ކ.މާފުށިން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ކެފޭއެއްގައި ކޮފީ ބޯން އިންދާ ފެނިއްޖެއެވެ.

އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ މެންދަމު 02:30 ހާއިރުއެވެ. އެކުއްޖާ ފެނުނީ މީގެ އިރުކޮޅެއް ކުރިން މާފުށީ ކެފޭއެއްގައި ކޮފީ ބޯން އިންދައެވެ.

ފުލުހުން ވިދާޅުވީ މާފުށިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ދަންވަރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކުއްޖާ މާފުށީ ރެސްޓޯރެންޓެއްގައި އިންދާ ދާދި ދެންމެއަކު ފެނިފައިވާކަން ފުލުހުން ވެސް ކަށަވަރު ކޮށްދެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ ކުއްޖާ ފެނުނު ނަމަވެސް އެ ކުއްޖާ ރޭ ދަންވަރުން ފެށިގެން އުޅުނު ތަނެއް އަދި ސާފެއް ނުވެއެވެ.

"އެ ކުއްޖާ ފެނުނީ މިއަދު މެންދުރު. އެ ކުއްޖާ ގެއްލިގެން ހޯދަން ޕޯސްޓެއް ވެސް ޖަހައިގެން އުޅެނިކޮށް ގުޅާފައި މީހަކު ބުނީ އެބައިނޭ ކޮފީ ބޯން. އަދި ސާފެއް ނޫން އެ ކުއްޖާ އަށް ދިމާވީ ކޮންކަހަލަ މައްސަލައެއް ކަމެއް. އަދި އާއިލާ އިން ހޯދަން އެދެން ޖެހުނު ސަބަބުު." މާފުށިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރާކަނި

    ތިޔަވާނީ ގެސްޓް ހައުސްއެއް ގައި ޗުއްޓީ ހަދާލީ ކަމަށް.

    86
    5
  2. ޑިމޮކްރަޓިސްޓް

    އެކަން އެ ނިމުނީ؟ ރޭ ދަންވަރު 2 އިން ފެށިގެން ހެނދުނާ ހަމަޔަށް ވަދެއޮތީ ކޮންތާކުއޯ؟ ގައިމު އެގަޑީގަ ތިބުނާ ކެފޭ ހުންނާނީ ބަންދުކޮށްފަ.

    77
    4
  3. ކޮމެންޓު

    ރޭއްސުރެން ލައްކަ ކޮފީ ބޮއިފަ ހުންނާނީ. އަދިވެސް ގެސްޓު ހައުސް ހަދާ. ދެން ނުވިތާކަށް ގޭގަވެސް ގެސްޓުން ބައިތިއްބޭތޯ ބަލާ އޭރުން ރުފިޔާ ލިބޭނެ. އެނިމުނީ

    90
    8
    • މާފުށި

      އަހަރުން ބޭނުންވަރަކަށް ގެސްޓްހައުސް ވެސް ހަދާނަން. ގޭގަވެސް ގެންގުޅޭނަން. އެއީ ކަލޭމެންނާ ބެހޭކަމެއް ނޫން. މީ މާފުށި. ބޭނުން ގޮތަކަށް ގެސްޓުން ގެންގުޅޭނީ އަހަރުން އިންޝާﷲ .. ކަލޭމެން ތިއުޅޭ ޓިޕިކަލް ގޮތްގަނޑު ދޫކުރަން ވެއްޖެ އެންނު މިހާރު

      11
      79
      • ނަސޭހަތެއް

        إن شاء الله އޭ ކިޔާބަހަ އްޓާފަ ހަމަ ހިތަށް އަރާހާ ގޮތަކަށް އުޅުނީމަ ކަމަކު ނުދާނެ! ތިޔަތިބީ ތަންކޮޅެ އް ކުރިން، ރަށްރަށަށް އަރަ އި، ފޭރި، މީހުންމަރާފަ އިވެސް ބޮޑު ސޮލަވާތް ކިޔަވާލީމާ ދެން ހުރިހާ ކަމެ އް ހަމަޖެހުނީ ކަމަށް ދެކެގެން އުޅުނުމީހުންނާ އެއ އްފެންވަރެ އްގަ އި. ހަމަ އެކަނި މިސްކިތް އެ އަރކޯން ކުރިޔަކަސް އަދި އާޚިރަތްދުވަހަކުން ނުބަޗާނެ!

