އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ޝަރުތު ހަމަނުވާ ކުންފުންޏަކަށް ހުޅުމާލެ އިން ކްލިނިކެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުމުން ފައްޔާޒް އެކަމަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒު ނުފޫޒު ފޯރުވައިގެން ހުޅުމާލޭން ކުލިނިކެއް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. "ފަޔާ އަޅުގަނޑު މިހުރީ ތިޔަ ކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައިވެސް ބުނިން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވަމުން ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒް ވިދާޅުވީ އެ ކަންތަކުގައި ނޫޅުއްވާކަން ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ. ނުފޫޒު ފޯރުއްވެވޭ ކަންކަމާއި، ނުފޫޒު ނުފޯރުއްވެވޭފަދަ ކަންތައްތައް ހުންނާނެކަމަށް ވިދާޅުވުމަށްފަހު ފައްޔާޒް ވިދާޅުވީ ނުފޫޒު ފޯރުއްވަވާނަމަ، އެކަމަށް އެއްބަސްވާން ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު އޭނާ ދެކެ ކޯފާވާން ބޭނުންފުޅުވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ނުކުރައްވާކަމެއްގައި ވިދާޅުވެވޭނެ އެއްޗެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

ފައްޔާޒްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން އޭނާ މީގެ ކުރިން މީޑިއާގައި ވިދާޅުވެފައި ވަނީ އޭނާ "ވައްކަން ކުރިޔަސް ކުރާނީ މީހުންނަށް ނޭނގޭހާ މޮޅަށް" ކަމަށެވެ.

ނަޝީދާއި މިނިސްޓަރ ފައްޔާޒްގެ ގުޅުން އަބަދުވެސް ވަރަށް ގޯހެވެ. ނަޝީދު ވަނީ ފައްޔާޒު އުޅުއްވަނީ "ބްރޯ ހެދިގެން" ކަމަށް ވިދާޅުވެ ފައްޔާޒް މަގާމުން ދުރުކުރަން ވެސް މަސައްކަތް ކުރައްވާފައެވެ. ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނަޝީދު ބައެއް މެންބަރުންގެ ސޮއި ވެސް ހޯއްދެވިއެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަނޭޅީ، ފައްޔާޒް މަގާމުން ދުރުކުރެވޭ ވަރަށް ނަޝީދަށް މެންބަރުންގެ ސޮއި ލިބިވަޑައިނުގެންނެވުމުންނެވެ.

ފައްޔާޒަކީ ރައީސް ޞާލިހްގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރެވެ. އޭނާ މަގާމުން ދުރުކުރަން ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމުން ރައީސް ޞާލިހް ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް މީޑިއާގައި ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޑަފި

    ނަޝީދު އުޅުއްވަނީ މަލީހައް ހެދިހެން ފައްޔާޒު ލައްވާ މަޖިލިހާ ދިމާލަށް އެއްޗެހި ގޮވުވާށެވެ. އޭރުން މިހާރު މަޖިލިހުގަތިބި ތަނެއްދޮރެއް ވާއެއްނުވާއެއް ނޭނގޭ ކުދިންކޮޅު ބޮލަށްވަދެގެން ފައްޔާޒު ބޭރުކުރެވޭގޮތް ހަދާލެވޭނެއެވެ.
    ހުރިހާވެސް މައްސަލައަކީ މަޖިލިސް އިންތިޚާބުގެ ޕްރައމަރީގަ ނަޝީދު ތާއީދުކުރި ބައެއްކެނޑިޑޭޓުން ކަޓުވާލުމަށް ފައްޔާޒު މަސައްކަތް ކުރުމެވެ. ނަޝީދުއަކީ ކިތައްމެ ހިތްތިރިކަމަށް ދެއްކެން އުޅުނަސް ބަދަލު ހިފެން އޮތްގޮތަކަށް ބަދަލި ހިފަން މަސައްކަތްކުރާ މީހެކެވެ.

