ކުރީގެ ރައީސް މުހައްމަދު ނަޝީދު – ފޮޓޯ: އޭޕީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު – ފޮޓޯ: އޭޕީ

މި ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ދެން އިންޑިއާއަކަށް ނޭރޭނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިންޑިއާއިން ފިޔަވަޅު އަޅާނެ ކަމަށާއި އެމެރިކާ އަދި ޔޫރަޕިއަން އިތިހާދުން ވެސް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނެ ކަމަށެވެ.

"މިއަދު މިވަނީ އިންޑިއާއިން ނިންމާފައި ދިވެހިރާއްޖޭގެ ވެރިކަމާއި ގުޅޭ އެއްވެސް ބޭފުޅަކަށް އިންޑިއާއަކަށް އެރޭކަށެއް ނެތް, ޓްރެވެލް ބޭން އިންޑިއާން ވަނީ ކަނޑައަޅާފައި" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "މިކަން" ނިމޭނީ އިންޑިއާގެ އިތުރުން އީޔޫއާއި އެމެރިކާ އަދި އދ އިން ވެސް ފިޔަވަޅު އަޅައިގެން ކަމަށެވެ.

"މިކަން ނިމޭނީ އިންޑިއާއާއި ހިސާބަކުންނެއް ނޫން. ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާނެ. އެމެރިކާ ފިޔަވަޅު އަޅާނެ. އދ ފިޔަވަޅު އަޅާނެ،" ނަޝީދު ވިދާޅުވިއެވެ.

ޕީޕިއެމްގެެ މިސަރުކާރުގެ އިސް ލީޑަރުންނަށް އެ އަޅާ ފިޔަވަޅުތަކަކީ ހައްގު ފިޔަވަޅުތަކެ ކަމަށާއި އެބޭފުޅުން ތަންތަނަށް ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

94 ކޮމެންޓް

  1. ތިޔަހުރީ ހަމަ ދައްޖާލު އައްވުރެ ނުބައި އެއްޗެއް އަރާފަ

    • ޤައުމަށްޓަކާ

      ބުރޯ ހާސް ކަނޑާލާ އަހަރުމެން ސިފައިން ނާއި ފުލުހުން މިތިބީ ނަސީދު ހަދާގޮތެއްބަލަން އޭނަޔައް ވެރިކަން ލިބިގެން މިގައުމަށް އަޔަސް އަހަރުމެން އޭނަ ހައްޔަރު ކުރާނަން! ވަރައް ގަޓުހުރެގެން ވަރަށް ވާހަކަ މިބުނަނީ!

  2. އިންޑިޔާއަކީ ނަޝީދުގެ މައިންބަފައިންގެ ތަރިކައެއްތަ؟ ނަޝީދު ތިޔަހުރީ ވެރިކަމުގެ ދަހިވެތިކަމުގައި ބޯގޯސްވެފައި

    • އަމާ ބަފާ ތަރިކަ މުދަލެއް ނޫންކަމަކު އޭނަ ބޭނުން ގޮތެއްނު އެ ހަދަނީ، ދެން ޕިންކީ ކުދިން ލަލަލާ.. ދޭ ޗައިނާއަށް ޑޮކްޓަރަށް ދައްކަން

  3. ނަސީދު ރާއްޖެއައް ނާނަން ހުރީ ކީވެބާ ؟؟؟؟؟؟؟؟

  4. ކަލޭމޮޔަ ނުގޮވާ މިހާރު ތިޔޮތީ ފަނިވެފަ އިބޫ ވަރައް ސަލާން ބުނި

  5. ހިންދުކޮޅު

    މިނަށީދު އަކީހަމަ އަސްލުވެސް ދަންޖައްސަންވެފަ ހުރިމީހެއް

    • އިއްސެ/ހުޅުމާލެ

      މީހަކު މަރަން ދަންޖައްސަން ގޮވުމަކީ އެހާ ތަސައްރަފް ފުދޭ ކަމެއް ނޫން. ކަލޭމެން 13 އަހަރު ދުވަހު ޖަލަށް ހުކުމް ކުރި މީހާ އަދުރޭ ބުނާހެން އެއުޅެނީ ފިނި ޖެކެޓް ލައިގެން އިނގިރޭސި ވިލާތުގައި އާފަލު ކާލަ ކާލަ، އަހަރުމެނަށް ވުރެ އަރާމުގަ ހަމަޖެހިލައިގެން.

