އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޝެއިހް ޑރ. މުހައްމަދު އިޔާޒަކީ ލާދީނީ މީހުން އެންމެ ޖެހިލުންވާ އިލްމުވެރިޔާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް އެގޮތަށް ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސީޓީ (އެމްއެންޔޫ) ގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް އަދާ ކުރަމުންދާ ވަޒީފާއިން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުން އިޔާޒް ސަސްޕެންޑްކޮށްފައި ވަނީ މީސްމީޑިއާގައި ކުރި ޓުވީޓުތަކެއްގެ ސަބަބުން ކަމަށްވެއެވެ.
އިޔާޒް އަށް ތައުރީފްކުރައްވައި އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ ޖެހިލުމެއް ނެތި ލާދީނީ މީހުންނަށް އިޔާޒް ދެއްވާ ރައްދަށް އެ މީހުންނަށް ކެތް ނުކުރެވޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އިޔާޒްގެ ސަސްޕެންޝަނަށްް އިޝާރާތް ކުރައްވާ އިލްޔާސް ވިދާޅުވީ އިޔާޒް އާއި މެދު ނާއިންސާފުން އަޅާ ފިޔަވަޅެއް ތަހަންމަލު ނުކުރާނެ ކަމަށެވެ.
އިލްޔާސް ވިދާޅުވެފައި ވަނީ އިލްމުވެރިންނާއި ޖައްސާލާ އިލްމުވެރިންގެ އަގު ވައްޓާލުމަކީ ކޮންމެ ވެރިކަމެއްގައި ވެސް ހެދޭ އެންމެ ބޮޑު ގޯސްކަމަށެވެ.
AP ge ilmuveringe majilyhuge Naibu Raees @dr_iyaz akee laadheenee verin enme jehilunvaa dheenee ilmuveriyaa. Jehilumeh nethi maazeege verinnah dhevvaa radhdhah ebeyfulhunnah keiy nukurevenee. Dr.Iyaz aa medhu naainsaafun alhā fiyavalhaky alhugandumen thahammalu kurāne kameh noon.
— Ilyas Hussain (@shkilyas) March 5, 2021
Ilmuveringe agu vattaalaa, ilmuverinnaa jassaalumakee konme verikamakah ves hedhey enme bodu eh goas. Alhugandumen mithibee @dr_iyaz aa eku, emanikfaanah dheraeh libunaka nudheynan iA.
— Ilyas Hussain (@shkilyas) March 5, 2021
އިޔާޒު ޓްވިޓާގައި ދައްކާ ވާހަކަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީގެ އިއްޒަތާއި ގަދަރު ކުޑަވާ ކަމަށް ބުނެ މީގެ ކުރިން އެ ޔުނިވާސިޓީން ވަނީ އިޔާޒަށް ނަސޭހަތް ދީފައެވެ.
އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯގެ އެސިސްޓެންޓް ޕްރޮފެސަރު ކަމާއި ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިޔާޒް ސަސްޕެންޑް ކޮށްފައި ވާއިރު މިހާތަނަށް އައި އިރު އަދާލަތު ޕާޓީ އާއި އެޕާޓީގެ އިސް ބޭފުޅަކު ވެސް މިހާތަނަށް މި މައްސަލއިގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިޔާޒް ސަސްޕެންޑް ކުރި މައްސަލައިގައި އަދާލަތު ޕާޓީ "ހަނު އޮތްއިރު" އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ހުންނެވީ ހޯމް މިނިސްޓަރުގެ މަގާމުގައެވެ. އަދި އެޕާޓީގެ ނައިބު ރައީސް އަލީ ޒާހިރަކީ ރައީސް ސޯލިހްގެ ޗީފް އޮފް ސްޓާފެވެ.
އިޔާޒް ސަސްޕެންޑް ކުރުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ޓުވިޓަކުން ފުއްދާލައިގެންހުރޭ އެހެންނޫނީ މަޤާމް ގެއްލިދާނެ
ދެން އެހެން ނޫން ހަދަންވީ ގޮތެއްވެސް ކިޔާބަލަ
އަދާލަތު ޕާޓީއަކީ ސިޔާސީޕާޓީއެއް! އިޔާޒް އަކީ ސިޔާސީ މުނާފިގެއް! އެހެންވީމަ އޭނާވާނީ ލާދީނީ މީހުން އެންމެ ލޯބިވާ މީހުންގެ ރެތެއިން!
