މާލޭގެ ބާޒާރުމަތީގެ ފަސް ފިހާރައެއް ރޭ ފަޅާލައި އެތަންތަނުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައިފިއެވެ.

ފަޅާލާފައި ވަނީ ނޯތު ހާބަރާއި ދަތުރުވެރިންގެ މާރުކޭޓާ ދެމެދުގައި ހުންނަ ފިހާރަ ބަރީގެ ފަސް ފިހާރަ އެވެ.

ފަޅާލި ފިހާރަތަކުގެ ތެރެއިން ފިހާރައެއްގެ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފިހާރަތައް ފަޅާލާފައި ވަނީ ފަސް ފިހާރައިގެ ތެރެއިން އެއް ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ކަމަށެވެ. "ފަސް ފިހާރައަކީ ވެސް ގުޅިފައި ހުރި ފިހާރަތައް ކަމަށްވާތީ އެއްފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ވަނުމަށްފަހު ދެން ހުރި ފިހާރަތަކަށް ވަދެފައި ވަނީ ބިއްގަނޑުތައް ހަލާކު ކޮށްލައިގެން. ބިއްގަނޑުތަކުގައި ޖަހާފައި ހުރީ ލަކުޑި ފިލާކަމަށް ވާތީ އެކަން ކުރަން މާއުނދަގުލެއް ނުވާނެ." އޭނާ ބުންޏެވެ.

ފިހާރަތަކުން ވަގަށް ނެގި ތަކެތީގެ ތަފްސީލެއް އަދި ނުލިބެއެވެ. "ވަގުތު" އަށް މައުލޫމާތު ދިން މީހާ ބުނީ ފިހާރަތަކުން ގިނަ އަދަދެއްގެ ސިންގިރޭޓާއި އެނާޖީ ޑްރިންކް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބައެއް ފިހާރަތަކުން ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައި އޭނާ ބުންޏެވެ.

ވައްކަން ކުރި ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިމައްސަލަ އާއި ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަކަރި

    އެޖެންޑާ19 ހަމަ ތަފާތީ

    29
    4
  2. ޖަޒީރާ މާމެލި ދައިތަ

    ތީ އެ ޖެންޑާ 19 ރައެއް ނޫން ހަލާލު ތަކެތި ކެއުމަށް ދަސް ކޮށް ނުދެވި ފައި ވުމުގެ ނަތީޖާ ހަލާލު ތަކެތި ކެއުމުން ދުއާ އިޖާބަ ކުރެއްވޭ ކަން ހަދާނުގައި ބަހައްޓާ ކޮންމެ ނުބައި ކަމެއް ކޮށް ފައި އެޖެންޑާ 19 އޭ ނުބުނެ ބަލަ މަ އެކަމު ވެސް އެޖެންޑާ 19 ޔާ ދެކޮޅު އެޖެންޑާ19 ވެސް ކަޑަ އިންސާ ނުންނާ ޖިންނިންނަށް ވަނީ އިޚްތިޔާރު ދެއްވާފައި ޔުއާ ލައިފް ޔުއާ ޗޮއިސް އެޖެންޑާ ބަކަރި އަށް ހަލާލް މަސައްކަތުން ކުރިއަށް ދިއުމަށް ނަސޭހަތް ތެރި ވަން ބަކަރި އަކީ އެންމެ ހިތްތިރި ނައަމް ސޫފި ވީމަ ހަމަ ބުނެލީ

    8
    9
  3. ޜައްޔިތުމީހާ

    ގައުމުގެ ޒުވާނުން ފަޅާނެތަންތަން ހަދަން މަޖުލީހައް ގަރާރެއް ހުށަހަޅަންފެންނަނީ.

  4. ވާނުވާ

    ކާފޮއު އޭ ކިޔާފަ 11 ގެ ފަހުން މީހަކު ފަައިމަގުގަ އުޅުނަ ނުދީ ބަހައްޓާފަ 11 ޖެހީމާ އެލާޓަށް މަގުތަކަށް ނެރުނު ހުރިހާ ފުލުހުން ގެޔަށް ފޮނުވާލާފަ، މަގުތަކުން އެގަޑީގައި ފުލުިހެއް ފެންނަނީ ހާލަކުން ފަހަރަކު. މީ ސީދާ ވަގުން ވައްކަން ކުރަން ދީފާ އޮތް ފުރުސަތެއް

  5. ޞިޔާނާ

    މިއީ ވައްކަންކޮށް ވޯޓު ފޭރިގެން އައި ސަރުކާރެއް! މިފަދަ ސަރުކާރުތަކުގައި އޮންނާނީ އެންމެ މަތިންފެށިގެން އެންމެ ދަށާހަމަޔަށްވެސް ފޭރުމާ ވައްކަންކުރުމެވެ. މި ސަރުކާރަށްމިވީ ދެއަހަރާ 4 މަހުގައި ހިންގާފައިވާ ވައްކަންތަކާ ފޭރުންތަކުން ޢިބްރަތް ޙާޞިލްކުރާށެވެ.

    7
    2
  6. ށުމަން

    މާލޭ ލޮކްޑައުން ކޮއްފަ ކޮޕުން ވެސް ގެޔަށް ވަދެ ނިދަނީތާ!!

    ގައިމު ލޮކް ކޮއްފަ އޮންނަ ސިޓީ އެއްގަ ފަސޭހަ ވާނެ ކަން ނޭގެ ވަގުން ހޯދަން

    6
    1
  7. ޖާބެ

    ކިހާވަރެއްގެ ހުކުމެއްބާ ކުރާނީ މިމީހުންނައް؟ ގެއައް ބަދަލްކުރަނވާނީ ދައުލަ ތުގެ ޙަޒާނާ ލޫޓުވާލި މީހުމްވެސް ފްރީކޮށް އުޅެނީ އެހެންވީމަ

  8. ކާފު

    މީ ރައްޔިތުން ފުރަބަންދު ކޮށްފައި ބައިތިއްބައިގެން ޕޮލިހުން ނުބަލާތީ ވާގޮތް