އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ޝަރުތު ހަމަނުވާ ކުންފުންޏަކަށް ކްލިނިކެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ. ރައީސް ނަޝީދު އެ ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ހުޅުމާލޭ ކުލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން." ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒްގެ ނުފޫޒުން ކްލިނިކެއް ދިން ކުންފުނީގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ފައްޔާޒްގެ ނުފޫޒުން ކްލިނިކެއް ދީފައި ވަނީ ރައްޔިތުން މަޖިލީހުގެ ދެމެންބަރަކުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ.

ފައްޔާޒްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން އޭނާ މީގެ ކުރިން މީޑިއާގައި ވިދާޅުވެފައި ވަނީ އޭނާ "ވައްކަން ކުރިޔަސް ކުރާނީ މީހުންނަށް ނޭނގޭހާ މޮޅަށް" ކަމަށެވެ.

ނަޝީދާއި މިނިސްޓަރ ފައްޔާޒްގެ ގުޅުން އަބަދުވެސް ވަރަށް ގޯހެވެ. ނަޝީދު ވަނީ ފައްޔާޒު އުޅުއްވަނީ "ބްރޯ ހެދިގެން" ކަމަށް ވިދާޅުވެ ފައްޔާޒް މަގާމުން ދުރުކުރަން ވެސް މަސައްކަތް ކުރައްވާފައެވެ. ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނަޝީދު ބައެއް މެންބަރުންގެ ސޮއި ވެސް ހޯއްދެވިއެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަނޭޅީ، ފައްޔާޒް މަގާމުން ދުރުކުރެވޭ ވަރަށް ނަޝީދަށް މެންބަރުންގެ ސޮއި ލިބިވަޑައިނުގެންނެވުމުންނެވެ.

ފައްޔާޒަކީ ރައީސް ޞާލިހްގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރެވެ. އޭނާ މަގާމުން ދުރުކުރަން ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމުން ރައީސް ޞާލިހް ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް މީޑިއާގައި ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޟި

    މީޑިޔާ ސްޓަންޓް

    20
    • ޞާރި

      ކަންބަޅީ

  2. ހުސެން

    ތިޔަ ތެދެއް ނަސީދޫ ބޯގަންވިލާ މާވަގު ފައްޔާޒަކީ މުޅ ސަރުކާރު ނަން ކިލަނބުކުރާ އެކަލު

    19
    4
    • ޒައިކް

      ތިޔެއް ނޫންވާގޮތަކީ ނަޝީދަށް އޮތް އެންމެ ބޮޑު ބިރު ފައްޔާއަކީ.. ނަޝީދުގެ ޕަޕެޓަކަށް ނުވެ އެންމެ ގިނަ އެމްޕީން ކޮންޓްރޯލް ކުރަނީވެސް ފަޔާކަމަށްވާތީ ބިރުން.

  3. ހަސަނު232323

    އަދިވެސް އަނަސްމެން ހޮވާފަ ބަހައްޓާ.. އޭރުން މުޅިމާލޭގައި އޮންނާނީ ތިމީހުންގެ ބިންތައް

    28
    1
  4. ބަރުގޮނު

    ކުރިންވެސް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ވަރަށް މަސައްކަތް ކޮށްކޮށްފައި ހުއްޓާލީ އެމް.ޑީ.ޕީ ދެ ފެކްޝަނަށް ބެހިއްޖެ ވާހަކަ ދެކެވެންފެށީމާ. ރައީސް ސޯލިހު ފައްޔާޒަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވުމުން. މިހާރު ތިޔަ އަނެއްކާ ކުޅިގަޑު ފެށްޓީ. މިކަލޭގެ މީ ޤަވްމުގެ ހަލާކު. އެމް.ޑީ.ޕީ ގެ ވެސް ހަލާކު.

    24
    1
  5. މަސްލަހަތު

    ތިޔާވާގޮތުން ބިތުފަންގަނޑު ނެގީމައޭ ކެޔޮކޭވަރ އެނގޭނީ ބުނެ އުޅޭ މުސްކުޅިން އަނެއްކާ ގުދޯގުދޯ ތޯ ތިޔަ ގޮވަނީ ފައްޔާޒް ދިން އިރު ބަކީ ކިތައް މީހުން އބަތިބިތޯ މިހާރު ސުވާލް އުފެދެނީ ގޯތިދޭނަމޭ ކިޔާފަ ރައްޔިތުން އަތުންވޯޓް ހޯދައިގެން ބާރެއް ލިބުނީމަ ތިޔާ އުޅެނީ

