ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދަމަހައްޓަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްޕީއޭއަށް ބާރުގެ ބޭނުންކޮށްގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" ނަމުގައި ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެ ކޯލިޝަނުން ނުކުންނަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ.

މި ގޮތުން އެޗްޕީއޭގެ ގައިޑްލައިން އާއި އިންޓަނެޓްގެ ފެންވަރު އިތުރަށް ދަށްކޮށްލާފައި އޮތުމުން ކެމްޕޭން ހަރަކާތްތައް ގެންދިއުމަށް ގޮންޖެހުންތައް ހުރި ކަން އަދުރޭ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ރާވަމުންދާ ވަރަކަށް މާލޭގައި އެއްވުން މަނާކޮށް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ އެއްވުން ރޫޅާލަމުން ދިއުމަކީ ވެސް އިދިކޮޅު ވާދަވެރި ހަރަކާތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އެމަނިކުފާނަށް ދެއްވަމުން ގެންދަވާ "ނުހައްގު އަނިޔާ" އަކީ ޕީޕީއެމްއާާއި ޕީއެންސީއަށް ކުރިމަތިކޮށްފައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ނުހައްގުން ޖަލަށް ލާފައި އޮތުމަކީ ވެސް އަޅުގަނޑުމެންނަށް ކުރިމަތިކުރުވާ އެންމެ ބޮޑު ގޮންޖެހުން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އޭގެ ފަހުގައި ހަނދާން އާ ކޮށްދެއްވީ މީގެ އެއް އަހަރު ކުރިން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރަން ޕީޕީއެމްއާއި ޕީއެންސީއިން ބޭއްވި ޖަލްސާއަށެވެ. އެ ޖަލްސާއަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް އައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މީގެ އަހަރު ދުވަސް ކުރިން އަޅުގަނޑުމެން ވާނީ ވަރަށް ބޮޑު ޖަލްސާއަކުން މި އިންތިޚާބުގެ ކެމްޕޭން ލޯންޗުކޮށްފަ. އެ މަންޒަރު ވެގެން ދިޔައީ މި ސަރުކާރަށް ކެތް ކުރަން ދަތިވި ޖަލްސާއަކަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވާ ގޮތުގައި އެޗްޕީއޭގެ ފިޔަވަޅުތައް އަންނަން ފެށީ އެ ޖަލްސާއަށް ފަހު ކަމަށެވެ. އެއީ އިދިކޮޅު ކޯލިޝަނަށް އޮތް ބޮޑު ތާއީދު ފެނި އެ ކޯލިޝަންގެ ހަރަކާތްތައް މަޑު ޖައްސާލަން މި ސަރުކާރުން މިހާރު ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ފަހުން ކޮވިޑް-19 އަކީ މި ސަރުކާރު ދަމަހައްޓަން ގެންގުޅޭ ހަތިޔާރަކަށް ހެދީ. އޭގެ ފަހުން ތަފާތު އެކި ގައިޑްލައިންތައް ނެރެމުން ގެންދަން ފެށީ. އެޗްޕީއޭއަކީ މި ސަރުކާރު ހިފަހައްޓަން ގެންގުޅޭ މުޑިއަކަށް ހެދީ. މި ސަރުކާރު މިހާރު ނުވެއްޓި މި އޮތީ އެޗްޕީއޭގެ ސަބަބުން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިކުރުވިޔަސް ޕީޕީއެމްއާއި ޕީއެންސީގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަސާސަކީ އަޅުގަނޑުމެންގެ ދީނަކީ އިސްލާމް ދީން ކަމަށް ޖެހިލުމެއް ނެތި ބުނާނެ ޖީލެއް ބިނާ ކުރުން. ރާއްޖޭގެ ކަނޑާއި ފަޅާއި ގިރިތަކާއި ހޭޅިތަކާއި ބިމަކީ ދިވެހިންގެ މިލްކެއް ކަމުގައި ދެކުމަކީ ދެން އޮތް އެންމެ ބޮޑު އަސާސް. ރައްޔިތުންގެ ތާއީދު އަޅުގަނޑުމެންނަށް މި އޮންނަނީ މި އަސާސްތައް އަޅުގަނޑުމެން ދަމަހައްޓާތީވެ،" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކަޅުބަބުރު.

  ހަމަ ހާމާނާ ފިރުއައުނު ތަފާތެއްވެސް ެމީހުން ދެއްކި ކަހަލަ ވާހަކަ މި އދުރޭ މިދައްކަނީ. ބަލިމޑުކަން ގަބޫލު ނުކުރަނޭ ﷲ އަށް ބިރުވެތި ނުވާތީ އަދި އިންސާނުންގެ ބޮލުގަ މިކަން އަޅުވަނީ އީމާންތެރިކަމުގެ ކުޑަވެސް ކަންފުޅެއްނެތީމަ.މިދިޔަ ރިޔާސީ އިންތިޚާބުގަ ބިޔަ ބޮޑު ކިތހަހ ޖަލްސާ އަދުރޭމެނ ބޭއްވިތަ؟ކޮންކަމެއްވީ؟ދެން ކާކުބިރުގަންނާނީ ހެހެހެ މި ކޮމެންޓް ނުވެސްޖަހާނެކަންވެސް އެނގޭ..