އަދާލަތު އިލްމުވެރިންނަށް ވަކި މީހެއްގެ ނަން ކިޔުން ވަނީ ކާހިނު އިމްރާން މަނާކޮށްފަ
އެކަމުގެ ސަބަބުން އިލިޔާސްވެސް އިޔާޒުވެސް އަދި ތާކިހާ އެޅި ސޮރުވެސް ކޮންމެ ޓުވީޓެއްގަވެސް ނަން ނުކިޔާ ވައްބަހުން ޖަހަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް
ކެރެންޏާ ނިކަން އެއްފަހަރު ނަމަވެސް ތިބުނާ މީހެއްގެ ނަން ބުނެލަބަލަ.. ގޮންޖަހާފަ މިބުނަނީ ނުކުރޭނޭ ނަން ބުނެފަ ޓްވީޓުކުރަން. ކޮންމެހެން މާޒީގެ ވެރިޔޭ ލާދީނީ މީހާއޭ ނުކިޔާ.
ހުރިހާ ވެރިކަމެކޭ ބުނީ. ޔާމީނު ވެސް ހިނެނޭ ގޮތަށް.
ކިހައި ޖެހިލުންވާނެ . ލާދީނީ މީހުން ދެންވެސް ވެރިކަން ހޯދަންވީމަ އިޔާޒު މެން ބޮލަށް އެރޭނެ .
އެމްޑީއެންއިން އިޔާޒުއަށް ފިޔަވަޅުއަޅަން ގޮވާލިތާ އަދި ހަފުތާއެއްނުވޭ ތިއޮތީ ފިޔަވަޅުއަޅާފަ. އިބޫގެ ހެޔޮފުޅުކަން. އަވައަށް ޝުކުރުއަދާކުރޭ.
ތިޔަބުނާ ދެމީހުންނަކީ ސަރުކާރު ތަކުން މަތީ މަގާމެ އް ނުލިބިގެން ތެޅި ބާލަމުން ހުޅުނބު ދު އްވަމުން އައ އި ދެމީހުން . މިހާރު މަގާމެ އް ލިބިފަ އެ އޮތީ ދެން ވަރިހަމަވާނެ ރަށްރަށުގަ އާ އްމު ތަންތަނުގަ އޫރު މަހާ ބަނގުރާ ވި އްކިޔަސް . ހަމަ ޗު އްޕުވެސް ނުބުނާނެ . މުނާފިގުން ނަކީ އެއ އީ އިމްރާން އަލީޒާހިރު .
އެބައެއް ގާބޫލް ކުރާ އިލްމު ފައިސާއަށް މަޤާމައް ވިއްކުމަކީ ފުރަތަ އެބައެއްގެ އީމާންތެރިކަން ނެތްކަން އަދި އަދި އަޤީދާގެ ބަލިކަށިކަން. އެޢިލްމެއް ނޭންގޭކަން އެކަމުން ހާމަވެގެން އެދަނީ ހަމަބުއްދީގެ އަހުލުވެރިން ކަމުގައެއް ބަލއެއް ނުގަނެވޭނެ
ބޮޑު އިބިލީހެއް ތި އިޔާޒް އަކީ! ޖަލަށްލާފަ ބަހައްޓާ!
ތިހެން ބުނެފަ ނިންމާނުލުން އެދެން...އިބިލީހަކަށްވީ ގޮތް ކިޔާލަދޭއްވާ...ނުކިޔޭނަމަ ހަނު ހުންނަވާ....ތި ކުރެވޭ ކަމަކީ މީހުންނަށް ކުފުރު ޖެހުން ކަން ދަންނަންވާނެ....އެއީ ހަގީގީ ހަރުކަށި މީހުންގެ އެންމެ އިސް ސިފަ...އެހެންވީ އަސްލެއް އުސޫލެއްނެތި ތިހެން ބުނުން ހެޔޮވެގެން ނުވޭ...
އިޔާޒަކީ އިބިލީހެ އް ކަން ކަލޭގެ ސާބިތުކޮ އްދީބަލަ.. ތިޔަ ބުނި ބަހުގެ ޒިންމާ ކަލޭ ނަގަންޖެހޭނެ ދުވަހެ އް ވަރަށް ކަ އިރީގާ އެބަ އޮތްކަން ޓުކުރި ޝޭޚް ދަންނަންވާނެ..