    18
  6. ދަންނަމޭ

    ފައްޔާޒު މިހާރު ހިންގާ ޖަރީމާ އަކީ އަމިއްލަ ކުންފުނި ތަކުގައި އުޅޭ ބަންގާޅުން ފިލާފައި ވަނި ކޮށް އެފަދަ ކުންފުނި ތަކުން ގަވާއިދުން އެމެންގެ ވޯރކް ވިސާ ކެންސަލް ކޮށް އަދި ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ވާރކް ވިސާ ފީއެއް ދައްކާފައި ވަނި ކޮށް އަނެއްކާ މީގެ 10 އަހަރު ކުރިން އެކަން ކޮށް ނިންމާފައިވާ މީހުން ވެސް ވިސާ ފީ ނުދައްކާ ކަމަށް ހަދައިގެން އަމިއްލަ ކުންފުނި ތަކަށް އިކޮން މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމް އިން ދައްކާ އަދަދޭ ކިޔާ އެތައް ލައްކަ ރުފިޔާ އެއް އަމިއްލަ ކުންފުނި ތަކުން ނުހައްގުން ފެލާލަން ވެގެން ދަނީ އަމިއްލަ ކުންފުނި ތަކަށް އަންގަމުންނޭ މީ ސީދާ ވައްކަން ކުރުން ނޫން ދެން ކޮން ކަމެއްތޭ މިކަމުގެ ސަބަބުން ރައީސް އިބޫގެ ސަރުކާރުގެ ކްރެޑިޓް ދަށްވެ އާންމުންނާއި ސަރުކާރާއި ދެމެދު ނަފްރަތު އުފެދުން ނޫން ކަމެއް ނުވާނެއޭ އެކަމަކު ފައްޔާޒު އެފައިސާ އެއީ ކޮރަޕްޓް ފައިސާގެ ގޮތުގައި ބަލައިގެންފައި އެފައިސާ ގަނޑު ބަނޑު އަޅާލާނެއޭ އޭގެ އަޑީގައި މަޖްލީހުގެ މެމްބަރުން ވެސް ހިމެނޭ ކަން އެއީ މަމެން ދަންނަ ވައްކަމެކޭ އިނގޭތޭ..

    14
    1
  7. ސުޖާތާ

    ނަޝީދު އެމްއެމް އެކުސްޕޯޓާއި ގުޅިގެން ހިންގާފައިވާ ޖަގުލަރީ ކަރަޕްޝަންތައް ބެލުމައް އޭސީސީއަށް ހުށައަޅަން ފަޔާ އަށް ދަންނަވަން. ނަޝީދަކީ ކުލީން މީހެއް ކަމައް ބަޔެއް މީހުން ދެކެނީ. ހަގީގަތް ސާފުކޮއްދޭންވީނޫންތޯ މަނިކުފާނު.

    16
    2
  8. Anonymous

    ޢަނެއްގޭމް

  9. ާައަހުމަދު

    ގިނަރައްޔަތުން ތުހުމަތު ކުރާގޮތުގަ ބުރޯ ހެދިގެން މުޅިމިސަރުކާރު ކިލަނބު ކޮއްފި. އެމްއެމްޕީރސީގެ ހިޔާނާތުގަ ޖެހިފަ ތިބި މެންބަރުން މީނަޔޯ ކޮންޓްރޯލް ކުރަނީ، މީނަޔާ ހެދިޔޯ އެމައްސަލަތަށް ނުބެލިގެން މިއުޅެނީ އެއީ ތެދެއްތޯ؟

    15
    2
  10. އަޙަންމާ

    ނަޝީދު ހެދީ ތެދެއްވިއްޔާ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙުގެ ޒީރޯ ޓްލެރެންސްގެ ދަށުން ފައްޔާޒު ވަކިކުރަންވީ، ނަޝީދު ހެދީ ދޮގެއްވިއްޔާ މަޖިލީހުން ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންވީ. މީކީ އާދައިގެ ވާހަކައެއްނޫން. އެކަކީ މަޖުލީހުގެ އިއްޒަތްތެރި ރައީސް، އަނެކަކީ އިއްޒަތްތެރި މިނިސްޓަރެއް. ދައުލަތަށް / ސަރުކާރަށް މިވަރުގެ ކަންކަން ނުބެލެންޏާ ދެން ވޯޓްހޯދަން ނާންނާތި. އަޔަސް ނުދޭނަން.

    18
  11. ދުނބުރި

    ސާބަސް ވަގުބެ.

