22:12

ރާއްޖެއިން އިތުރު 131 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:33

އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 67 މީހަކު ބަލިން ރަނގަޅުވެއްޖެ

18:42

ކޮވެކްސް އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފި

13:15

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންނަށް ހާއްސަކޮށް ޕާސްޕޯޓެއް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި.

09:58

ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން ޕެރަގުއޭގެ ހުރިހާ ވަޒީރުން އިސްތިއުފާ

08:51

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަވުމަކީ ރަނގަޅެއް - މިނިސްޓަރ ނަސީމް

08:33

08:32


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި ހުންނަތާ ގާތްގަނޑަކަށް ދޮޅުމަސް ދުވަސް ފަހުން މިއަދު ވަނީ ފައްސިވި އަދަދު ދަށަށް ވެއްޓިފައެވެ. މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އަދި ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާކަމަށް ވުން އެކަށީގެންވެއެވެ. ނަމަވެސް އެކަން މުޅިން ކަށަވަރުވާން އަދި ދުވަސްކޮޅެއް ނަގާނެއެވެ.

މިއަދު 98 މީހަކު ކޮވިޑަށް ފައްސިވިއިރު އޭގެ ތެރެއިން 78 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދަކީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު 98 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 4318 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20663 އަށް އަރާފައެވެ. މީގެތެރެއިން މިހާރު ބަލިޖެހިފައި ތިބީ 2613 މީހުންނެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 161 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 124 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަސްދުވަސް ފަހުން މިއަދު 100 އިން ދަށަށް ވެއްޓުނުއިރު ރާއްޖޭގައި ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދު މިހާރު ވަނީ 145000 އަށް އަރާފައެވެ. މީގެތެރެއިން 87045 މީހަކަށް ވެކްސިން ދީފައި ވަނީ މާލެ އިންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބެ

    މީ ވަރަށް މަޖާކަމެއް. މުޒާހަރާ ވަރުގަދަ ކުރާނެކަމަށް ބުނާއިރަށް އަދަދު މަތިވޭ. ހަމަ ތަފާތެއްނެތި އެމީހަކާ އެމީހެއް އުޅެއުޅެ ތިއްބަ އަދަދު ދައްވެސް ވޭ. ހެހެހެހެ

  2. މުހައްމަދު އަހުމަދު /ގައްދޫ

    މުޒާހަރާ ކުރުމަކީ ކޮވިޑަށް ޕޮޒިޓިވްވުން މަދުވާ ކަމެއްކަމަށް މިއެނގެނީ