ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ގިނަވުމަކީ ރަނގަޅެއް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އަޑު" އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށާއި އެހެންކަމުން ފައްސިވާ މީހުންގެ އަދަދު ގިނަވުން އެއީ ރަނގަޅެއް ކަމަށެވެ. "މިހާރު އަޅުގަނޑުމެން ހަދާ ޓެސްޓްތައް ވެސް ގިނަވާނެ ކުރިއާއި އަޅައިބަލާއިރު. ސެކަންޑް ވޭވްގައި ކުރިވަރަށްވުރެ މާގިނަ ޓެސްޓްތައް އެބަކުރަން. އެއްބައި ދުވަސްދުވަހު 6000 ޓެސްޓް ވެސް އެބަކުރެވޭ. 5000 ޓެސްޓް ވެސް އެބަކުރެވޭ. އެހެންވީމަ މިކަހަލަ ދުވަސްވަރެއްގައި ޕޮޒިޓިވްވާ މީހުން ގިނަވެސް ވާނެ. އެކަމަކު ޕޮޒިޓިވްވާ މީހުން ގިނަވުމަކީ އަޅުގަނޑުމެންނަށް ލިބޭ ރަނގަޅެއް. ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ ރަނގަޅެއް. މިއާއި އެކީ އަޅުގަނޑުމެން ވެކްސިން ޕްރޮގްރާމް ކުރިއަށް މިގެންދަނީ. މިހާރު ދިވެހިރާއްޖެ އަކީ ވެކްސިން ޕްރޮގްރާމްގައި ދުނިޔޭގައި އެންމެ މަތީ ގާތްގަނޑަކަށް ހަތަރު ފަސްވަނައިގައި އުޅޭ ގައުމެއް." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑްގެ އާވޭރިއަންޓްތައް ވެސް ރާއްޖޭގައި ފެތުރެމުން ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. "ކޮވިޑަކީ ވަރަށް ކޮމްޕްލިކޭޓެޑް އެއްޗެއް. މިހާރު އަޅުގަނޑު ދެކޭގޮތުގައި ދުނިޔޭގައި އެންމެ އަވަހަށް ފެތުރޭ ކޮވިޑްގެ ބާވަތްތައް ރާއްޖެއަށް އައިސްފައި ހުރުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް. ވަރަށް ޔަގީންކަމާއިއެކު ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން އެބަވިދާޅުވޭ އެވޭރިއަންޓް ރާއްޖެއަށް އައިސްގެންނޭ އުޅެނީ. އެހެންވީމަ ވަރަށް އަވަހަށް ފެތުރޭނެ. ދެން ކުރީގައި އަޅުގަނޑުމެން ނެގި މެޝާސް އާއި މިހާރު ނަގާ މެޝާސް އާއި ތަފާތުވާން އެބަޖެހޭ. މިހެން މިދެންނެވީ އަވަހަށް ފެތުރޭ ވައްތަރެއް އައިސްގެން އުޅޭތީ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ވެކްސިން ދިނުން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭތީ ""ތިރިއަށްދާކަހަލަ ގޮތަކަށް" މިހާރު މަންޒަރު ފެންނަމުންދާ ކަމަށެވެ.

މިދިޔަ މަހު ގިނަ ބަޔަކު ކޮވިޑްގައި ނިޔާވި އެއްސަބަބަކީ އާވެރިއަންޓް ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އެކަން ޔަގީން ނުވާކަމަށް ވެސް މިނިސްޓަރ ނަސީމް ރޭގެ ޕްރޮގްރާމްގައި ވިދާޅުވިއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަވުމަކީ ރަނގަޅެއް ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވި ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ މީހުން އެޑްމިޓް ކުރަން ހުރި ޖާގަތައް ހުސްވެދާނެ ކަމުގެ އިންޒާރު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭފުޅުން ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަންނި

    އެހެންވީމައި ތިޔަ ބަލި ކޮންޓްރޯލް ކުރާކަށް މާބޮޑު ކަމެއް ކުރާނެ ކަމަކައް ނުބެލެވޭ . ރަނގަޅު ކަމެއްވީމަ .

