އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ދައުލަތުގެ ލިޔުންތައް ފޮނުވަން ބޭނުން ކުރާ ނިޒާމް ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުން ހުއްޓުވާލަން އެންގި ކަން ސާބިތުވެގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފިއެވެ.

ހައިކޯޓުން ދެންމެ އިއްވި ޙުކުމުގައި ވިދާޅުވީ އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތް ކަމަށެވެ. ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ހުކުމް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ޣައިރު ޤާނޫނީ ތަހްޤީގެއްގެ މައްޗަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ، އުއްތަމަ ފަނޑިޔާރު ޖެމްސްގެ ނިޒާމް ހުއްޓުވުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ މި މައްސަލައަކީ ޤާނޫނީ ހަމަތަކުގެ ތެރެއިން ބަލާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ ބަދަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 152 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ގާޒީ ބަދަލުވެފައިވަނީ އިބްތިދާއީ މަރުޚަލާގައި ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ 152 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ގާޒީ ބަދަލުކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ.

ބައެއް ލިޔެކިޔުންތައް ސިއްރު ކޮށްފައިވާ މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރުވެސް ބައެއް ލިޔުންތައް ސިއްރު ކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވާތީ، އެ އަމުރު ނެރެވެންދެން އެ ލިޔުންތައް ނުހިފަހައްޓައިފިނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. އަދި ލިޔުންތައް ސިއްރު ކުރުމުގެ އަމުރު ނެރުމުގެ ކުރިން ބައެއް ލިޔުންތައް ދައުވާ ރައްދުވާ ފަރާތަށް ނުދީ ހިފެހެއްޓީ ޤާނޫނާ ހިލާފަށް ކަމަށް ނޫން ކަމަށްވެސް ހައިކޯޓުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މައްސަލައިގެ ތަހްޤީގު ބަޔާންތައް ނުލިބުމަކީ ހެކި ތައުނު ކުރުމުގެ ގެއްލޭނެ ކަމެއް ނޫން ކަމަށާއި، ޝަރީއަތުގައި ސިއްރުން ހެކިބަސްދޭ މީހާއާ ސުވާލުކުރުމުގެ ފުރުޞަތު އުއްތަމަ ފަނޑިޔާރަށް ވެސް ލިބިފައިވާތީ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާއާއި 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށްވެސް ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ފިޔަވައި އެހެން ފަރާތަކުން ދައުވާ ފޯމުގައި ސޮއި ކޮށްފައި ވީ ނަމަވެސް، އެކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިޔުމުން އަންގާފައިވުމުން، މި މައްސަލައިގެ ދައުވާ ފޯމުގައި ސޮއި ކޮށްފައިވަނީ ޕްރޮސެކިއުޓަރު ޖެނެރަލް ހުއްދަ ދީފައިވާ ފަރާތެއްކަން ކްރިމިނަލް ކޯޓުން ޔަޤީން ކޮށްފައިވާތީ މި ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 81 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށްވެސް ހައިކޯޓުން ނިންމެވިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރިއިރު ކުށުގެ އަމަލު ހިންގި ވަގުތު ބަޔާން ކޮށްފައި ނުވާކަމަށްބުނެ އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ހުށަހެޅުމާއި ގުޅިގެން ހައިކޯޓުން ނިންމެވީ، މި ދައުވާ ސިޣާގައި އުއްތަމަ ފަނޑިޔާރު ޖެމްސް ހުއްޓުވާފައިވަނީ 2018 ފެބުރުވަރީ 4 އަދު 5 ވަނަ ދުވަހުގެ އެކި ވަގުތުތަގައި ކަމަށް ބަޔާން ކޮށްފައިވުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އަށް ދައުލަތުން އަމަލު ކޮށްފައިވާ ކަމަށެވެ.

މި ދައުވާގެ އަމަލަކީ ކުށެއް ކުރަން އަމުރު ކުރުން ނަމަވެސް، ދައުލަތުން ދައުވާ އުފުލާފައިވަނީ ކުށެއް ކޮށްގެން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ، މި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ހެކި ބަހަށް ބަލާއިރު ސްޕްރީމް ކޯޓުގެ ޖެމްސް ނިޒާމް ހުއްޓުވަން އުއްތަމަ ފަނޑިޔާރު އަމުރު ކޮށްފައިވާ ކަމާއި، އުއްތަމަ ފަނޑިޔާރުގެ އަމުރަށް ޖެމްސްގެ ޚިދުމަތް މެދު ކަނޑާލާފައިވާކަން ޝަރީއަތަށް ސާބިތުވާއިރު، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