        36
        2
  4. ޝާކާ

    ކޮފީއަށްދާއިރު ބުނެލާފައި ދޭބަލަ 🤦☕️

    67
    2
  5. ޔަކް

    މިފަދަ ކަންކަން މިއޮއްކުޑަރާއްޖޭގަ ހައްލުނުވަންޏާ އެހެން ގައުމުތަކުވާހަކަ ނޫހަކުން ކީއް ދުލުކޮޅަށްވެސް ގެންނަވަރު އަހަރުމެން ވާނެތަ؟ މައްސަލަބަލާފަ ޕްރެސް ރިލީސް އަކުން ނިންމާލާ. އޭރު ހައްގު އޮންނާނީ ހޯދައިދެވިފަ

    43
    3
  6. އަޙްމަދު

    15 އަހަރަކަސް ބަލާނެކަމެ އްނެތް ބޯކޮށްޑޮލަރު ވަ އްދާނެ ކޮބާރަ އްވެހިން

    47
    2
  7. ރައިޑޭ

    އާއިލީ ގުޅުން ބަދަހި ނުވުމުން ދިމާވާ މައްސަލަތައް ވަރަށް ގިނަ. އާއިލާ ރޫޅުމާއި އާއިލާ ތެރޭގައި ހަމަނުޖެހުން އޮތުމާއި އާއިލާ ތެރޭގައި ވާހަކަ ދެއްކުން މަދުވުމުން އަދި ދަރިން ބޮޑެތިވާ މާހައުލު އުފާވެރި ތަނަކަށް ނުވުމުން ފުރާވަރު ކުދިންނަށް ވަރަށް ބޮޑެތި ނަފުސާނީ މައްސަލަތައް ދިމާވާނެ. ކޮންމެވެސް އެހެން މަގެއް ހޯދަން އެ އުމުރުގެ ކުދިން ހޯދަން ފަށާނެ ހިތްހަމަ ޖައްސަން. އާއިލީ ގުޅުމާއި އާއިލާއަށް ވަގުތު ދިނުމަކީ ކޮންމެ ބަފައެއް އަދި މައެއްގެ އެންމެ އިސް ވާޖިބަށް ހަދަމާ.

    78
    2
  8. އަހަރެން

    ތިއީ ހަމަ މައިންބަފައިންނާ ހެދި ވީ ކަމަކަށް ވަނީ.
    އެއްވެސް މީހަކު އާއިލާ ދޫކޮށްފަ ނުފިލާނެ ބޮޑު ސަބަބެ އް އޮވެގެން ނޫނީ.....

    20
    4
  9. އަންނި

    އަޅުގަނޑުމެންގެ ދިވެހިރާއްޖޭގަ ތިކަންކަން އާމު ކަމަކައް ހަދާނަން.

    19
    3
  10. ކޮންވޯ

    ކޮބާ އިޔާ ލައިޓަރު؟

    8
    1
  11. Anonymous

    ތިވާނީ އެކުއްޖާ ރާކަނިމަސްކާން ދިޔައީ ކަމަށް.

    17
  12. އަބްދުﷲ

    ފެނުނު ގަޑި ނެތީމާ ޖެހޭނީ ހިސާބު ޖަހަން. ގެއްލު ތާ 10 ގަޑިއިރު ފަހުންދޯ ފެނުނީ. މެންދުރު 12 ޖެހިއިރު.

    8
    1
  13. މާފުށި

    އެ ކުއްޖާ ވަރަށް މަންމަ އާ މައްސަލަ ޖެހޭ ކަމައް ވަނީ. ދެން އެރޭ ފޯނު ނިވާލާފަ ގޮސް ރައްޓެހި އަންހެން ކުއްޖެއް ގޭގަ ނިދީ ކަމައް ބުނަނީ.

    7
    1