  6. މޫސާތައްކާނު

    މަނިކުފާނުމަޑުކުރައްވާނީ އަނެއްރާޖޭގައި މިރާއްޖެއަކައް ނާދެވޭނެ އެގޮތްގަބޫލުކުރައްވާ..

  7. ކަލޭ ސީލާބަލަ! ތެޅިތެޅި ހުބުނޅު ފައިބާ ހުންނަން ޖެހޭނީ!

  8. އިންޑީޔާ ގެ އިދިކޮޅު ފަރާތް ތަކުން ތަކުރާރު ކޮށް އެ ގޮވަނީ އިންޑީޔާ ގައި އިންސާފު ވެރި އިންތިޚާބެއް ނުބޭއްވޭބނެ ކަމަށް. ދެން އެމީހުން ކިހިނެއް ރާއްޖޭގައި އިންސާދުވެރި އިންތިހާނެއް ބާއްވަން އެހީތެރި ވާނީ

  9. ނަޝީދު ކަލޭތީ ހާދަ ހެއްވާ މީހެކޭ ދޯ؟ އަހަރުމެން ކީއްކުރަން އިންޑިޔާއަށް އަރަންވީ ބަލަގަ. އިންޑިޔާ ނޫނަސް މި ދުނިޔޭގެ ގައުމުތައް އެބަހުރި. ބޭސްފަރުވާއަށް އަހަރުމެން މިހާރުވެސް މި ދަނީ ލަންކާއަށާއި ތައިލެންޑަށް. އަގުގެ ގޮތުން ބެލިޔަށް އެތައްތަނެއް އަގުހެޔޮ. ކަލެޔަށް ހަމަ ގައިމުވެސް މި ރާއްޖެއަކަށް ނޭރޭނެ އިންޝާ ﷲ. އަހަރެން ދެރަވަން އެކަމު ދިވެއްސެއް ދިވެހި ފަސްގަނޑަށް ނޭރުނީމަ. އެކަމު ދިވެއްސެއް އެހެން ގައުމެއްގެ ފަސްގަނޑަށް ނޭރުނީމަ ކަހިރުވަޔަކޭވެސް ހިތަކަށް ނާރާ.

    ދައްނަވަންތޯ؟ އިންޑިޔާ ޖެހޭނީ ތެޅިތެޅި ތިބެން. އަހަރުމެން ސިފައިން މިގޮތައް ތިބިއްޔާ ކަލެޔަކަށް ދެންވެސް ނުކެރޭނެ ވެރިކަމު އަންނާކަށް. އަޔަސް ބަޤާވާތް ކޮށްގެން އަދިވެސް ވަށްޓާލާނަން. ވަރަށް ބައިވަރު ވާހަކަ މިބުނީ.

  10. ކުޅުދުއްފުށި

    ކުރުކޮށް ބުނަންނާ މިކަންނިމޭނީ ކަލޭގެ ވިހަދޫބުރިކޮށްލައިގެން!!! ޖުހާގެ ވާހަކަ ވަރަށް އަޑުއަހަން، އެކަމަކު ކުރިއަކުން ނުދެކެން، މިހާރު އެބަފެނޭ!!! ވައްވައް ޖަހަޖަހާ އޮންނަންޖެހެހޭނީ ބަޔަކު ކާންދިނީމަ ކައިގެން ނޫނީ ބަނޑަށް ވެރިކަމަކަށް ކަލެއަކަށް ނާދެވޭނެ އަދި ކުރިމައްޗެއްވެސް ނުލެވޭނެ، ފުރަގަސް ލެވޭނީ ކަލެއަށް!!!

    • ކުޅުދުއްފުށީ

      ކާލޭތީ ކާކު؟ ޕިންކީސްއައް އެއްވެސް ކަމެއްނުވާނެ. ވަގުންގެ ވައްކަން އެދަނީ ނިމެން. އައްނީގެނަން ވޯޓްކަރުދާހުގަ އޮއްނާނެ، ނަން ނީދެ ވާނެ ގޮތެއްބަލާ.
      ނަން އިދެފިއްޔާ ގެރެންޓީ އިރާފަވެސް ނަގާނެ.

  11. ޣާދިރު މަނަދޫ

    މިކަލޭގެ ދައްކާވާހަކަ އިދިކޮޅައް ވިސްނަން ޖެހޭނީ.. އަހަރެމެން މިތިބީ ކުޅިވަރު ބަލަން...

