ގދ. ތިނަދޫގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓުނު މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

އެ މީހާއަށް ފަރުވާދެމުން ދަނީ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

''ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ ވެއްޓިފައި ވަނީ އެރަށުގައި މިހާރު ކުރިއަށްގެންދާ ހޭންޑް ބޯލް ޓޯނަމެންޓް ބާއްވާ ދަނޑު ކައިރި ހުރި އިމާރާތަކަށް އެރި މީހެެކެވެ.

އޭނާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

އޭނާ އަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭ ތަފްސީލް ހޯދަން ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގުޅުމުން ހޮސްޕިޓަލްގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.