  19
  43
 2. އިކްލީލް

  މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ. އެކަމަކު މި ސަރުކާރު ނުވެއްޓި މިއޮތީ އަދި މިސަރުކާރުގެ ނުބައިކަމާ ނާޤާބިލްކަން ރައްޔިތުން ދެނެގަތުމަށްތަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިގޮތަށް މިންވަރުކުރެއްވިހިނދު ފުލުހުންނާ ސިފައިންގެ ބާރުންކަމަށްވުން މާ ގާތެވެ.

  43
  11
 3. ކުނިއަނގަ

  ދެން އެހެންވީރު އަދުރޭ ބުނެބަލަ ޔާމީނަށް 100 އަހަރު ވެރިކަން ނުކުރެވުނު ސަބަބުވެސް. ތިހާ މޮޅުނަމަ އެކަމެއް އެނގި ފިޔަވަޅު އެޅީސް ދޯ

  16
  36
  • ހާމާނު

   އާ އެބުނާހެން. އިމަރޖެންސީ ހިންގައިގެންވެސް ނުހިފެހެއްޓުނު ވިއްޔަ އަދުރޭމެނަށް

   3
   8
 4. ސލ

  މިސަރުކާރު މިވަނީ ބަނޑވަތަށް ވެއްޓި ވެލިކާން ތައްޔާރު
  ވެފައެވެ ޕޕމ ކޯލިޝަނުން ނަރެއްވެސް ދޫނުކުރުމަށް
  މިތިބީ ފޫގަޅައިގެންނެވެ ދާދ ދިއަވަހަށް ރ ޔާމީން ވެރިކަމަށް
  ވަޑައިގެން މާފިއާއިންތަށް ކަސްތަޅު އަޅުވާނެއެވެ.

  15
  7
 5. އިންސާފު

  100 ގެ ވާހަކައެއް

  23
  8
 6. ައަހުމަދު

  މިވެސް ހަމަޖެހޭވާހަކަ ދައްކާމީހެއްނޫން ޔާމީން ސަރުކާރުގައި ނެގުނުލެއް މަދުކަމުން އަދިވެސް އެތެޅެނީ .

  11
  17
 7. ދެރަކަލޯ

  ތިޔަވާހަކައަށް އަހަރެން އެއްބަސްވާނީ ޔާމީނަކީ ވަގެތްކަމަށް އަދުރޭ އެއްބަސް ވާނަމަ

  11
  14
 8. ބުއްޅަބޭ

  އަސްލުވެސް!

  9
  7
 9. ގަންނާދު

  5 އަހަރު ކެއްކޮށްލަން ދަސްކޮށްބަލަ އެއްފަހަރު ބަގާވާތެއް ކާމިޔާބުވުމަކީ ތިމާމެން އިންތިހާބުން ބަލިވާ ކޮންމެ ފަހަރަކު ވެރިކަން ވައްޓާލަން ނުކުންނަންވީ ސަބަބެއް ނޫނޭ

  14
  20
 10. މާވަޑި ފަލާހު

  ނޫންޅު އަދުރޭ، މިސަރުކާރު ނުވެއްޓި މިއޮތީ އަދުރޭގެ ދެތިން ޓިނުގަނޑުގެ ސަބަބުން

  10
  15
 11. އ . ޖ . އ

  ކަލޭމެންނަށް ކަމެއް ނުވިކަން އެނގިއްޖެ

  4
  8
 12. Happy

  ނާރަގަށް؟! ޓިނުގަނޑަކާ ހެދިއްނޫންތޯ🤭

  8
  7
 13. ދިހައަކުން ފަހަކައް

  ހަގީގަތްވާނީ ހަމަހަގީގަތައް މިސަރުކާރުނުވެއްޓި މިއޮތީ ކޮވިޑު މުޑިވިއްދައިގެން ދިހައަކުން ފަހަކައް ހަޔަކުން ހަޔަކައް މީހުރިހާމީހުންވެސް ދައްކާވާހަކަ

 14. ދަރަނި ދަންތުރަ

  ރައީސް ޔާމީނު 5 އަހަރު ފުރާފުރިހަމަކުރި އަދި ތަރައްގީ ހަބޭސް ، ހިސާބުން 5 ކާހަމަޔަށް ގުނަންނޭންގޭ ބޭފުޅުންނަށް މިކަމެއް ރޭކާނުލާނެ ހަޖަމް ކޮށްލާ...

  2
  2
 15. ނަަސް

  އަދުރޭ ތިބުނީ ތެދެއް

  4
  1
 16. އަލްޖިބްރާ

  އެހެންވެއްޖިއްޔާ އަދުރޭ ބުނެދީބަލަ ؟ ޔާމީނުގެ ވެރިކަން ނިމެން ކުޑަދުވަސް ކޮޅަކަށް ވެފާވަނީކޮށް ޔާމީނު އިބޫ ސޯލިހުގެ ކެމްޕޭނު އޮފީހަށް ފުލުހުން ވެއްދީ ކޯންޗެއް ހޯދަންތަ ؟ އެވަރުންވެސް ޔާމީނުގެ ވެރިކަމެއް ދިފާއު ނުކުރެވުނު ބަޔަކު މިހާރު ފަހަރަކު ބައެއްގެ ބޮލަށް ފޫޅުކަޑަމުން ދުވުމަކުން ވާނެ ކަމެއް ނެތް !

  2
  3