ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާއިރު ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅާނީ އަންހެން ބޭފުޅެއް ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ ޑީއާރުޕީއަކީ ހަމަހަމަކަމާއި އިންސާފަށާއި ޑިމޮކްރެޓިކް ހަމަތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ދެ ޖިންސުގެ ހަމަހަމަކަން ދިނުމުގެ ގޮތުން ޖާބިރުގެ ރަނިން މޭޓަކަށް ހަމަޖައްސާނީ އަންހެން ބޭފުޅެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޖިންސީ ހަމަހަމަކަމުގެ ވާހަކަ ކޮންމެ ޕާޓީއަކުން ވެސް ދައްކާނެ، އެހެންވިޔަސް ކަނބަލުންނަށް ފުރުސަތުތަކެއް ނުދޭ، އެންމެ ކުޑަމިނުން ރަަނިން މޭޓްގެ މަގާމު ވެސް ކަނބަލަކަށް ނުދެއްވާ، އަޅުގަނޑުމެންގެ ޕާޓީއިން 2023 ގައި ނުކުންނައިރު ރަނިން މޭޓަކަށް ހުންނަވާނީ ކަނބަލެއް،" ޖާބިރު ވިދާޅުވިއެވެ.

ރަނިން މޭޓްއަކަށް ވާނެ ކަނބަލަކު އަދި ނުނިންމަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެކަމަށް އަދި ވަގުތު ވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ. ޔަގީންކަމާ އެކު ދަންނަވާލެވެން އޮތީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ރަނިން މޭޓަށް ނުވާނެ ކަން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ގައިމު ވެސް އަޅުގަނޑުގެ އަންހެނުން [ދިޔާނާ ސައީދު] ނުވާނެ ރަނިން މޭޓަކަށް، އެ ޔަގީން ކަމެއް،" މަޖާޒީ ގޮތެއްގައި ޖާބިރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ޖާބިރު އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އަދި އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުކުންނަވަނީ ކާށިދޫ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވިއިރު ދެއްކެވި ޓްރެކް ރެކޯޑް އެ އިންތިޚާބުން ވެސް ތަކުރާރު ކުރައްވާނެ ކަމުގެ އަޒުމުގައި ކަމަށެވެ.

ނަވާރަވަނަ މަޖިލީހުގައި ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީއަށް ޖާބިރު ނުކުންނެވިއެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގަތެވެ. އޭރު ގާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއިން ނާކާމިޔާބުވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަނުކުރެއްވެއެވެ. އެއީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް އުނިވާ ގޮތަށް އޮތް ގާނޫނެއް ކަމަށް ވިދާޅުވެ ގާނޫނު އުވާލުމުގެ އަމުރަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ޖާބިރު ވަޑައިގަތެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިޚާބުގައި ވާދަކުރެވޭ ގޮތަށެވެ. އެއާއެކު ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ޖާބިރު ވާދަކުރެއްވިއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ވެސް ބަލިކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ކާމިޔާބު ކުރެއްވިއެވެ. ޑީއާރުޕީއާ ގުޅިވަޑައިގަތީ އެއަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކައިޒީން

    ކައިއަށް ރަނިންމޭޓްކަން ދޭންވީއެއްނު؟

  2. އަލަމާރި

    ޖާބެވަރެއްނެތޭ.

    5
    1
  3. ނާޅި

    ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެޔަކުން ނުފެނޭ ޤައުމެއް ހިންގޭ ވަރުގެ ތަސައްވުރާއި ދުރުވިސްނުމާއި ފިކުރާއި ޤާބިލް ކަން ހުރިހަމަ އެކަކުވެސް ، ތަބަކަށް ލާފަ ދީފިއްޔާ ލިބިދާނެ !

  4. ީނ

    ޖާބިރާ ކަލޭތީ ކަނބަލެއް

  5. އަޑަފި

    ދިޔާނާ

    4
    1
  6. ބިރޭ ބިރޭ

    ދިޔާނާ ކުރިން މަރުވެއްޖެއްޔާ ދުނިޔޭގައި ނޫޅެން ބުނާ މީހަކަށް ވޯޓް ދޭން މަވާ ބިރުގަނޭ

  7. މަހާޒު

    ޖާބިރަކަށް ތިކަމެއްނުވާނެ ރާއްޖެތެރޭ ރަށެއްގެ ކޮންމެ ގެއްކަށް 3 ވައްތަރުގެ 3 ބަސްތާ ދިނީމަ އެމީހުންގެ ވޯޓް ލިބުނަސް ރިޔާސީ އިންތިޚާބެއްގަ ވޯޓެއްނުދޭނެ މީޔަގީންކަމެއް

  8. ސސ

    ޤައުމެއްގެ ވެރިޔަކަށް ހުންނަން ކުފޫ ހަމަވާ ހަމަ އެކަކުވެސް ސިޔާސީ މައިދާނުން އަދި ނުފެނޭ !

  9. އައި

    ދުވަހުގެ ބޮޑު ޖޯކު..ޖާބެ ކަލެއަށް ތިކަން ވެދާނެ. މަ ހީހީ

  10. ރަން ރީނދޫ

    ރަޝިޔާގެ ކުއްޖަކު ރަނިންގ މޭޓަކަށް ގެންނަ
    ބޭފުޅަކަށް މަގޭ ވޯޓް.

  11. DHON DHON

    މިހާރުވެސް ޖާބިރުގެ ރަނިންމޭޓަކީ ކަނބަލެއް.ދިޔާނާ.ތީ ހަމަ ރަނގަޅު ޗޮއިސް އެއް.ދިޔާނަކީ ގާބިލު މީހެއް.މިހާރު މިއޮތް ވެރިކަމަށްވުރެން ރަނގަޅަށް ގައުމު ހިންގަފާނެ.މިހާރު ގައުމު ހިންގެނީ ނޫންވިއްޔާ..