ކަލޭމެން ބޯންއުޅުނު ބޮނޑި ތިއޮތީ ރަނގަޅަށް ބޮވިފައި ދެން ބާރަށް އަތްޖަހާ
ޑރ. އިޔާޒު. ތިކުރައްވާ މަސައްކަތަށް ސާބަހާއި އައްސަރިބަސް
ލާދީނީ ބަޔަކު ބޭނުންވަނީ މިސްކިތައް އެރުން ހުއްޓުވަން ކޮވިޑު އެއީ ހުއްޖަތަކައް ހަދައިގެން.. އެކަމަކު މަޖިލިސް އެބަބޭއްވޭ.. މިއުޒިކު ޝޯ އެބަބޭއްވޭ.. އެޔާޕޯޓުގައި ޓާމިނަލުތަކުގައި މީހުން ޖަމާއެބަކުރެވޭ.. ދުވާލުގެ ގަޑިތަކުގައި ހޮޓާ ރެސްޓޯރެންޓު ބޭނުންގޮތަކައް މީހުންވަދެ ނިކުމެވެހެދޭ.. ސުޕާމާކެޓްތަކައް އެބަ ބޭނުންވަރަކައް އެބަދެވޭ.. ދެން އެކަމަކު ނިސަކިތައް އަރާ ބަޔަކު ނަމާދުކޮއްލަން ޖަމާއަތެއް ހެދުމާއި މި މީހުން ދެކޮޅު. ވީމާ މިއޮތީ ވަރައް ސާފުހެކި.. ޖަމާއަތުގެ ނަމާދު ހުއްޓުވާނެ އެއްވެސް ހުއްޖަތެއް އަދިޔެއް ކޮވިޑަކުން ރާއްޖެއަކުއެއް ނެތް. ފުލުސްޓޮޕް. މިސްކިތްނެތަސް މުސްލިމުން ޖަމާއަތުގަ ނަމާދުކުރާނެ. އެއީ ކޮންމެހެން އިޔާޒު ބުނާތީއެއްނޫން.
ޝައިޚު އިލިޔާސް އަށް ވިސްނުނީތީ މާތް ﷲ އަށް ހަމްދުކުރަން
ތިއިޔާޒަކީ ފިތުނަ އުފައްދާ މީހެއް...
މި ދިވެހިރާއްޖޭގެ އެންމެ ފުންނާބުއުސް ލާދީނީ މިހުން އެންމެ ރުޅިއަންނަ ދީނީ އިލްމުވެރިޔަކީ އަންދަލުސް ޑރ އާދަމް ޟަމީމް އެވެ..
މިހާރު މާލޭ މިސްކިތްތަކުގައި ސަފުހަދަނީ ފައްޅިތަކުގައި ވެސް ސަފުހަދާ ބީދައިން !
ކަލޯ ގަޔާ އެންމެ ލާދީނި މިހުންނަކީ ކެނެރީގެ ނަޝީދުއާއި އިބުސޯލިހުއާއި އެބައިމީހުންނާބބައިއަތު ހފިމީހުން އޭގެ ތެރޭގަ ކަލޭ އިލްޔާސް ޑރ ޢިޔާޒް ޝެކް ޢިމްރާންވެސް ހިމެނޭ ދެނޯ އާކިރުގަ ސުވާލު ވެވޭނެ ހަމަ ތިޔަބައި ގަނޑާވެސް
މި ޤައުމުގައި އިސްލާމްދީނާ ދެކޮޅަށ ކަންކަން ހިންގެނީ ދީނީ ޢިލްމުވެރިން އަޅައި ނުލައިތިބޭތި އިޔާޒު އެކަނި ކީއްކުރާނި އިމްރާނު ފިލައިއިނީ ކީއްވެކަމެއްނޭގެއިތަ
ޑރ އިޔާޒުވެސް ކުއްވެރިވާނެ ނަޝީދުއާއި ބެހެންޏާ. މިހާރު ކ.މާލޭ އާޒިމް ޑރ.އިޔާޒަކީ މުނާފިގަކަށްވެސް ހަދައިފި އޭގެ ފަހުން ސަސްޕެންޑް. ވެރިކަމަކަށް އަންނަނީ ސޯލިހުއޭ ނަޝީދެއް ނޫނޭކިޔާ ރައްޔިތުން ގުބޯހައްދައިގެން އުޅުނަސް އިޔާޒަށް ފިޔަވަޅުއެޅުމުން އެގި ހާމަވަނީ އޭސްޔޫޝުއަލް ނަޝީދުގެ ބާރުވެރިކަން ދައްކަވަންހުރި ތަނެއް ދައްކަވާނެ ޝުކުރިއްޔާ
ޖެހިލުމެއްނުވޭ. ފޫއްސެއްވަނީ ފާޑެއްގެ ބުނެދޭންވެސް ނޭނގޭ ކަހަލަ..
