ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮނޑިތައް ކިތަންމެ ވަރަކަށް ރޮއެ ހޭރުނު ނަމަވެސް މިދައުރުގައި ދެން ނުލިބޭނެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް އެތެރެ ވިޔަ ނުދީ އަނބުރާ ފޮނުވާލުމުން ބައެއް މެންބަރުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވެފައިވަނީ ހަރާމް ބަގާވާތެއް ކުރަން މެންބަރުކަމުގެ ގޮނޑި ވިއްކި މެންބަރުންނަށް ގޮނޑި ގެއްލުނީ އޭނާއާއި ހެދި ނޫން ކަމަށެވެ.

"ކިތަންމެ ވަރަކަށް ރޮއެ ހޭރުނަސް މި ދައުރުގައި އެ ގޮނޑިތައް ނުލިބޭނެ، އިރާދަ ކުރެއްވިއްޔާ އޭގެ ފަހުން ވެސް ނުލިބޭނެ" ނިހާން ވިދާޅުވެފައިވެއެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލައާ މެދު ގޮތެއް ނިންމަން ސުޕްރީމްކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. މަޖިލީހުން މިހާރު ވަނީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހަށްދޭބަލަ

    ގެއްލުނު ގޮނޑި ތަކުގެ އެމްޑީޕީން ޖެހޭނީ ދެން ރާއްޖޭގެ މަޖްލީހުގެ ގޮނޑި ބޭނުން ނަމަ އަޑާ ދަމަންއޭ ދަ ރާއްޖެތެރެއަންސް ވަން ސެންސް މިސިނޭ މެންނޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަަހަށް މަހަށް ދޭބަލަ..

  2. ދުރުބަލާ

    އިންޑިއާ އިން ފައްސާލީމާ ރޮއިހޭރެމުން ގޮސް މާބޮޑާ ބަސްތައް ނުގޮވާ ހުރޭ. ތިޔަ ބުނާ ދަވްރުވެސް ނިމޭނެ ވަގުތު ޖެހުނީމާ ހަމަ ނިމޭނެ. ބޮޑާ މީހަކު ވަށައިގެން ބުމަރެއްހެން އެބުރެމުންގޮސް ތިހިރީ ބޮޑާވާން ދަސްވެފައި..

  3. ބަކަރިބޯ

    އަޑާ ދެމުން މުގެ މާނަ ވަގުތުން ބުނެ ސާފު ކޮއްލަ ދޭން ޖެހޭ!!!

  4. ކުޑަކިބާކޮޅު

    ގޮނޑީގަ ތިބި މީހުން ގޮނޑިވިއްކާ ކައިފަ ދެން ކީއްކުރާ ގޮނޑިއެއްތަ އެއީ އެމީހުން އަތްމަތި ދަތިވީމަ ވިއްކަން ޖެހޭ ގޮނޑިޮއެއް ނޫން

  5. ސަންތިބޭ

    ދުރުބަލާ އަށް ދުރުންވެސް އަދި ކައިރިން ވެސް އެމްޑީފީގައި ބަގުވާން ހެދިގެން އުޅެނީ ކާކުކަން ނުފެނުނީމަ މީގައި ބުނާނެ އެއްޗެއް އެބައޮތްތަ؟