  12. ދާއޫދް އިބްރާހިމް

    ނަޝީދު ކަލޭ ހަމަ ތަ؟ ފުއްލައިގެން ބިހާ ކުޅެން ވީނު ކަލޭ ވެސް ލަންޑަން ގަ ހުރެގެން.. އިންޑިޔާ މިކަމާ ނޫޅެ އަމިއްލަ ގައުމުގެ ކަން ތައް މައިތިރި ކުރެވޭތޯ އުޅުނިއްޔާ މާ ތާހިރު ވާނެދޯ..

  13. ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ދެން އިންޑިއާއަކަށް ނޭރޭނެ ކަމަށް ގަންޖާބޯ ބުނާނަމަ ގަންޖާބޯ ގެ ޚަބަރު ތައް ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާގައި ގެނެސްދެވޭނެ ތޭ މިހާރު ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާންގެ ސަބަބުން އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ. ސަރުކާރުގެ އެއްވެސް މީހަކަށް އިންޑިއާ އަށް ނޭރޭ ގޮތް ހަދައިފިނަމަ އިންޑިއާ އަށް އޭގެ ގެއްލުންވާނީ ބިކޮޒް ދެން މަމެން މިސްރާބު ޖަހާނީ އިންޑިއާގެ ބަދަލުގައި ޗައިނާ އަށް ވިއްޔާ. މަމެންނަށް ރަނގަޅީވެސް ސަރުކާރުގެ އެކަކަށް ވެސް އިންޑިއާ އަށް ނޭރިއްޖެނަމަ އެވެ.

  14. ބަކުރުބެ . ނައިފަރު

    ކަލޭތި އިންޑިޔާ ކޮހެއްތަ... ދެން މިރާޖޭގެ ވެރިކަމައް ހޭބަލިތިވަނީ ކީވެ..... ދާންވީ ނުން އިންޑިޔާ ވެރިކަން ހޯދަން.....

  15. ފިލާ ބޮނދާ އޮވެގެން ކުރަން އުޅުނު އެއްކަމެއްވެސް ކާމިޔާމިޔާބެއްނުވީމަ މޮޅު ވާހަކަ ނުދައްކާ މަރުމޯލު!! ޕާޓީ ކުދިންކޮޅު އެންމެ ފަހު މިނިޓާ ޖެހެންދެންވެސް ގުނބޯ ހައްދައިގެން ގެންގުޅެވޭތޯ ބަލާ!! އަހަރެމެންނަށް އެނގޭ ތީ އިސްލާމްދީނާ ދުރު އަދި ގައުމިއްޔަތާވެސް ދުރު އަބަދަކު ހަމައިގާ ހުންނަން ބޭނުންނުވާ މަރު މޯލެއްކަން!! ތިކަހަލަ މަރު މޯލަކު މިގައުމުގެ ވެރިކަމުގައި ބަހައްޓައިގެން މިގައުމު އަޅުވެތިކުރަން އިންޑިޔާ އުޅުނު ކަމާ އަދި އުޅޭކަންވެސް އެނގޭ!! އެކަމުގެ ހެއްކެއް މިރާއްޖޭގެ މައިދޮރޯށި މަރުމޯލުގެ ވެރިކަމުގެ ދުވަސްވަރު 60 މިލިއަނެއްހާ ޑޮލަރު "މޭޒުދަށުން" ދީގެން ގެނެލީ!! އެލާރިކޮޅު ވީތަނެއް އެނގޭނީ މަރުމޯލަށް!! ރައިސްމީހާގެ އޮފީސް އޭރު ހިންގަމުންދިޔަޔީ އޭރު މިތާހުރި ތިބުނާ ގައުމުގެ ސަފީރު!! މަރުމޯލު އުޅުނީ ބޭނުންވާގޮތަށް ގަނޑުވަރުތެރޭ މަސާޖުޕާލާ ހަދައިގެން ގިނަވަގުތު ހަމަބުއްދިން ނެއްޓިފަ!! ކިތަންމެ ފިޔަވަޅެއް އެޅިޔަސް މިރާއްޖޭގެ ގާނޫނު ބުނާގޮތުން ތިނަމެއް މިފަހަރުގެ ވޯޓް ކަރުދާސްކޮޅުގައި ނޮއޮންނާނެ!!

