އައްޑޫ ސިޓީގެ ނަމުގައި އެއާލައިނެއް ގާއިމްކޮށް މުޅި ދުނިޔެއަށް އައްޑޫ ސިޓީ ހުޅުވާލަން ޖެހޭ ކަމަށާއި އައްޑޫގެ މޭޔަރު ކަމަށް ވަޑައިގެންފި ނަމަ މަސައްކަތް ކުރައްވާނީ ރާއްޖޭގެ "އެއް ނަންބަރު" ސިޓީ އަށް އައްޑޫ ސިޓީ ހެދުމުގެ އަޒުމުގައި ކަމަށް އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" ނަމުގައި ރޭ ކުރިއަށް ދިޔަ ޕީޕީއެމް ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރީލޯންޗު ކުރުމުގެ ޖަލްސާގައި ލަތީފް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ވަކި ކުލައެއް ނުވަތަ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ މުޅި އައްޑޫ ސިޓީގެ މަންފާއަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ކައުންސިލް އިންތިޚާބަށް އައްޑޫ ސިޓީގެ ރައްޔިތުން ކުރިމަތިލާއިރު ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އައްޑޫގެ ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ވިޔަފާރި ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. ގިނަ ރައްޔިތުންގެ ވަޒީފާ ގެއްލިފައިވާއިރު ހިޔާވަހިކަމަށް އެއްވެސް ފުރުސަތެއް ލިބިގެން ނުދާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ފަހު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ލަތީފް ހުށަހަޅުއްވާ ބައެއް ސިޔާސަތުތަކާއި ޕްލޭންތައް ކިޔައި ދެއްވިއެވެ. މިގޮތުން އައްޑޫގެ ނަމުގައި ކޮމާޝަލް ބޭންކްއަކާއި އެއާލައިނެއް ގާއިމް ކުރުމުގެ ވިސްނުން ހުށަހެޅުއްވިއެވެ.

"ރާއްޖޭގެ އެއް ނަންބަރު ސިޓީއަކަށް އައްޑޫ ސިޓީ ހެދޭނެ. މި ހުވަފެން ހަގީގަތަކަށް އަޅުގަނޑުމެން ހަދާނަން. އައްޑޫ ރައްޔިތުން މިފަހަރު ވޯޓް ދެއްވާނީ ބަދަލަކަށް. އެކަމާ އަޅުގަނޑު ޝައްކެއް ނުކުރަން،" ލަތީފް ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓުގައި ލަތީބެ ވާދަކުރައްވާ އިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މި ފަހަރު ސިޓީ މޭޔަރުން އިންތިޚާބު ކުރާނީ މުޅި ސިޓީގެ ރައްޔިތުން ވޯޓް ލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޑޫ

    ލޮލް 😂😂😂😂 ޖޯކު އޮފްދިއިޔާ

    9
    5
  2. އަލި ދީދީ

    އައްޑޫ މީހުން ޕީޕީއެމް އަކަށް ވޯޓު ނުދޭނެ.. އައްޑޫ މީހުންނަކީ ދިވެހިން ދުއް އެންމެ ޤަމާރު މީހުނަށް ވެއްޖެ.. މެގަ ޕްރޮޖެކްޓަކަށް ގެރިއެއް.. ހެހެހެ

    8
    3
  3. ގޫބައްޑާ

    އައްޑޫމީހުންނަކީ ބޯގަޅި ބައެއް. އެމްޑީޕީ ވެ އައްޑޫ ތަރައްގީވާނެ ކަމުގެ އުންމީދުގައި ހޮޅުއަށިތަކުގައި އަބަދު ފޯނަށް ލޯކޮށްޕައިގެން އަންނި ފޮޑިއެއްއެއް ޖެހިވާހަކަ އެއްވެސް އޭގައި އޮވޭތޯ ތިބޭ ބައެއް. އެވެރިންނަށް ބޭންކެއް އެއާރލައިނެއް ބޭނުމެއްނޫން. އެމީހުުން ހިތު ދަހީ އެމްޑީޕީގެ އެންމެ ފުރަތަމަ ފަސް ވައުދު.

  4. މާސްޓަރ

    ގަޅިއޭ އެހެން އެއްޗެކޭ ކިޔާނެ ކަމެއްނެތް. ތިޔަ ބުނާ ތަރައްޤީގެ ސަރުކާރުތަކުން އައްޑޫއަށް ކޮށްދިން ކަމެއް ފެންނާކަށް ނެތް. ކަމެއްވިއްޔާ ވެފަ އޮތީ އެމްޑީޕީގެ ވެރިކަމުގައި.

  5. އެދުރުބެ

    ޕީ.ޕީ.އެމްގެ ހުސް އަގައިގެ ތަރައްޤީއިން ތިކަން ވާނެ ނަމަ މިދިއަ ދައުރު ނިމެންވާއިރު ތިކަން އޮންނާނީ ނިމިފައި.