    10
  12. ޚާރު

    ގޭ މު ޖައްސަނީ .... ނޫސްތަކުން އެކުޅި ބަލަ ންތިއްބާ ވައްކަން ކުރާނީ... ހުސް ވަގުން

    13
  13. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) "ދެގެރި ތަޅަންޏާ ކައްގަލަށް ބާރު ކުރާނޭ" ބުނާބުނުމުގެ އަސްލު މާނަ މިޒަމާނު ކުދިންނަށް ނޭންގިދާނެ. (2) ވީމާ އޭގެ މާނަ ލިޔެލާނަން. ކުރީ ޒަމާނުގައި މާލޭގައި ގެރި ތައް ވަނީ މަގުމައްޗަށް ދޫކޮށްލާފަ. މިހެން އުޅޭ އިރު ޤަބުރުސްތާނަށް ވަދެ އެތާ ވެސް ތަޅަން ފަށާނެ. ޤަބުރުސްތާނު ގައި ތަޅާނަމަ މަހާނަގާ ތައް ފުނޑުފުނޑު ވާނެ. (3) ވީމާ އޭގެ ޢަދަބީ މާނައަކީ ދިރިތިބި މީހުން ދިރިތިބިޔަކަވެސް ނުދޭނެއޭ، މަރުވެފަ ތިބި މީހުން ކަށްވަޅުގައި ވެސް ތިބިޔަ ނުދޭނެއޭ. (4) މިހާރު ދިވެހިރާއްޖެ ވެއްޓިފައި މިއޮތީ އެފެންވަރަށް. ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް އަކަށް ނޭންގޭ ވައިނޮޅިން ވައްކަން ކުރި އިރު ވެސް. (5) އަންހެނުން ތަކަކަށް އޮރިޔާން ދައްކާފަ މިނިސްޓަރަކު ފިލީމާ ވެސް މި ހިންނަވަރު އިބްރާހިމް އަށް ވަރިހަމަ. (6) ދުނިޔޭ ގެ ކުރިއަރާފައިވާ އެއްވެސް ޤައުމަކުން ޤަބޫލް ނުކުރި ވެކްސިން އެއް ދިވެހި ރައްޔިތު އެންމެންނަށް ޖަހާއިރު ވެސް ހިންނަވަރު އިބްރާހިމް އަށް ވަރިހަމަ. މިއީ އެންމެ 62.09 ޕާސެންޓޭޖް ޔަޤީން ކަން އޮތް ވެކްސިނެކޭ، ޔޫރޮޕޕ ގެ ޤައުމުތަކުންނާއި އެމެރިކާ އިން ބުނާއިރު ވެސް ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް އަށް ވަރިހަމަ. (7) 95 ޕާސަންޓް ޔަޤީން ކަން އޮތް ވެކްސިންތައް ދުނިޔޭގެ މާކެޓްގައި ހުއްޓާ އެއްވެސް ޔަޤީންކަމެއް ނެތް، ރާމާމަކުނުން ހަދާފަ ހުރި ވެކްސިން އެއް ޖެހުމަކީ "ދިރިތިބި މީހުން ދިރިތިބިޔަ ނުދިނުން" ކަން ޔަޤީން. (8) ނޯޓް : ބޭހެއް ނުވަތަ އިންޖެކްޝަން އެއް ވިއްކާ އިރު ދޭ ކުޑަކުޑަ ކަރުދާސް ކޮޅުގައި ލިޔެފައި އޮވޭ މިއީ ރާމާމަކުނުން ހަދާފަ ހުރި ވެކްސިން އެއް ކަމަށް. ރާމާމަކުނު ގެ ޢާލާތް ހަށިގަނޑަށް ފޮނުވަން ވެދާނެ ތޯ ؟ (9) ނުކިޔާވާ ހުރި ހިންނަވަރު އިބްރާހިމް ގެ ނުބައި ނުލަފާކަމުން އެނގިހުރެ، މިކަން މިކުރަނީ ޤަސްތުގައި "ދިރި ތިބި މީހުން ދިރިތިބިޔަ ނުދިނުމަށްޓަކައި". (10) ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުން ކުރާ، ރަނގަޅު ފެންވަރުގެ ވެކްސިން އެއް ރާއްޖޭ ގެ ރައްޔިތުންނަށް ޚައްޤު ނުވަނީ ތޯ ؟؟؟

    14
    1
    • ޝައްފަ

      މިލިޔުމުންއިނގޭ ޑރ. ރާމީ ތާޢީދުކުރައްވަނީ ނަޝީދު އަށްކަން. ތެދުފުޅެއް އިބޫހުރިހާނުބައެއް ހަދަނީ. ފައްޔާޒު ދިފާޢުކުރާނަމޭއިބޫ-ބުނުމަކީ ޑޮކްޓަރ ތިޔަވިދާޅުވިގޮތަށްތެޅުމަކަށް ނަޝީދުއަށް ދަޢުވަތު ދިނުން. އިބޫއެބުނީ "ނަޝީދު އަންނާށޭ މަށާއެއްކޮށް". މިހެންއިބޫބުނިކަމީ ޤައުމަށްހުރިނުރައްކަލެއް.