  16. ކަނޑުކޮސް

    ތިޔައީ އެއްވެސް މީހެއްތަ؟

  17. މަގޭ ވޯޓް ހަމަގައިމުނަސް ކަލޭމެންގެ ތެރެއިން ނިކުންނަ މީހަކަށް ނުދޭނަން،

    އިންޑިޔާއަށް ދިވެހިންނަށް ނުދެވުނީމަ ދެރަވާނީ އިންޑިޔާގެ ވިޔަފާރި ވެރިންނަށް،

    ރައީސް ޔާމީން ކަލެއަކަށް ބައްޔެއް ނުކުރެވޭނެ ކޮސް ނުގޮވާ، ރޯދަމަސްވީމާ އިތުރަށް ދެން އެއްޗެއް ބުނެވޭކަށް ނެތް

  18. ނަޝީދޫ ، މަށަކީވެސް ކަލެއަށް ތާއިދު ކުރިމީހެއް ނަމަވެސް މިހާރަކަށް އައިސް ތިޔަދައްކަވާ ވާހަކަ ތަކަކީ ހަމަޖެހޭ ވާހަކަ ތަކެއް ނޫން... މިހާރު ހުރިހާކަމެއްވެސް ތިޔަ ގެންދެވެނީ " ނުއަތު" ބުރަށެވެ. ބޮޑު މަންޒަރަށް ބަލާއިރު ބަލަން ބޭނުން ނުވިއަސް ފެނިގެންދާނީ ،" ބަހާނެގޮތެއް ނޭގި ، ދޭތީގެ ޒުވާބުގައި އުޅެނިކޮށް ، ލިބިފައި އޮތްބައި ކުރިމަތީގައި ކާލާ ހުސްކޮށްލާ ތަނެވެ"

  19. ނަޝީދު ކައިރީން ވަރަށް ސިއްރުން އަހާލަން ބޭނުން މި ރަމަޟާން މަހު ކިތަށް ރޯދަ ހިފައިފިންތޯ؟ މަ ނުބުނާނަން އެހެން މީހެއްގެ ކައިރީ ......

  20. މިހިރަ މީހާގައިގަ ހުރީ ހަމަ ދިވެހި ލޭ ބާއޭ މަގޭ ހިތަށް އަރާ!

  21. ކިތަންމެ ވަރެއްކުރިޔަސް ރިޔާސީ އިންތިހާބެއްގަ ލާހިކެއްނޫން ވާދަކުރާކަށް

  22. މިހާރު މިޔަގީން ވީ މިހުރުހާ ކަމަކީ ލާދީނީ ނަސީދުގެ ކަމެއް ކަން.

  23. މަނިކުފާނު ތިހުންނަވަނީ އަމިއްލަ ގައުމަށްވެސް ނޭރިފަ. ދެންކޮންވާހަަކައެއް ތިދައްކަނީ..

  24. މިއަދުވެސް ސަރުކާރުގ އިސް 5 ބޭފުޅަކު އިންޑިޔާއަށް ވަޑައިގެންފި! އެބޭފުޅުން ތިބީ އިންޑިޔާގަ މިހާރު! އަތަށް ސީލާފަ ގައިގައި އުގުޅާބަލަ ތަކުރާ!!!!

  25. ކެނެރީގޭ ރ ނަޝީދު އަކަށް ދެން ދިވެހި ރާއްޖެއަކަށް ނޭރޭނެ

  26. ކަލެއައްވެސް މިގައުމަކައް ދުވަހަކުވެސް ނޭރޭނެ. ހަމަ އައީ ޖަލައް ކޮއްޕާލީ. ޖަލުގަގޮޅީގަ މަރުވާނީވެސް

  27. ކަލޭ ރޯދަ ނޫނަސް އަހަރެމެން މިތިބީ ރޯދައައް އިނގޭ. މާ ރާފުޅި ވެގެން އުޅޭނެ ކަމެއްނެތް

  28. ވެރިކަމުގެ ބޭނުމުގަ ދިވެހިރާއްޖެ ފުޑުފުޑު ކުރީމާ ގަމާރާ އެއީ ހަމަ ދިވެހިން ނާ ވާ ގެއްލުމެއް

  29. ތިއޮތީ ހޭބަލިވެފަ ތަަނަކުން ފިޔަވަޅު އަޅަނީ ކެނަރީގޭ ދައްޖާލު ބުނީމަތަ ކަލޭ ދެން މިރާއްޖެ އަސް ކުރިން ތެޅުނު ވައްތަރަކަށް ތެޅުނަކަ ނުދޭނަން ކަލެއަކަށް ލާހިކެއްނޫން 2018ގެ ރިޔާސީ އިންތިޚާބުގައި ބައިވެރި ވާކަށް

  30. އަދި ތިޔައީ އެހެންވާކަމެއް ނޫން - ސަރުކާރުގެ ހުރިހާ މީހުން އަދި ހުރިހާ ދިވެހިން އިންޑިޔާ އަށް ދާނެ އެކަމުގައި ހުރަސް އިންޑިޔާ ޖެހޭނީ ހައްލުކުރަން ނޫނީ މިރާއްޖޭހަގައި ތިބި ހުރިހާ އިންޑިޔާއަށް ނިސްބަތްވާ މުވައްޒަފުން ރާއްޖޭއިން ޑިޕޯރޓްކޮށް ފޮނުވާލެވޭނެ

  31. ފެންނަގޮތް

    ކަލޭވެސް ރާއްޖެ އަރައިފިއްޔާ ހައްޔަރުކުރާނަން

  32. މީނައަށް ރާއްޖެ އާދެވޭނެބާ ...!!!