މި މައްސަލައިގައި ހެކިބަސް ނަގާފައިވަނީ ކުށުގެ ބައިވެރިންގެ ތެރެއިން ސީދާ އަމަލު ހިންގި މީހުންގެ ކަމަށްވާއިރު، މި މައްސަލައިގައި ހެކިބަސް ނަގާފައިވަނީ ޤާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފަށް ކަމަށްބުނެ ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ، ކުށުގެ ބާވަތަށް ބެލުމަށްފަހު މައްސަލައިގައި ހިމެނޭ އެންމެ އިސް މީހާއަށް ދައުވާ އުފުލާ، ދެން ތިބި މީހުނަށް ދައުވާ ނުއުފުލާ މައްސަލަ ސާބިތު ކުރުމަށް އެފަރާތްތަކުގެ ހެކިބަސް ނެގުމަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމް ބަލައިގެނެފައިވާ ކަންކަން ކަމަށެވެ.

މި ކުށުން ބަރީއަވުމަށް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނެގުމަކާ ނުލައި މައްސަލަ ނިންމާފައިވާތީ އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެގޮތުން ސްޕްރީމް ކޯޓުގެ މުވައްޒަފުން ކަމަށްވާ ފާތިމަތު ޔުމްނާ އާއި، އާތިކާ އިބްރާހިމް އަދި އިބްރާހިމް ވަހީދުއަށް ހެކިބަސް ދިނުމަށް ހާޒިރު ވުމަށް ޗިޓް ފޮނުވުމުން އިބްރާހިމް ވަހީދު ފިޔަވައި ދެން ތިބި ދެ ހެކިން ހާޒިރު ވެފައި ނުވާކަމަށެވެ. ހެކިންގެ ގޮތުގައި ހުށަހެޅި ހަސަން ސައީދާއި، އަލީ ހަމީދަކީ މި ހާދިސާގައި ދައުވާ އުފުލިފައިވާ މީހުން ކަމުން ހެކިބަސް ނަގަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމެވިއެވެ.

މީގެ އިތުރުން ދައުލަތުން ދައުވާ ކޮށްފައިވާ އަމަލަކީ (ޖެމްސް ހުއްޓުވުން) ޖިނާއީ ކުށެއްގެ ގޮތުގައި ތަދްބީރުވެފައި ނުވާ އަމަލެއް ކަމަށާއި، މައްސަލައިގެ ދައުވާގައި ކުށުގެ އުންސުރުތައް ވެސް ފުރިހަމަ ނުވާ ކަމަށް ބުނާ ނުކުތާގައި ހައިކޯޓުން ނިންމަވާފައިވަނީ، 2010 ވަނަ އަހަރުގެ އެޕްރީލް 25 ވަނަ ދުވަހުން ފެށިގެން ޖެމްސްގެ ނިޒާމް ސްޕްރީމް ކޯޓުން ވެސް ބޭނުންކުރަމުން އަންނައިރު، އެގޮތަށް އަމަލު ކުރަމުން އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތަށް ކަންތައްކުރުން ލާޒިމް ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ބަލަންޖެހޭ ކަމަށާއި، ޖެމްސް ހުއްޓުވުމުން ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔުންތައް ލިބުން ހުއްޓޭއިރު ގަސްތުގައި ކޮށްފައިވާ މި އަމަލަކީ ކުށެއް ކަމަށް ބެލޭނެ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ޖެމްސް ހުއްޓުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ޙުކުމަށް ހައިކޯޓުން ތާއިދު ކުރައްވާފައި ވާއިރު ސުޕްރީމް ކޯޓުން އެޙުކުމަށް ތާއިދު ކުރައްވައިފިނަމަ އުއްތަމަ ފަނޑިޔާރުގެ މަޤާމުން ވަކިވާނެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށްވެސް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔާމީނު ހުރެގެން ދިވެހި ރާއްޖޭގެ ކޯޓަކުން ޝަރީޢަތް ތިނޫން ގޮތެއް ނުވާނެ ، ދިވެހި ރައްޔިތުން ވިސްނަބަލަ ވޭތިވެ ދިޔަ 5 އަހަރު ދިވެހި ރާއްޖޭގެ ކޯޓަކުން ސަރުކާރުން ހުށަހެޅި މައްސަލައެއް ސަރުކާރާ ދެކޮޅަށް ނިމިފައި އޮތްތޯ؟ އޮތީ އެންމެ ޝަރީޢަތެއް އެއީ 1 ފެބްރުއަރީ ކުރި ޝަރީޢަތް އެވެސް އެ އޮތީ ފަހުން ޔާމީނު ބޭނުން ވި ގޮތަށް ، ދިވެހި ރައްޔިތުން ކައިރީ މި އެދެނީ މިސަރުކާރު އޮއްވާ ކޯޓަށް މައްސަލަ ހުށަނޭޅުމަށް، ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. ތިޔައީ ފޫނެތް ފަޔަށް ފެންފުރުން ، އާދޭސް ކޮށްފައި މިބުނަނީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް ނުދިޔުމަށް ﷲ އިރާދަ ފުޅުން މިޤައުމަކު ކޯޓަކުން އިނސާފެއް ނުލިބޭނެ. އެނގޭ މިކޮމެންޓް ނުޖަހައިދޭނެ ކަންވެސް ، މިއީ ސަރުކާރުން ހިންގާ ސައިޓެއްވީމަ ، އެކަްމަކު ވަގުގެ މުވައްޒަފުންނަށް ކޯޓަށް ނުދިއުމަށް އާދޭސް ކުރިކަން އެނގޭނެތާ

