޭ އަވަސް ޚަބަރުތަކާއި އަދި އެނޫންވެސް މުހިއްމު ޚަބަރުތަކުގެ ލިންކްތައް މި ޗެނަލް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.

"ވަގުތު" ޓެލެގްރާމް ޗެނަލްގެ ލިންކް

"ވަގުތު" އަކީ އެންމެ އަވަހަށް ކިޔުންތެރިންނާއި ހަމައަށް އަވަސް ޚަބަރުތައް ގެނެސްދޭ ރާއްޖޭގެ ނޫހެވެ. ރާއްޖޭގެ އަވަސް ޚަބަރުތަކުގެ އިތުރުން ދުނިޔޭގެ އަވަސް ޚަބަރުތައް އެންމެ އަވަހަށް ރާއްޖޭގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި "ވަގުތު" އިން ވަނީ އާއްމުންގެ އިތުބާރު ހޯދާފައެވެ.

"ވަގުތު"ގެ އޮފިޝަލަކު ވިދާޅުވީ ޓެލެގްރާމް ޗެނަލް އާއިއެކު "ވަގުތު"ގެ ކިޔުންތެރިންނަށް އަވަސް ޚަބަރުތައް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. "އަޅުގަނޑުމެންގެ އަވަސް ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ލިބުން މިހާރަށްވުރެ ވެސް އަވަސް ވެގެން ދާނެ މިޗެނަލްގެ ސަބަބުން. މިއީ ކިޔުންތެރިންނަށް އަވަސް ޚަބަރުތައް އަވަހަށް ފޯރުކޮށްދިނުމުގައި ލިބިގެން ދާނެ އިތުރު ކުރިއެރުމެއް." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" ޓެލެގްރާމް ޗެނަލް މިހާރު ވެސް 1500 އަށްވުރެ ގިނަ ކިޔުންތެރިން ވަނީ ސަބްސްކްރައިބް ކޮށްފައެވެ.

"ވަގުތު" ޓެލެގްރާމް ޗެނަލްގެ ލިންކް

"ވަގުތު" އަކީ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލަކު ޒިޔާރަތް ކުރާ މީހުންގެ އަދަދު އުޅެނީ ދޮޅުލައްކައަށްވުރެ މަތީގައެވެ.