  33. ޕޮލިސް މޭން

    ދެން އަތްޖަހާ

  34. އަބްދުއްލާ

    ނަސީދަކަށް ވެސް ދެން މިރާއްޖެ އަކަށް ނޭރޭނެ ، ބުނެވިއްޖެ އެއްނު

  35. މަވެއްޖެ ފޮތެއްލިޔަން .. "ވެރިކަމާ އެކީ ފެއިލްވި ނަޝީދު"

  36. ތިހުރީ ހަމަ ޖައްޖާލު ފާޅުވެފަ. ދިވެހިރާއްޖެ އާއި ހެދި ނޫލޭބަލަ.

  37. ދިވެހި ސަރުކާރުން އިންޑިޔާއަށް އަރާހިތުން އެބަ އުޅޭތަ ؟ އެއްވެސް މީހަކު ބޭނުމެއް ނުވާނެ އިންޑިޔާއަށް އަރާކަށް. ބޭސް ކޮޅަކަށް ޖައްސާލަފާނެ. އެއީ ކުރާހިތުން ކުރާ ކަމެއް ނޫން. ވަރަށް އަވަހަށް ބޭހަށް ވެސް ދިޔުން ހުއްޓޭނެ.

  38. މިކަލެގެ މިރާއްޖެ އެރިޔަ ދީގެން ނުވާނެ.

  39. ރުޒާނާ ޗޮއްޕަޓު

    ދެން އެކަން އެހިސާބުން އެނިމުނީ ކަލޭގެ އަނގަޔާހުރެ. ކަލެއަކީ ވަރަށް ސުންޕާ މީހެއް. ކަލޭ އަނގަ ބާނައިގެން ފިއްޔާ އެކަމެއް އެކޮޅުކޮޅުން ޖެހޭނެ. ދެން ސަރުކާރުގެ އެކަކަށްވެސް އެއް ތަނަކުންވެސް އެއްވެސް ހުރަހެއް ނާޅާނެ.

  40. އަހަންމަދޭ

    ރޯދަ ކުއިޒް: ރާއްޖެ އަރަން ބޭނުންވެ އަރަން ނުކެރި ކާކުތޯތޯ. ކަލެއަށް އެނގޭތަ ޖަވާބު.

  41. ދޮގެއްތަ މީ؟

    ދެބައިކުޅަ އެއްބަޔަށް ލޯ މެރިފައެއްނު މިހާރުވެސް ޖަރީމާ ރައީސް ތިހިރީ.

  42. މިއީ މިޤައުމުގެ ޖައްޖާލު

  43. އަލިފުދާލުކާފުލާމު

    ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ މަގު ޢަބްދުﷲ ޤާޒީ އާ ހެދި ބަންދުވެ ޖަލު ޙުކުމެއްގައި އުޅުއްވާތީ.. މޭކަރާނެ.. އަނގަ ގަހާނެ.. ގައި ހިރުވާނެ.. އިރުއިރުކޮޅާ ޓްވީޓެއް ކުރާނެ.. ނިސްބަތްވާ ޕާޓީ އިންވެސް މިހާރު އެދަނީ ފޭލްވަމުން...

  44. މިހާރު ތިއީ އިންޑިޔާގެ ބޮޑުވަޒީރުތާ ދެންތިއޮތީ ވެރިކަމެއް ލިބިފަނޫ ތިބުނީ އެމެރިކާއާއި އިނގިރޭސި ވިލާތުންވެސް އަދި ޔޫރަޕިއަން ޔޫިއަންއިންވެސް ފިޔަވަޅު އަޅާނެކަމަށް ތީނަބުނަގޮތަށް ކަންކަން ވާނަމަ ކުލީސިފައިންނާއެކު އިންޑިޔާގައި ވަކި ޖަމާޢަތެއް ހަދައިގެން ވެރިކަން ކުރަންފެށީމަ ނިމުނީނު