    119
    2
  2. ސަންތިމަރިޔަބު

    ދައުލަތެއްގެ އިސް މަގާމުތަކަށް ސަފީހުން(ދެއުޅި އެއްނުވާ މީހުން) އިސްކުރަން ފަށާއިފިނަމަ ގިޔާމަތައް އިންތިޒާރު ކުރާށެވެ

    87
    1
  3. ދެބަން

    ދުނިޔޭގަ އުޅޭގަ އުޅޭ އެއްޗެއް ރާއްޖެ އަންނާނެ މީހަކުބުނި. ރާއްޖޭގަ އުޅޭ އެއްޗެއް ރާއްޖޭގެ ރައްޔިތުންނަށްވެސް ޖެހޭނެ. ބެލެވޭގޮތުގައި އެބައިމީހުންގެ އެޖެންޑާ ފެތުރުމަށްޓަކައި ބޭނުންކުރާ ޓޫލްއެއް މިހާރު. ޤަބޫލް ކުރެވޭގޮތުގަ ރާއްޖޭގައި ތި ބަލިނުޖެހޭ މީހަކު މަދުވާނެ މިހާރު ހާއްސަކޮށް މާލޭގައި.

    57
  4. އެމަންޖެ

    ނަޝީދުމެން ބޭނުންވަނީ މުޅި ރާއްޖޭގަ ކޮވިޑް ފަތުރައިގެން ރަނގަޅު މަންފާއެއް ޖީބައްލުން.

    77
  5. ޙަފޯ

    ކޮވިޑާއި ގުޅިގެން ފެއިލްވެފަ ތިބިބަޔަކު ތި ކުރަނީ ފެއިލް މަސައްކަތްތަކެއް. އާންމު ދިވެހިރައްޔިތުންނާއި ހަމަޔަށް ގެންނަން ޖެހޭ ސައްހަ މައުލޫމާތު އަދިވެސް ގެނެސްނުދެވޭ، ހާއްސަކޮށް ފަތުރުވެރިންނާއި ކޮވިޑާއި ގުޅިފައިވާ ކަންކަމުގަ. ޢަދި ވަކިގައުމެއްގެ ބައެއްވިއްޔާ ވަކިން ދޫދީގެން މި އުޅެނީ

    51
  6. ކިޔުންތެރިއެއް

    ދާއިރާގެ ޢިލްމުހުރި ބޭފުޅެއްކަން އެނގިގެންދާ ތިފަދަ ބަސްތަކުން. ބަލީގައި މަރުވާމީހުންވެސް ގިނަވުމަކީ ރަނގަޅެކޭ ނުބުނުއްވިކަން ރަނގަޅު

    68
    1
  7. ދަލާސްޓް

    މައު މޫން 30 އަހަރުގައި ވުޒާރާތަކަށް ލާފަތިބި މިނިސްޓަރުންނެކޭ މިއޮތް ތަހުޒީބް ޒަ މާނުގަ ލާފަ މިތިބަ މީހުންނެކޭ ތަފާތެއްނެތް.

    60
    2
  8. ޢަޙްމަދު

    ކޮވިޑް 19 ވައިރަސް ދިވެި ރާއްޖެއިން އަދި މިހާތަނަށް ހޯދިފައި ނެތް ކަމުގައި އެޗްޕީއޭ އިން ބުނެފި އެވެ. އެޗްޕީއޭ ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިފަދައިން ބުނެފައިވަނީ 3 ސެޕްޓެންބަރ 2020 ގައި އެޗްޕީއޭ އަށް ޢާންމު ރައްޔިތަކު ފޮނުވާފައިވާ އާރްޓީ އައި (ރައިޓް ޓޫ އިންފޮމޭޝަން) ފޯމުގެ ޖަވާބުގައި އެޗްޕީއޭ އިން 29 ސެޕްޓެންބަރު 2020 ގައި ދީފައިވާ ޖަވާބު ގައެވެ.

    އެބޭފުޅާ އެޗްޕީއޭ ކައިރިން އެދުނީ ކޮވިޑް 19 ވައިރަސް އޭ އެމީހުން މި ކިޔާ އެއްޗަކީ އެއްވެސް އިންސާނެއްގެ ކިބައިން ވަކިކޮށް އައިސޮލޭޓް ކޮށް ނަގާފައިވާ އެއްޗެއް ނަމަ އޭގެ ފަންނީ ހެކި ދެއްކުމަށެވެ.

    25
    2
    • ކޮމެންޓް

      ތި ކިޔަން އުޅޭއެއްޗެއް ނޭނގެ

      15
      1
  9. ގައުމީ ލޯބި

    ތީ ދިވެހީންގެ ޓެކްސް ފައިސާއިން މުސާރަ ހައްޤުވާ ބޭކަލެއް ނޫންކަމަ އަމިއްލަޔަށް އިޢުތިރާފު ތިވީ. އަވަހަށް މިނިސްޓަރު އިސްތިއުފާ ދެއްވާ!

    މުސާރަ ނަގައިގެން ދިވެހީންނަށް މަންފާހުރި ކަމެއް ކުރުމުގެ ބަދަލުގައި ދިވެހީންގެ ލޭ ބޯން ތި ދިމާކުރެއްވީ..

