ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ދެމެދު ވެފައިވާ އެއްބަސްވުމާ އެންމެ ޕާޓީއަކުން ޚިލާފުވިޔަސް އަވަސް ރިޔާސީ އިންތިޚާބަކަށް ދިއުމަށް ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށް މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ދާދި ފަހުން ވަކިކުރި މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގައި ހަތަރު ޕާޓީއިން ވެސް އެއްބަސްވެފައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން ކުރިއަށް ދާން ކަމަށެވެ.

"ވައުދު ބޮލާލައި ޖެހީ އެމްޑީޕީއިން، ކޯލިޝަން އޮތީ ރޫޅިފަ، ރައްޔިތުންނަށް ވައުދުވީ ކޯލިޝަން އެގްރިމެންޓާ ޚިލާފުވެއްޖެ ނަމަ އިންތިޚާބަކަށް ދާން،" މަލީހް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން ވާދަކުރައްވަން ކޯލިޝަންގެ ލީޑަރުން މަޝްވަރާތަކެއް ވެސް ކުރެއްވިއެވެ. އެކަމަކު އެންމެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ އެ ޕާޓީއިން ވަކިން ނުކުމެ ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރެއްވުމަށެވެ.

މަޖިލީހުގެ އިންތިޚާބަށް ކޯލިޝަންގެ ޕާޓީތަކުން ދެން ނުކުތީ ވަކިވަކިންނެވެ. މިކަމުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގޮތަށް ނިންމަން ޖެހުނީ ކުރީގެ ސަރުކާރުގައި ހިނގި ގޯސްތަކުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ޖުމްހޫރީ ޕާޓީން ޓިކެޓް ދޭން ނިންމުމުން ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އިންތިޚާބުގައި އެކުގައި ވާދަކުރަން ކޯލިޝަންގެ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ވެސް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ފަހުން ސަރުކާރު ކެބިނެޓްގައި އެމްޑީޕީއަށް އޮތް ނިސްބަތް ވެސް މަޑުމަޑުން ދަނީ އިތުރު ކުރަމުންނެވެ.

މި ގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކަނޑައެޅީ އެމްޑީޕީގެ އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ. އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން ގެންނެވި އައިޝަތު މުހައްމަދު ދީދީއަކީ އެއްވެސް ޕާޓީއެއްގެ ބޭފުޅެއް ނޫނެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ސްލޮޓެއްގައިި މުހައްމަދު އަސްލަމް ހުންނެވި ޕްލޭނިން މިނިސްޓްރީ ދަށަށް އެ މިނިސްޓްރީ ގެނައީއެވެ. ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށް އަދި ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙ

    ތިބުނަނީ އެހެންވީމަ ކޯލިޝަން ރޫޅިފައޮތްވައޭދޯ ކަލޭ މިހުރިހާ ދުވަހު މިނިސްޓަރުކަންތިކުރީ އަދި އިންޑިޔާއަށް ގައުމު ވިއްކާލުމަށް ކުރި ހުރިހާ ސައްލާއެއްގަ ބައިވެރިވީ.
    މަގޭ ނަޒަރުގައި ކަލޭވެސްތީ ޤައުމަށް ޚިޔާނާތްތެރިވެފައިވާ ޣައްދާރެއް މިކޯލިޝަނުގެ އެހެން މީހުން ފަދައިން.

    32
    3
    • ފަތުވާޕޭ

      މަލީހުވަޔަކުމީހުނާ ބައިވެރިވެގެން ޤައުމަ ޣައްދާރު
      ވީޔާ އެކަމަށް ތިފަރާތުންވަރަށް ސަޕޯޓުކުރާކަމެއް
      އަދި ތިބާ ޣައްދާރުވަނީﷲއަމުރުފުޅުތަކަށް. ނަހީ
      ތަކާ ތިޔަގާތްވަނީ.