  45. ނިހާނު އިންޑިޔާއަށް އެތެރެ ވިޔަނުދިނީ ނަޝީދު ބުނެގެންތަ؟
    ނިހާނުއަށް އިންޑިޔާއަށް ނުއެރެނިސް ނަޝީދުއަކަށް ދިވެހި ރާއްޖެއަކަށް ނޭރެނެ

  46. ނަސީދު ކަލޭ އޮވޭ އިންޑިޔާ ބަނޑު ދަށުލާގެން

  47. މިކަލޭގެ އާއި މިކަލޭގެ އައުވާނުން މިއީ މިގައުމަށް ފާވެފަ ތިބި ބަލާވެރި ކަމެތް

  48. އެމެރިކާއިން އިސްރާއީލަށް އަމަލުތަކަށް ފާލުގައި ދެކޮލު ހަދާ ގައުމުތަކާދެކޮޅަށް ފިޔަވަޅު އަޅާނެ މިކަމުގައި އެގައުމު ތަކުގައި ތިބި ޔަހޫދީން ތާއީދު ކުރާބެ

  49. ޢަލީ ސަމީރު

    މީދެން ކާކު

  50. ބާބޫ ނާޒް

    ޓުރެވަލް ބެން އެއްނޫން ޓުރެވަލް ބޭގަނޑު އަދިވެސް ފާހާނާ ތައްޓަށާ މީދާކޭއުނބަށާ ކުނިއަޅާ ވަށިގަނޑަށާ ފާރުހޮރަށާ އަދި ވަޅުފަދަ ތަންތަނަށް ވޯޓުލައިގެން ވެސް ކާމިޔާބު ނުވި ބޮޑުމޮޔަ ކޮސްގޮވަނީތަ ހިނދުކޮޅު އައީދޮތަ.

  51. ބަވަނަ/މާލެ

    އިނގިރޭސި ވިލާތުގެ މެޑިކަލް ކޮލެޖަކުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގާވާ ގޮތުން މިކަލޭގެ ރޯދަނުހިފުމުގެ ސަބަބުން މިކަލޭގެ މައިބަދަ އަންނަނީ ރަގަޅުވަމުންނެވެ އެހެންވީމާ އަވަސްފުރުސަތެއްގައި ރާއްޖެދެވޭނެ ކަމުގެ ގެރަންޓީ ދެއްވިއެވެ.

  52. ބަލަ މިދިމާވަނީ ނުހައްގުން ޖީ.އެމް.އާރު ނުއުއަގުގާ ދިވެހިރާއްޖޭގެ މޫނުބަލާ ލޯގަޑު ނުވަތަ އެއަރޕޯޓް ދިންކަނަތަގަޑު ކެނެރީގޭ ނަޝީދަކީ ވެރިކަމަންކުފޫހަމަވާ މީހެއްނޫ ބަލަ ދިވެހިމޭއިސް ތިރިކިޔާ ލަކުޑި ގުދަނަކައް ބަލޯލަކުޑިޔާ ހާޑުވޫޑާ ރެޑްމެރަންޓީ ލަކުޑީގެ ކޮޑި އަޅަންނޭގުނު މީހަކައްކޮންވެރިކަމެއްކުރެވޭނީ މިހާރު އިންޑިޔާއާގުލިގެން ވެރިކަންހޯދަން މޮޔަވަނީ ވެރިކަމުގެ ދަހިވެތިކަމުގާ އަމާގެ ކަރުފައްޓަރުބައިދީގެންވެސް ބަޔަކުހޯދައިގެންވެސްބޭނުމީވެރިކަން؟؟

  53. މީ އަނެއްކާ ފަހުޒަމާނުގެ އެބުނާ ދައްޖާލުތަ

  54. ތިބޭޅާ މިހާރު ތި ހުންނެވީ ދަތްޖާ ލައްވުރެއްވެސް ނުބައިވެފައި. ވެރިކަމާ ހެދި ބޫތު ކައިފައި. ދިވެހިން އުފަލުގައި ކައިބޮއިގެން މަސައްކަތްކޮށްގެން ގެދޮރުގައި ރީތިކޮށް އުޅެ އުޅޭ ހުއްޓާ ދޮގު ވާހަކަތައް ދައްކައިގެން ބޭރު ފަރަންޖީން (ކާފަރު) ގެ ބޯކާލަނީ. މިކަން ނިމިގެން ދާނީ ނަޝީދުގެ ނިމުމާއެކު. ރައީސް ޔާމީންގެ ނިމުމާއެކަކުނޫން...!

