އައްޑޫސިޓީއަށް ގެންނަން ނިންމާފައިވާ އަސްތައް މިރޭ އެ ސިޓީއަށް ގެނެސްފިއެވެ.

އެ ސިޓީއަށް އަސްތައް ގެނެސްފައި ވަނީ، އެސްޓީއޯގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ބޯޓެއްގައެވެ.

އެމްއެސްއެސް އިން ބުނީ، އެ އަސްތައް ރައްކާތެރިކަމާއެކު އައްޑޫއަށް ގެނެސްފައިވާ ކަމަށެވެ. މި އަސްތައް ގެނެސްފައި ވަނީ އެމްވީބޮންތި2ގައެވެ.

މިއީ އައްޑޫގެ ޓޫރިޒަމް ކުރިވަރުން ފަށަން އުޅޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

އަދި އެ ސިޓީއަށް ފަސް އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަ ދީފައިވާކަން އޮގަސްޓް މަސް ތެރޭގައި ވަނީ ހާމަކޮށްފައެވެ.

އެރަށަށް އަސް ގެނައުމާއި ގުޅިގެން ސަދަން ސްޓެލިއަންސް ބުނީ، އަސްތައް އައްޑޫއަށް ގެނައުމުގެ ކުރިން އަސްތަކަށް ފަރުވާދޭނެ ވެޓް އެއް ހުރުން މުހިންމު ކަމަށް ބުނެ ގިނަ ބަޔަކު އެކަމާއި ވާހަކަ ދައްކާފައިވާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށްވެސް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ވެޓްގެ އިތުރުން އަސްތަކަށް ބޭނުންވާ ކާނާ އަދި ބޭހާއި ބެހޭ ގޮތުން އަސްތައް އައްޑޫއަށް ފުރުވާލުމުގެ ކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަރަދޫސޫދު

    އަސް ބިސް އެޅީމަވާނެ ދެތިން ބިސް ފޮނުވަން ލާމަށް

    14
    2
  2. ހާލުފޮޅި

    ވަރަށް ބޮޑު ޕްރޮޖެކްޓެއް.. މިވަގުތު ރާއްޖެއަށް އެންމެ މުހިންމީ ގެރިބަކަރި އަސް ފަދަ ޖަނަވާރު ގެނައުން.. ވަރަށް ވިސްނާފަ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ކަންތައްތައް ތިކޮށްދެއްވަނީ.. ސާބަހޭ

    28
    1
  3. ނަހޫ

    އަސްތައް ބަލަހައްޓަން ސަތޭކައެއްހާ މީހުން އިންޑިއާ އިން ގެންނަންވީނު.

    30
    4
  4. Anonymous

    އިސްލާމްދީނައް ލޯބި ކުރާ މީހަކު އެއްޗެކޭ ބުނެފި ކަމުގައި ވަންޏާ މި ލާދީނީ ބައިގަނޑު ބުނާނެ ކަލޭމެން އަސްތަކާއި ޖަމަލުގައި ނޫޅެނީ ކީއްވެހޭ؟ މިއަދު މިފެނުނީ ލާދީނީ ބައިގަނޑު އަސްތައް ނެގެސްގެން އުޅޭ މަންޒަރު.

    18
    1
  5. ޞާރި

    ކޮސް ގޫ ބައްޑާ....ދެން ވޯޓް ދީ ...ތިއޮތީ ތަރަގީވެފަ

    22
    2
  6. މުހަންމަދު

    ކަލޯމެންނޭ.. އަސްތަކުގެ ދުވަސް ތިޔަ ދިޔައީ.. ތިޔަ އަސްތަކުގެ ކަށިކޮޅެއްވެސް ހިޔެއް ނުވޭތިތާގަ މާގިނަދުވަހަކު އޮވެދާނެހެން.. ތިޔަބުނަނީ އައްްޑޫއޭ ވިއްޔާ..

