އިލެކްޝަންސް ކޮމިޝަނުން ކަމެއް ކޮށްދީގެން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ، އީސީގެ މެމްބަރުން ކައުންސިލް އިންތިހާބު އެމްޑީޕީގެ މެމްބަރުންނަށް ކާމިޔާބުކޮށްދޭން ބޭނުންވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.
ޝަރީފް ވިދާޅުވީ، އިންތިހާބު ކާމިޔާބު ވާނީ ވޯޓުގެ ނަތީޖާއިން ކަމަށެވެ.އަދި ރައްކާތެރިވެ ތިބެގެން ކެމްޕޭން ކުރައްވަން ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.
"އިލެކްޝަނުން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން އެއިރުވެސް މިހާރު ވެސް އޮތީ". ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި، އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ވެދާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ތުހުމަތު ކުރާގޮތުގައި އީސީގެ މެންބަރުންގެ ވަޒީފާގެ ބިރުވެރިކަމުގައި މަސައްކަތް ކުރަމުން ދަނީ އެމްޑީޕީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްދެވޭތޯއެވެ.
ޢީސީސަރީފޫޫޫ ޫ ޫ ޫ ޫ
އަމިއްލައަށްތިޔައެއްބަސްވެވުނީ ކުރިންކަންތައްތަކެއް ކޮށްދީފަވާނެކަމަށް ވީމަ ވޯޓުލަރުދާސްތައްކުދިކުދިކޮށް ނައްތާލީކީއްވެގެންކަންވަރަށްސާފް! އަދިވަކިހިސާބަކުން އެއްބަސްވާނެ ބަޔަކުރާވާއެކަންހިންގާދިންކަމަށްވެސް! ޝަރީފޫ އަދިޖަވާބުދާރީވާންޖެހޭދުވަހަކާއި ގާތްގަނޑަކަށް ދެފޫޓުތިންފޫޓު ހަފޫޓުގެ ގޮޅިއެއްގަ އެކަނިމާއެކަނިއޮންނަންޖެހޭނެދުވަހެއް އަންނާނެކަންވިސްނަވާށެވެ. ﷲއީ އޯގާވަންތައިލާހްއެވެ.
ސަރީފޫ ދޮގެއް ތިހެއްދެވީ.
ދެންކީއްވެތޯ ދެފަޔައްހިނިއަރައިގެން އުޅުނުހެން ރިޔާސީއިންތިހާބުގެ ވޯޓްކަރުދާސްތައް ނައްތާލީ
ގިޔާމަތް ދުވަހަކުން ކަލެޔަކަށް ތިޔަހެން ދޮގެއް ނެހެދޭނެ.