    ކޮވިޑް ކޮންޓްރޯލުކުރުމަށް މަސަތްކަތް ނުކުރާނެވާހަކަ، ބަދަލުގައި ތި ޔަވިދާޅުވަނީ އެ ބަލި ފެތުރުމަކި ރަގަޅު ކަމެކޭ..

    ވީމާ، މިހާރު ތިޔަމަސަތްކަތް ކުރައްވަނީ ބަލިފަތުރަން ކަން ޔަޤީންވެއްޖެ. ކޮވިޑްޖެހިގެން މަރުވާ މީހުން، ބަލި ޖެހޭ މީހުން އިތުރުވާވަހަކަ މީ ތިބޭފުޅާޔަށް އުފާވެރި ކަންލިބުނަސް ރައްޔަތުން އެކަމާއި ހިތާމަ ކުރާ ވާހަކަތަކެއް.

    22
  10. އަޙްމަދު

    ޝުކުރިއްޔާ ނަސީމް! ކޮންމެވެސް މީހަކު ނަސީމަށް ގުޅާފައި އަހާބަލަ ކީއްކުރަންތޯ ފިޔަވަޅުތަކެއް އަޅައިގެން ތިއުޅެނީ! ބަހަނާ ތަކެއް ދައްކާފައި މިސްކިތް ބަންދު ނުވެގެންތޯ ތިއުޅެނީ!! ހުރިހާ ކަމެއްވެސް ހައްދެއްނެތޮ ހުއްދަކޮށްލާ!

    26
  11. މުރާދު

    ތިއީ ގަސްދުގައި ރަށްޔިތުންހާލުގައިޖައްސާ މަލާމާތްކުރެއްވުންތޯ؟ މިހާރުޝައްކުކުރެވޭ ކޮވިޑް
    ކޮންޓްރޯލްނުވެ ދުވަހެއްދުވަހަކަށް ޢަދަދުތައްމަށްޗަށްގޮސްގައުމާރަށްޔިތުންހާސްވެކަންބޮޑުވެފައިވަނީ
    މިއީރަގަޅުކަމެއްކަމުގައިދެކިކޮންޓްރޯލްކުރުމަށްކަމާބެހޭފަރާތްތަކުންއެކަށީގެންވާފިޔަވަޅުނާޅުއްވާތީކަމަމިނިސްޓަރ ނަސީމްތިހެންދެކިލައްވާނަމަ ވަރަށްދެރަ އެއީބަލިޖެހޭފަރާތްތައްއިތުރުވެހޮސްޕިޓަލްގައި
    ފަރުވާދޭންޖެހޭމީހުން އެޑްމިޓްކުރަންހުރި ޖާގަތަށްހުސްވެދާނެކަމުގެ އިންޒާރު ކަމާބެހޭފަރާތް
    ތަކުން ދެއްވުމަކީ ރަގަޅުކަމަކަށްނުވާތީ، ހައްޖާ،ޢުމުރާވުމުގެ ފުރުސަތާ އަޅުކަންކުރުމަށް މިސްކިތަށްިދއުމަށް ހުރަސްއެޅި އެކަމުގެމަގު ބަންދުވުމަކީ ރަގަޅުކަމެއްނޫން ރާއްޖޭގެ އިޤްތިސާދުދަށްވެ ގައުމުގެ ރަށްޔިތުންބަނޑަށްޖެހި އެހެންގައުމެއްގެދަށުވެ މިނިވަންކަންގެއްކި
    އަޅުވެތިވުަމަކީ ރަގަޅެއްނޫން ވީމާ، ތިއީ ބޯހަމަޖެހޭމީހުންދައްކާބާވަތުގެ ވާހަކައެއްނޫން ( ތިފަދަ
    މަގާމެއްގިއިހުރެ)

    17
    2
  12. ރ

    މިފަދަ މީހުންގެ ދުލުގެ ނުބައިކަމުން އަޅަމެންގެ މި ދިވެހި ގައުމު ސަލާމަތް ކުރައްވާށި. އާމީން

  13. ޙައްވަ

    މިމީހުންނަށް ރަގަޅުވާނެ އެއީ ބަރާބަރައް މީމީހުންނަށް މުސާރަލިބޭ ނިކަމެތިމީހާ ގެޒީފާމިވަނީ ގެއްލިފަ އެހެންނޫނީ ލިބޭމުސާރައިގެ ބައެއް މިލިބެނީ ސަޕޯޓުއެލަވަންސް ދެނީ އޭކިޔާފަ ޖަނަވަރީމަހުން ފެށިގެން އެވެސް ކަނޑާލައިފި ރައްޔިތުމީހާހުންނަން މިޖެހެނީ ހާލުގަ