    33
    1
  2. އަންނި

    ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. މީހެއްގެ މަގުބޫލްކަން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އިތުރުވެ ، ނުވަތަ ސިޔާސީ ގޮތުން މީހަކު ކުރިޔަށްދާނަމަ ނުވަތަ ނުވަތަ މީހެއްގެ އަބުރު ކަތިލަން ވީމަ ވައްކަން ، ކޮރަޕްޝަން ނޫނީ އަނިޔާވެރިކަމޭ ކިޔަން ފަށަނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ . ރައްޔިތުން ގަބޫލު ކުރާނެ . ގަބޫލް ނުކޮށްފިނަމަ އެ ގޮވެލި ސަތޭކަ ފަހަރު ހަމަ ކުރަނީ ދެން ރައްޔިތުންގެ ބޮޑުބައި ގަބޫލު ކުރާނެ . ސަޅިދޯ މަ

    7
    1
  3. މަސީހު

    ބަލަ ފައްޔާޒުގެ ބިންތަކުގެ ވާހަކަތައް ބަލާލުން މުހިންމު

    5
    1
  4. ޅަބޭ

    މަޖިލީހުގެ ރައީސަކައް ފައްޔާޒު ލާފަ. ކެނެރީގޭ ފާސިގު ޖަލައްލާ. އޭނަ އެހެރީ ހައިކޯޓުގަ ތަޅުއަޅުވާފަ، ފަނޑިޔާރަކު ވަގައް ނަގާ ވުޖޫދުން ގެއްލުވާލާފަ.

    10
    2
  5. ކުލިއަލީ

    ހުޅުމާލެ ބީޗްގައި ހަދާފައިވާ ޔޫރަޕް ކްލިނިކަކީ މައްސަލައެއް. އެ މަޢްލޫމާތު ނުލިބިގެން ވެސް ވަރަށް އެބައުޅޭ

    8
    2
  6. ހަސަން

    ތި ނަޝިދަކީ މުނާފިޤުންގެ ސަރުދާރެވެ. ދައްކާ ވާހަކަ އެއް ދައްކާނީ ފިތުނަ އުފައްދާ އޭނާ މޮޅުވުމަށެވެ. ތިބުނާ ކޮރަޕްޝަންގެ ވާހަކައާއި ނުފޫޒުގެ ވާހަކަ ދައްކާއިރު ތި ސަރުކާރުގެ ތެރޭގައި ހިންގާ ހުރިހާ ކޮރަޕްޝަނަކާއި މަކަރާ ހީލަތެއް ރާވާ އެކަކީ ތިއީ އެވެ. އެތައް ބަޔަކަށް ޖިންސި ގޯނާކުރި ފާޅުގައި އެ އަމަލުކުރި މީހާ ރާއްޖޭން ފޮނުވާލީ ކާކުގެ ނުފޫޒުންތޯ ޚުދު އަމިއްލައަށް ބުނެބަލާށެވެ. ނަރަކައިގެ އެންމެ އަޑީގައި ވަނީ މުނާފިޤުންނެވެ. ބިރުވެތިވޭ..

  7. ރައްޔިތު މީހާ

    ފައްޔާޒު އަކީ އެމްޑީޕީގެ ފިކުރު ކަމަށް ދައްކައިގެން އައިސް ސަރުކާރު ތެރެއަށް ސަވާރު ވެގެން ހުރި ފަނި ފަކުސާއެއް. ބޭނުމަކީ އާއިލާގެ ތަރިކަ މުދަލާއި ބާރު އެހެން ހަރުފަތަކަށް ގެންދިޔުން. އާދައިގެ ރައްޔިތު މީހާ މޯގޭޖު ކޮށްގެން ކަމަށް ވިއަސް ފައްޔާޒު އޭނާގެ ބާރު ދައްކަން ބޭނުން ވާނެ. ބުރޯ ހެދިގެން ނޫޅެވޭނެ މާ ގިނަ ދުވަހަކު!

    2
    3
  8. އަހްމަދު

    ނަޝީދައްވެސްއަތްނުލެވޭއެއްޗެހިހުންނާނެ މިވެރިކަމަކީ ނަޝީދުގެމާބޮޑުހިއްސާއެއް އޮވެގެންހޯދާފައޮތްވެރިކަމެއްނޫން ނަޝީދައްވުރެ ބްރޯހެދިގެންއުޅުމުގެފުރްސަތު ބޮޑީ ފައްޔާޒައް އެކަން ނަޝީދުވެސް ގަބޫލުކުރަންޖެހޭ

  9. ސަތަރޭ

    ވަގެއް ބުނާނެ ތިމަންނައަކީ ވަގެކޭ ؟؟
    ޢެކަހަލަ ޖޯކް ވާހަކަ އެއް ތިބުނީ