    12
    3
    • ސަނީ

      އައްޑޫ ނުރައްކަލީ ކޮންގޮތަކުން؟ ޕްރޫފް ދައްކާ! ސޯސް އަކީ ކޮބާ؟

  7. ލީނާ

    ކުރިން ހާއްސަ ހުއްދައިގަ ކޮވިޑް. މިފަހަރު ކޮން އެއްޗެއްބާ؟؟؟

    13
    1
  8. ސޭކްސްތާން

    އަސް ނެތިގެންނޯ ޓޫރިސްޓުން ނާންނަނީ. ގެރި ކޮޅެއްވެސް ވާނެ ގެންނަން. އިންތިހާބާ ދިމާކޮށް އައްޑޫ މީހުންގެ ބޯކާލަނީ. އަނެއްކާ އައްޑޫ މީހުންގެ ބޮލަކީ ނޮޅައިގެން ކާލަން ފަސޭހަ ބޯތަކެއް.

    23
    2
  9. ޜުގީ

    ހަދާނެހާ އެއްޗެއް ހަދާނިންމަނީދޯ.

    15
    1
  10. އަސްތަބީގެ ވެރިޔާ

    އަސްގަބީލާގެ ވެރިޔާގެ ފަރާތްޕުޅުން އަސްތަބީލާއާ ހަވާލުވެ ހުންނަވާ ބޭފުޅަކު މާދަމާ ހަވަރަށް ބޭރުޖައްސަވާނެ. ބެރުޖައްސަވަނީ އަސްތަކަށް ކިޔާނެ އައްޑޫބަހުން ރީތި ނަންތަކެއް ހޯއްދަވަން. ރަމަލުވެރިންނަށް ފެންނަގޮތުގައި ހިތްޕުޅާ ހަމަކުރައްވާނީ، ގޫވަލާ، ގޫފޮޑި މިޒާތުގެ ނަންތަކެއް.

    10
    3
  11. ސސ

    އެއީ ޕޮލިސް އެކަޑަމީގައި ބޭނުން ކުރަން ގެނައި އަސްތަކެއް !

    8
    1
  12. ޢަލީ

    ތިއަށްވުރެ މާރަނގަޅުވީހެއްނު، ބޮޑެތި ހައެއްކަ ގެރިގެނައިނަމަ، ކިރުލިބުނީހެއްނު، އޭރު ކުރީގެ ވައުދު ފުއްދަން ކިރުހޮޅި ގުޅައިގެން މުޅި ރާއްޖެއަށް ފޯރުކޮށްދެވުނީހެއްނު، ދެން އުޅެންޖެހޭނީ ތި އަހުން ސަލާމަތްނުވެވިގެން، މީގެ ކުރިންވެސް ރާއްޖެއަށް އަސް ގެނެވުނު، އެތަކެތި މި މާހައުލާނުގުޅޭތީ އެންމެފަހުން ޖެހުނީ ފޮނުވާލަން.

  13. ސަމައިދާ ( އަމާލިކުންގެ ވެރިޔާ)

    ކޮންމެ އަހަކަށް އޮޑިއެއް ދޭންވާނެ

  14. ޤައުމަށްޤައްދާރު

    އައްޑޫއަށް އަސްތައް ގެންނަނީ އިންޑިޔާގެ އައްޑާއަކަށް ހަދަންތައް؟. ތިޔަވުރެއް ރަގަޅު ކުއްތާ ގެނެޔަސް.... އޭރުން ޒުވާނުން ޑުރަގު ވަބާއިން ސަލާމަށް ވާނެ!

  15. އައްޑޫސިޓީ

    އައްޑޫއަށް ބޭނުންވަނީ ތަރައްޤީ.... އަސްތަކެއް ނޫން؟ ރަގަޅު ބޭސްފަރުވާ/ރަގަޅު ތައުލީމު އާއި ތަރަޤީގެ ކުރިއެރުންތައް..... މިފަހަރު އައްޑޫގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން އެމް.ޑީ.ޕީގެ ކުރަމަތިލާ އެއްވެސް ބޭފުޅުންނަށް ވޯޓު ނުދިނުމަށް.... ސޯބޭ މޭޔަރ ކަމުގެ ހުރެގެން އައްޑޫއަށް ލިބުނީ ކޮންތަރަޤީއެއްތޯ؟