  14. އަހްމަދު

    ވެކްސިން ޖައްސުވަން ވެގެން ދުވާލަކު ޓެސްޓު ކުރާ ރޭޓް ގިނަ ކޮށްގެން ފައްސިވާ ކޭސް ތައް ގިނަ ކަމަށް ދައްކަނީ، މީހުން ބިރުގަންނަވަން ވެގެން

  15. ހަލަމްގަން

    އޭނަ އެބުނި ބަހުގެ މުރާދަކީ ބަލިވާ ގިނަމީހުން އައިޑެންޓިފައި ކުރެވުނީމާ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވި ކޮންޓެކްޓުންވެސް ހޯދަން ފަސޭހަވާނެވާހަކަ

  16. ތ

    1965 ގައި މިނިވަން ކަން ލިބުނީންސުރެ މީނާގެ ބަލާ މިގައުމަށް ވަނީ ޖެހިފައި
    އިޒްެރޭލާ ގުޅުން ގާއިމް ކުރަން ވޯޓް ދިން
    ކުލީ ސިފައިން ގެނެސްގެން ބަގާވާތް ހިންގަން އުޅެ އަދަބު ލިބުނު
    ޓްރޭޑްގައި ހުރެ ރާއްޖެއަށް ލިބުނުހާ ފޮރިން އިންވެސްޓް މަންޓްތައް ފުޑުފުޑުކުރި
    އައްޑޫގައި ހުރި ފަހާ ފެކްޓްރީތައް ބަންދުކުރާންޖެހުނު
    ޖަރުމަނުގައި ދިވެހި ރާއްޖެ ފަލޭހަތްކޮށް ލީފްލެޓް ބަހާ ޓޫރިސްޓުން ނައުމަށް ގޮވި ނޫސްތަކުގައި މަޒްމޫންތައްލިޔުއްވި
    އިންޑީޔާގައި ހުރެގެން ދިވެހި ގައުމު ހިފަން ހަތިރާޔާ އެކު ރަާއްޖެ އެރުމަށް ގޮވާލި
    ލޮނުޒިޔާރަތް ޕާކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް ޖީބަށް 3 މިލިއަން ރުފިޔާ ވެއްދި
    ކޮވިޑް އިން ނާޖާއިޒް ފައިދާ ދަނީ ނަގަމުން އަދި ވެސް ލޮނުޒިޔާރަތް ޕާކަށް ކޮންމެ ދުވަހަަކު ގޮސް ކަޓެއް ނެގޭތޯ ދަނީ ބަލަމުން

  17. ައަހުމަދު

    ދެންކީއްކުރަން ވިޔަފާރިތައް ބަންދުކޮށްގެން މުޅިޤައުމު ލޮކްޑައުން ކޮށްގެން ތި އުޅެނީ ހުރިހާކަމެއް ދޫކޮށްފައި ބާއްވަންވީނުން އެއިރުން މިއަށްވުރެ މީހުން ޕޮޒިތިވްވާލެއް އިތުރުވާނެ. މިކަހަލަ ތާކުންތާކު ނުޖެހޭ މޮޔައިން މިނިސްޓަރުކަމަށް ލައިގެން ވާނެ އެއްކަމެއްވެސް ނޯންނާނެ ޤައުމާއި ރައްޔިތުން ވާނީ ހަލާކު.

  18. އައްޑޫ މީހާ

    ވަރަށް ބޮޑު ތެދެއް ރައްޔިތުން ބަނޑަށްޖެހި މަރުވިޔަސް ގައުމުތަކުން ދޭ އެހީތައް މިމީހުންނަށް ބަނޑު އަޅާލެވޭނެ

  19. މުޙައްމަދު

    މިހެން ބުނީ ޑރ. އިޔާޒު ނުވަތަ އެނޫންވެސް ދީނީ ޢިލްމުވެރިއެއްނަމަ އެ ބޭފުޅަކު އިދިކޮޅަށް ހަންދަމައި ރޮލާކެއީސް.

  20. ކެރަފާ ގޯތި ކުރަފި

    ހަމަ އެއްޗެއް ނޫން މިވެސް އަރާ މިނިސްޓަރު ކަމުގަ... ތިޔަ ކަހަލަ މިނިސްޓަރުން ލިބޭނެ ފޭރާ ބުޑުންވެސް... އަނެއް ބުރާންތި އެދުވަނި މުޅި މާލެ ކުޑަކޮށް އެއްގޭން އަނެއްގޭން... ހަމަ ނެއް އެކަތި ވެސް...