ލާދީނީ އޭ ކިޔައިގެން ޑިޕްލޮމޓިކް ޕާސްޕޯޓާ މަގާމު ދިފާއު ކުރޭ އަދިވެސް. ލާދީންޏަށްވުރެ އަހުރެމެން މާ ކަންބޮޑުވޭ އިސްލާމްދީނުގެ 3 މިލްކުވެރިންނަށް ކަލޭމެން 3 މީހުން ވެގެން އުޅޭތީ. ތޯރާބޯރާ ހޮހަޅައިގަ ތަންފީޒު ކުރާ ފަތުވާތައް ހިފައިގެން މިތާ ފަތުރަން ތި އުޅެނީ. "ނަމާދުގެ އިހުސުންނަތް މިހާރު ފަސްކޮށްދީފައޯ އޮންނާނީ ...އެކަމަކު ގައިދުރުކޮށް ނަމާދު ކުރެވޭނީ ހަމަހަމަ ފުރްސަތު ލިބުނީމަޔޯ..." ބަލަ ދީނާ ދީނުގެ ރުކުންތައް މީ ކަލޭމެންގެ މައިބަފައިންގެ ތަރިކަ މުދާތަ؟ އަމިއްލަ އަށް އިލްމުވެރިންނޯ...
2018 ގައި ތިބޭފުޅުން ގޮވީ އިބޫ އަކީ އަންނި އެއް ނޫނޭ، ތި ބޭފުޅުން ގެ ބޮލުގައި ކަމެއް ނެތީމަ ވީގޮތް. އަހަރުމެނަށް އިނގޭ އެމް.ޑީ.ޕީ އެއީ އަންނިގެ މުދާކަން ، ބޭނުން ގޮތެއް ވާނެކަންވެސް. ތިބޭފުޅުން އަރާ ބުނާނެ މުމިނުން ގަޔަށް 01 ހަރަކުން 2 ފަހަރު ކައްޓެއް ނުޖެހޭނެޔޭ. ތިބޭފުޅުން ގަޔަށް 80 ފަހަރުވެސް ކަށިޖަހާނެ.... ތަންކޮޅެއް އެދުންވެރިކަން ބޮޑީ..
ލާދީނީ މީހުން އެންމެ ޖެހިލުންވާ ތަނަކީ މިސްކިތް...
އިލްޔާސް ދުނިޔޭގައި އެބަ އުޅުއްވަން ދެއްތޯ
ތީ އެއްގަހަކުން ފަޅާފައިހުރި ދެ ގޮފި.
ލާދީނީމީހުންގެ ފަހަތުގަ ތިޔަހުންނަނީ ކީވެތޯ؟ އެބައިމީހުންގެ ފަރާތުން ލިބޭ އެތި ބޮޑީ ދެއްތޮ؟
ޢީލްމު ވެރިންނޭ އޭތޯ! ޓިޔަ ފާޑަށްތޯ ޢިލްމުގެ އަހުވެރިން އުޅެފައިވަނީ؟؟
އަނދިރި އަނދިރިން މުޙައްމަދުތަކުރުފާނު ފެނުނީމާ ދިރޭމަހެއްތެޅޭގޮތައް ތެޅޭކަމަށްވޭ. އެހެންވީމާ މިހާރުވެސް އެގޮތައް ބިރުން ތެޅި ފޮޅޭމީހުން ތިބެނީ ކުރާ ގޯސްކަންކަންގޯސްކޮށް
ރަށްދުދޭއިރު ދޭރައްދުން ރައްދުވާ ފަރާތްތައް އޮރިޔާން ވާވަރުވާނެތީ.