  55. ރަނގަބީލު

    ވިސްނާށެވެ.އަޅުގަނޑުމެން އިންޑިޔާ މީހުންނާ ވައްތަރު ވީމަ ދުނިޔޭގެ އެތަައް ގައުމެއްގެ މީހުން އަޅުގަނޑުމެންނަށް ނަފްރަތު ކުރެއެވެ.އެއީ ވެސް ކަންތައްތައް ކުރުމުގައި އިންޑިޔާ މީހުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުންނެވެ.

  56. ނަށީދުއާއި ކުޅެން ނޫޅޭތި ދެން ވެސް. ޕީޕީއެމް ކުދިން ސައިޒުގަ ތިބެން ޖެހޭނީ.

  57. އޭން މިހިރަ ފެންނަ ބުދު ބެހެއްޓި ކަލޭގެޔާ. މި ގައުމަަށް ކަލޭ ނާރާތި .
    ބޯ ބުރި ކުރާނެ ކަން ހަނދާނުގަ ބަހައްޓާތި

  58. މަހިތަށްއަރާ މިކަލޭގެއަށް ތާއިދުކުރާމީހުންއެއީ ދެލޯކަނުވެށބީރުވެފައިތިބި މޮޔައިންތަކެއްބާއޭ؟ ދައްޖާލުފާޅުވެފައި ތިހުރީ.

  59. ކަލޭ ހުރެބަލަ އިންޑިޔާގަ. ރާއްޖެ އަންނަން ނޫޅޭތި.

  60. ކަލެއަށްދޯ އެގޭނީ އިންޑއާއަށް އެރޭނެ މީހުންނާ ނޭރޭނެ މީހުން.އެއީ ކަލޭގެ ތަނެއްދޯ.

  61. މީބޮދު އިބިލިހެއް

  62. ކަލޭ މެން އިންޑިޔާ ދައްކާ ބިރަކަށް އަހަރުމެންގެ ޔާމީން އެއް ނުސިހޭނެ. ޓިކަހަލަ ކިތައް ބިރު ދައްކާއިފި. ބޮވެން ޖެހެންނާ ބޮއެގެން އޮވެބަލަ. ބޮޑޫ ނުހޮރުއްޕާން އެއް ނޫން...

  63. ގަމާރާ އަހަރެމެން އާންމުން ވެސް ނުދާނަން އިންޑިޔާ އަކަށް ދެން. ބޭންކޮކް ހޮސްޕިޓަލް އިންވެސް އާސަންދަ ލިބޭ މިހާރު..ރޭޕިސްޓް އިންޑިޔާ އެއޮތީ ވަރަށް މޮޅުވެފަ..ހިތުން..ކަލޭ ހުރޭ އިންޑިޔާ ވެފަ...

  64. ޖަޒީރާ ރައީސް👍❤️

  65. އަލްހަމްދުﷲ
    ޙާދަ އުފާވެރި ހަބަރެކޭ

  66. ކެނެރީގެ ކޮކަޑިކުމާރަށް މާލޭގެ ބޭރު ތޮށިގަނޑު މަތީފައިޖައްސާލެވުނަސް ލޮނުލީ އެއްޗެއް މަނުކާނަން. މީ ވަރަށް ވާހަކަ.

  67. ތަރާގަނޑު

    މިނުބައި ނުލަފާ ދައްޖާލު މިގައުމަށް ފާ ނުކުރައްވާދޭވެ.އާމީން

  68. ބަލަ ކަލޭ ތީ ކާކު؟ ކަލެއަށް އިހަށް އަމިއްލަ ރަށަށް އެރޭތޯ ބަލާބަލަ...ސީދާޖަލަށް 100 ފޫޓަށް ގާތް ވިޔަސް

  69. އަޅާނެ ފިޔަވަޅެއް އަޅާ ސިޔާސީ ގޮތުން ތިބުނާތަންތަނުން ކިތަމްމެ ފިޔަވަޅެއްއެޅިޔަސް މަގޭވޯޓު ޔާމިނައް. ކުރީފަހަރުތަކުގަ ހަމަތިނަސީދު ބައިވެރިކޮއްގެން ތިބުނާހުރިހާ ތަންތަނުން ފާޅުގަ ނަސީދައް ފަހިވާގޮތައް ކަންތައް ކޮއްދިންއިރުވެސ ހަމަ ޥޯޓުން ތަޅާ ބަލިކޮއްފަ އޮންނާނީ، 2008 ގެ މޖަލިސްއިންތިހާބު، ލޯކަލް ކައުންސިލް، 2013 ގެ ރިޔާސީ އިންތިހާބު، މަޖްލިސްއިނތިހާބު ހަމަތިނަސީދުއާ ތިބުނާއެންމެން އެއްކޮޅައްލާފަ ބަލިކުރީ. ﷲ އިރާދަފުޅުން 2018 ރިޔާސީއިންތިހާބު ހަމަބޮޑުތަކުން ވޯޓުންތަޅާ ބަލަކުރާނަން