    • މޫސާމަނިކު

      "ﷲ ގެ އިރާދަފުޅުން މިޤައުމަކު ކޯޓަކުން އިންސާފެއް ނުލިބޭނޭ" މިހެން ކަލޭ ތިބުނީ ތިޔަ ގެދުނީ ބޮޑުދޮގެއް! ކަލެއަށް ﷲ އިރާދަ ކުރައްވާފައިވާ ގޮތެއް ނޭނގޭނެ! ޖާހިލު ވިޔަސް ތިވަރު ބޮޑު!

  2. ސްޕްރީމް ކޯޓުގެ ޙުކުމް ވެސް ވަރަށް ސާފު ، ﷲ އިރާދަފުޅުން 4 މަސް ޖަލަށް ލާނެ، މިކަން އޮތީ ލިޔެ ނިމިފަ ، ޕްލޭނާ އެއްގޮތަށް އަދި މިދަނީ ކުރިޔަށް ، ދެން މިމަޤާމަށް އަރާނީ އަންހެންެއް. އެއީ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން އިންޝާ ﷲ ވަރަށް ސަލާމް ، އެނގޭ ކޮމެންޓް ނުޖަހައިދޭނެކަންވެސް

  3. ލޮލް... 4މަސް..... އެކޯޗެއް... 10 އަހަރައް ހަދާ..

    • ފޭކް މީހުން

      4 މަސް ޖަހަނީވެސް އިތުރު އެއްވެސް ގޮތެއް ނެތިގެން. ބޭނުމަކީ މަޤަމް ދުއްވާލުން

  4. އެމީހަކު ކަންކުރިގޮތަކަށް އެމީހަކާ ދޭތެރޭވެސް ކަންވެގެން ދާނެކަމަށް ބުުނެއުޅޭދޯ ޢަބްދުﷲ ސަޢީދު، ތިއްތިކޮށް ހުރެވެން އޮއްވާ އައްޗިވީ، ވަރަށް ސަލާމް

  5. ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  6. އަލްހަމްދުލިﷲ! ވަޒީފަ ގެއްލުނީ! ރިޝްވަތުގެ މަޅިގައި ޖެހޭހިނދު ވަގުތީ މަންފާލިބުނަސް ދާއިމްވާނީ ހިތާމަ!

  7. ފިކުރު ބޮޑުވެވި ބިރެއް އައުމުން ، ކަލާނގެމަތިން ހަނދުމަ ކުރެވޭ

    ޝުކުރު ހެއްދެވި ފަރާތަށް ، ނިޢުމަތެއް ލިބުނަސް ނުއެއް ކުރެވޭ
    ވެރިން ގާތްކޮށް އުޅޭނީ ހަމަ، އެމީހުން ލޯބިވާމީހުން

    ދަރިން ތިއްބަސް ކުފޫހަމަވާ، "މަކާނަށް" ލީ އެހެންމީހުން
    ކުކުޅު ހާވެސް ދަނޭ ކާންދީ ހަދާ މީހާ މި ދުނިޔޭގައި

    ޙުކުމް ޤުރުއާނުގައި ވިޔަކަސް، ދަރިން ނުހަދާ ކަމެއްކަމުގައި
    ގޮތެއް ހުރިކަން އެނގޭނީ އެއް އޮޑީގައި ދަތުރުކޮށްލީމާ

