މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 98 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭގެތެރެއިން 78 މީހަކު ފައްސިވީ މާލެ އިންނެވެ.

މިއަދަކީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 98 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 4318 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20663 އަށް އަރާފައެވެ. މީގެތެރެއިން މިހާރު ބަލިޖެހިފައި ތިބީ 2613 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 161 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 124 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަސްދުވަސް ފަހުން މިއަދު 100 އިން ދަށަށް ވެއްޓުނުއިރު ރާއްޖޭގައި ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދު މިހާރު ވަނީ 145000 އަށް އަރާފައެވެ. މީގެތެރެއިން 87045 މީހަކަށް ވެކްސިން ދީފައި ވަނީ މާލެ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނެތީމޭ

    ތިޔާއީ މަމެން ގަބޫލުކުރާ ނަތީޖާ ތަކެއް ނޫނޭ ތަމެން ތިޔާ ނަތީޖާ އިންޑިއާ ގާތު އިއުލާން ކުރަން އުޅެގަ ތަމެން ވެކްސިން ޖެހުމުން ވެސް ކެއްކޭ ޑޮންޑޮނެއް ނެތޭ ބުނަން މަމެން ނެތީމޭ...

  2. ސސ

    ކޮވިޑް ތަފާސްހިސާބަކީ ހަމަ ދޮގު ހިތަން އެރި ނަތީޖާއެއް ކިޔާބަޔެއް !