  70. އަހަރެމެންގެރައީސަކަށް ރާނގަޅީ މިހާރުވެސްވެރިކަމުގަމިހިރަދައްޖާލު އިބިލީހުގެބެސްޓްފުރެންޑް އޭރުންމީހުންވެސްމަރަންވީހަމަ ރިސްވަތުވެސްކައިގެންއޭނަބުނީމަ ވެރިކަމާދިމާކޮށްފާނެހެންހީވާކޮންމެމީހެއްގެމަސްވެސްނޮޅައިގެންކާންވީ އެކަންބަލަންއޅެފާނެފަނޑިޔާރެއްވިއްޔާ ހުންނަންޖެހޭނީޖަލުގަ މިޔެއްނުންތިޔަކިޔާސަނާއަކީ!!!

  71. ރައީސް ނަސީދެއް ނޫން. ރަގަޅު ގޮތަކީ ރާ ނަޝީދު

  72. ބުއްދި ހަމަ ނުވާ މޮޔައިން ކާފިރުން ދެކެ ބިރުގަންނަ ފަދައަކުން ހެޔޮވިސްނޭ މުސްލިމަކު ބިރެއްނުގަންނާނެވެ.ދިވެހި ރާއްޖެއާއި އިންޑިއާ ގުޅުން ބޭއްވުމުން އެމީހުންނަށް ލިބޭފައިދާ މާބޮޑެވެ.ދިވެހިންގެ އެއްވެސް މީހަކު އެޤައުގައި ވަޒީފާއެއް އަދާނުކުރެއެވެ.

  73. ލާދީނީ ޖައްބާރު ނިކަމެތި ކުރައްވާށި!

  74. ހޫން ކަލޭ އަންމަ އައްޕަ ގެދޮރު ދޯ!

  75. ކަަލޭ ތިޔައީ އިންޑިޔާ ގެ ބޮޑު ވަޒީޜުތަ. ހަމަ ތިޔަހެން ކަލެއަށް ނުކެރޭނެ ރާޖެއަށް ވެސް އަރާކަށް.!

  76. ރައީސް ނަޝީދު ވިދާޅުވިޔަސް ދެތެއްވިއްޔާ ވާނީ ތެދަކަށެވެ.

  77. އެއީ ކެނެރީގޭ ކޮޓަރިއެއްތޯ؟

  78. ވިސްނާމީހާ

    ހައްހައް ހުވަފެނުގަތަ ކަލޯ ތީ ނުވާކަންތައްތައް ވާކަންތައްތަކަށްހަދާ ބުނެ އެއްކަލަ ވަށާތަވާފްކުރާ މީހުން ހެއްދިދާނެ އެއްވެސް ފިޔަވަޅެއް މިސަރުކާރަކަށް ނޭޅޭނެ މިސަރުކާރަކީވެސް މިޤައުމުގެ ރައްޔިތުންގެ ވޯޓުން ހޯދައިފައިވާ ސަރުކާރެއް

  79. ސާކް ގައުމުތަކުގެ މެދުގަ އޮންނަން ޖެހޭ ގައުމުތަކުގެ ގުޅުމުގެ މައްޗަށް މިބުރާންތި އިސްކޮށް އިދިކޮޅުބައިގަނޑަށް އިންޑިޔާ ވާގިދިނުމަކީ އިންޑިޔާގެ ގޮތެއްފޮތެއް ނެތް ކަމުގެ ހެއްކެއް.

  80. ކަލޭ އިންޑިއާގައި ވެރިކަން ކުރަންވީނުން.

  81. އިސްތިއުފާ ދިން ބަދަވި

    ދެން އެހެންވެއްޖިޔާ ކަލޭ ނިކަން ރާއްޖެ އާދެބަލަ

  82. މީހަމަ އިންޑިޔާ ގޮލައެއް....މީނައަކައް ވެސް ދެން ރާއްޖެއަކައް ނާދެވޭނެ....

  83. އަބްދުއްލާ

    އިމިގްރޭސަން އޮފިސަރުންނަށް ރިސްވަތު ދިންވާހަކަ ނުބުނޭތަ ؟