    • ތޮއްޑޫ އައްޔަ

      އެބުނާހެން. ވެކްސިން ޖަހާވަރުން ޖަހާ. ބަލިމީހުން ވަނީ ގިނަ. ވެކްސިންގެ ބާރުކުޑަވީމަ އެހެންވަނީ.

  14. ނިހާދު

    މީހަކަދޫކުރާނެ މީހަކު ތިދެމީހުންގެ ތެރެއަކުނެތް އަންނިއަށް ފުލްޕަވަރ ނުލިބޭތީ އަޑުގަދަވަނީ ދެމީހުންގެވެސް ސީކްރެޓް މިލިއަންރުފިޔާ ވިޔަފާރިއޮވޭ

    15
    2
  15. މުބީނު މާރނީ

    އިބޫ އާއި އައްނި އެއްގަކަށް ނާރާނެ. އިބޫ ބޭނުން ވަނީ ކާންދިން އަތުގަ ދަތްއަޅަން.

    2
    1
  16. ކަލޯ

    ތިމީހުން ތިދަނީ ރައްޔިތުން ފެލާ ހުސްކުރަމުން!!
    ކަލޯމެން ފަހަރެއްގަވެސް ހީފުޅުނުކުރައްވައްޗޭ ތިމަގާމުތަކުގަ ތިގޮޑީގަ ބޮޑުޓައި އަޅައިގެން ތާއަބަދު ތިބެވިދާނެއޭ!! ނޭގި މަގުމަތިން ފެނުނަސް ކުޅު ޖަހާނަން!!!އެއީ މިގައުމުން މިއަދުކަލޭމެން ބަލައިގަންނާނެގޮތަކީ!! ލާދީނީބައިގަޑު!!!

  17. ޒީރޯ ޓޮލަރެންސް

    ހުރިހާ ދިމާލެއްގައިވެސް ބްރޯގެ ވައްކަން އިނގޭތޯ ރައީސް. ތިއަށްވުރެ އަދި ކުރިން ރައީސް ފަޅާ އަރުވާލި ސިންގަލް ވިންޑޯސްގެ 100 މިލިއަން ރުފިޔާގެ ވައްކަމަށްވުރެ، މާ ބޮޑު ވައްކަމެއް ރޯޑް ކޯޕަރޭޝަން ތެރެެއިން ސީދާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ބްރޯ ހިންގަން އެބަ އުޅޭ. ހުޅުމާލެ ދެވަނަ ފޭސްގައި ވަގުތީ ލޭބަރ ކުއަރޓަރއެއް އަޅަންވެގެން އިކޮނޮމިކް މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށް، ގާތްގަނޑަކަށް 20 މިލިއަން ރުފިޔާއަށް ކުރެވެން އޮތް އެމަސައްކަތް ސީދާ ރޯޑް ކޯޕަރޭޝަންއިން ކުރުމުގެ ބަދަލުގައި، އެކުންފުނިން އުޅެނީ 250 މިލިއަން ރުފިޔާއަށް މިބާވަތުގެ މަސައްކަތް ކުރިން އެއްވެސް ވަރަކަށް ކޮށްފައިނުވާ، އެއްވެސްކަހަލަ ގާބިލުކަމެއް ނެތް، މަކަރުވެރި ކުންފުންޏަކާ ހަވާލުކުރަންވެގެން. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ބްރޯ ވަނީ މަސައްކަތް ހަވާލުކުރާނެ ކަމަށްބުނެ އެކުންފުނިން 200 މިލިއަން ރުފިޔާވެސް އަތުލާފަ. ނަމަވެސް، މަސައްކަތް އެކުންފުންޏާ ހަވާލުނުކުރެވި ލަސްވަމުންދަނީ ރޯޑް ކޯޕަރޭޝަންގެ ބޯޑު ދެބައިވެފައިވުމުގެ ސަބަބުން އެގޮތަށް ފާސް ނުވެގެންނެވެ. ރައީސް މިކަންތައް ބައްލަވާފަ އަވަހަށް ހުއްޓުވާ.