    ފޮތެއް މޮޅު ދެރަ އެނގޭނީވެސް އެފޮތް ހުޅުވައި ބަލައިލީމާ
    ހަދާ ގޯސްތައް ކުރޭ ތަކުރާރު، އަރުންހިތިރަހަނުލަންޏާހަމަ

    އަދާ ރަނގަޅަށް ކުރަން ފެށެނީ، ނަތީޖާ ވެސް އެރީމާ ހަމަ
    ތިމާ އަނެކަކުގެ ޢައިބަށް ހީނ، ދިމާކުރުމީ ފަސޭހަކަމެއް

    ދިމާކޮށް ކުރި މަލާމާތް ރައްދުވުމަކީ ވެސް އަޖައިބު ކަމެއް
    ޙަޤީޤަތަކީ ޙަޤީޤަތުގައި ދުވާލެއްފަދަވި އަލިކަމެކޭ

    ޙަޤީޤަތް ފޮރުވުމަށް އުޅުމީ ހިތާމަ ކޮޅުން ނުލާ ކަމެކޭ

  8. އަބްދުއްލާ

    މި ގައުމަށް ދިމާވެގެން މިއުޅޭ ހުރިހާ މުސީބާތެއް މިގައުމަށް ފާކުރީ ތިޔަ ސައީދު ނޫންކަމަކަށް ނުބުނެވޭނެ. ސަބަބކީ ކެނެރީގެ ނަސީދު ގެ މައްޗަށް ވައްކަމުގެ މައްސަލަ އެއް އޮއްވާ އެ ވައްކަމަކީ ހައްދު ކަނޑައެޅިފައިވާ ކަމެއްނޫން ކަމަށް ކަނޑައަޅާ ނަސީދު ގެ ކެންޑިޑެންސީ ރަނގަޅުކަމަށް 2008 ގާ ކަނޑައެޅުން .އެ ސަބަބާހެދި މިހާރު ވެސް މި ގައުމު މިދަނީ ރޮމުން ރޮމުން ހުރިހާ ޒިންމާ އެއް ސައީދު ނަގަންޖެހޭނެ.

  9. ތީ މިހާރު މާ މުހިއްމު ވާހަކައެއްނޫން! ތީ ބޮޑު ޖޯކެއް، ދަށު ކޯޓަކުން މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ހުކުމް ކުރުން! ހުރިހާ ކޯޓުތަކުގެ ގާޒީން އަވަހަށް ތައްޔާރުވޭ، ޔާމީން ބޮލައް ކަނޑާލާފަ ސަލާމަތްވާން.. ދުވަސް ކައިރިވަނީ...

  10. އަޅުގަނޑު ގެފިކުރު

    މިފަނޑިޔާރު ކުދިންކޮޅު ހައްޔަރުކުރަންލަސްވެސްވެއްޖެ ދެފަހަރު މަހަޔަ އެށްގޮތަކައް ހުކުމް ކުރަން ނޭގެންޏާ ހައްޔަރުކުރަވީ

  11. ދިވެހިމީހާ

    ދިވެހިރާއްޖޭގެ ކޯޓަކުން އިންސާފު ނުލިބޭނެކަން އަހަރެމެންނަށް 2013 ގަ އެނގިއްޖެ. އޭރު އިންތިޙާބު ބާތިލްކުރަން ހުކުމް ކުރީ ރިޝްވަތުގެ ފައިސާ ނަގައިގެން ހުރެ ހަމަ މި އުއްތަމަ ފަނޑިޔާރު. އެ ލާރި ހުސްވީމަ އަނެއް ކޮޅަށް ޖެހިލީމަ ވީގޮތް ތީ. މި ފަނޑިޔާރުގެ އިސްލާހު ނުވާހާހިނދަކު މި ރާއްޖެ ހަމަމަގަށް ނޭޅޭނެ. އެކަން ކުރަން އުޅުނު ރައީސްވެސް މިއުޅޭ ޕިންކީސްއާ އަދި އިތުރު ކުދިންކޮޅެއް ވެގެން ބަޣާވަތްކޮށްގެން ވައްޓާލީ. ބަޣާވާތްކުރި ކުދިންތައް ކޮބާ؟ ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗައް އަރަން ޖެހޭނެ. ވަޓް ގޯސް އެރައުންޑް ކަމްސް އެރައުންޑް.