  2. ތ

    އައިޝަތު މުހައްމަދު ދީދީ 2018 ގެ ކެމްޕޭން އަށް އިންޑިޔާ އަށް ދިޔަ އަދި ޓްރެވިންޑްރަމްގައި ޓްރާންސްޕޯޓްގައި އުޅޭ ޒުހައިރު އާއި އެކު ކެމްޕޭން ބައްދަލު ވުންތައް ރާވާ ހިންގި އަހަރެން ދުށިން އޭނާ އަކީ އަޑި އަޑިން އެމްޑީޕީ މީހެއް މަތިޖައިގެން އުޅެނީ ޔަންމާ ޒާހިރާ އިނދެގެން އުޅޭތީ ގާސިމް ރުޅި އަތުވެދާނެތީ... އެފިކުރު މުޅިން ހުންނާނީ މީ ހަގީގަތް

    9
    1
  3. ލަލަލާ

    ކަލޭ ހޫރާލިލެއް ލަސް....މާބޮޑަށްވެސް ލަސް..

    10
    2
    • އެޖެންޑާ2021

      ތިޔަސާއްލޭ ތިޔަ ކައްޛާބު ތިޔައީ އެއްވެސް އޮއްޓަރެއްހުރި މީހެއްނޫން ތީހަމަ ބުރާންޗެއް.

  4. ޞިޔާނާ

    މައުމޫނުވެެސް ފޮޅާލީމަ ދަމާ ބަނދިވަރު އަޑުއަހަން ތިބެބަލަ! އެދުވަސް ވަރަށް ކައިރިވެއްޖެ

    9
    1
  5. ލލސް

    މޮޔަ ނުގޮވާ ހުރޭ. ކަލޭ ތީ ކިބުރު ވެރިެއް. ބޭކާރު ކުއްޖެއް

    6
    2
  6. ދޮނޭ

    ތެދެއް އެހެންވީމާ މިހާާރު ކޯލިސަނާ ކިތަށްފަހަރު ޚިލާފުވެއްޖެތަ ބަރާބަރު ސަރުކާރަކަށް އިތުބާރެއްނެތް މަލީހަށް ތާއިދުކުރަން

  7. މެޑަމް

    ޖަމީލު ފަހަތުން ޕީޕީއެމް އަށް ޖޮއިން ކުރައްވާ. ތީހަމަ ޔަމީން އަށް އެންމެ އިޚްލާޞްތެރިމީހާ...

    8
    5
  8. ައަހުމަދު

    މީދެން ކާކު ބޭރުކޮށްލީމަ އެއުޅެނީ މޮޔަވެގެން ކުރީގެ ސަރުކާރުން ވެސް ބޭރުކޮށްފައި ހުރި މީހެއް ތީ

    9
    2
  9. ރަސީ

    މިހާރު ކޮން ވާހަކައެއް ދައްކާކައް. ދެން ލަދެއް ހުރިއްޔާ ސިޔާސީ ކަންކަމާ ދުރުގަ ހުރޭ. އަބަދު ހިހޫ ތަނުން ކާލައިގެން ހުންނާކަށް ނުވާނެ. ތިބޭފުޅުންނަށް ރަނގަޅުވާނެ. ޤައުމާ ރައްޔިތު ކަރުއަޅާފަވެސް ތިބޭފުޅުންގެ ޖީބުތައް ފުރާލަން.

    10
    1
  10. އައްޑޫ ޝަކުވާ ބޯޓު

    ޢުސާމުގެ ލިޔުން ވ ފު ރިހަމަ. ޥަގުތުގަ އުުޅެ ވ ބެސްޓް އިންފޮ ރމޭޓިވް ޖަ ރނަލިސްޓެއް. ޏުޒުހަތު އެއީ އެއްވަނަ...

  11. މާނިއުމާނި

    މަލީހު އަވަހަށް ތައްޔާރުވޭ ރައީސްކަމާ ކުރިމަތިލާން ނައިބަކަށްވެސް ގޭކުއްޖެއްލާނީ

  12. ޚިޔާލު 3

    ވަޢުދު ފުއްދާ ބަޔަ ކު އުޅޭތަ މި ގައުމުގަ